Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ލިވަޕޫލުގެ ދަނޑުގައި އެވަޓަނަށް ތާރީޚީ މޮޅެއް

ލިވަޕޫލާއި އެވަޓަނަށްވެސް ވަނީ 40 ޕޮއިންޓް ލިބިފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 21 ފެބުރުއަރީ 2021 | އާދީއްތަ 07:42
ލިވަޕޫލާއި އެވަޓަން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އެވަޓަން މޮޅުވީ 2-0 ން

ލިވަޕޫލާއި އެވަޓަން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އެވަޓަން މޮޅުވީ 2-0 ން

ވާދަވެރި ލިވަޕޫލުގެ ދަނޑުގައި އެވަޓަނުން ތާރީޚީ މޮޅެއް ހޯދައިފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ލިވަޕޫލުގެ ދަނޑުގައި ކުޅުނު މެޗުން އެވަޓަން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. މިއީ 1999 ވަނަ އަހަރަށްފަހު އެވަޓަނުން ލިވަޕޫލުގެ ދަނޑުގައި ހޯދި ފުރަތަމަ މޮޅެވެ.

އަދި މިއީ ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ ލިވަޕޫލް އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ބަލިވި ހަތަރުވަނަ މެޗެވެ. މީގެ އިތުރުން ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުންވެސް ލިވަޕޫލް ވަނީ ބަލިވެފައެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު އެވަޓަނުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން ތިންވަނަ މިނެޓުގައި ހަމޭސް ރޮޑްރިގޭޒް ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރިޗާލިސަންއެވެ. އޭގެ ފަހުން މި މެޗުގައި ލިވަޕޫލަށް މައްސަލަތަކެއް ދިމާވީ ފުރަތަމަ ހާފުގައި އެ ޓީމުގެ ކެޕްޓަން ޖޯޑަން ހެންޑަސަނަށް އަނިޔާވެ، އޭނާ ބަދަލުކުރަން ޖެހުމާ ގުޅިގެންނެވެ.

ލިވަޕޫލުން ޑޮމިނޭޓުކުރި މި މެޗުގައި އެ ޓީމުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް އެވަޓަނުން ވަނީ ލީޑު ފުޅާކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގިލްފީ ސިގަޑްސަނެވެ. މިއީ އޭރިއާ ތެރެއިން އެވަޓަނުގެ ޑޮމިނިކް ކަލްވަޓް-ލެވިނަށް ލިވަޕޫލުގެ ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި ނަތީޖާއާއެކު އެވަޓަނުން ވަނީ ޕޮއިންޓުގެ ގޮތުން ލިވަޕޫލާ އެއްވަރުކޮށްފައެވެ. އެގޮތުން ހަވަނައިގައި އޮތް ލިވަޕޫލާއި ހަތްވަނައިގައި އޮތް އެވަޓަނަށްވެސް ވަނީ 40 ޕޮއިންޓް ލިބިފައެވެ.

އިތުރަށް ކިޔާލަން

10 މާރިޗު 2017

މުހިންމު ދަނޑިވަޅެއްގައި މާޒިޔާއަށް މޮޅެއް

10 މާރިޗު 2017
މުހިންމު ދަނޑިވަޅެއްގައި މާޒިޔާއަށް މޮޅެއް
09 މާރިޗު 2017

މާލޭ ލީގު: ޔޫވީ އަތުން ނިއުއަށް ފަސޭހަ މޮޅެއް

09 މާރިޗު 2017
މާލޭ ލީގު: ޔޫވީ އަތުން ނިއުއަށް ފަސޭހަ މޮޅެއް
08 މާރިޗު 2017

ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް

08 މާރިޗު 2017
ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް
08 މާރިޗު 2017

އާސެނަލްގެ ދަނޑުގައި އެޓީމު ލަދުގަންނަވާލުމަށްފަހު ބެޔާން މިއުނިކް ކުއާޓާއަށް

08 މާރިޗު 2017
އާސެނަލްގެ ދަނޑުގައި އެޓީމު ލަދުގަންނަވާލުމަށްފަހު ބެޔާން މިއުނިކް ކުއާޓާއަށް
11 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

11 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
31 ޖެނުއަރީ 2017

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު