Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރާއްޖޭގައި ކުޅިވަރު ކުރިއެރުވުން

ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް އިންޑިއާއިން 40 މިލިޔަން ޑޮލަރުގެ ލޯނު އެހީއެއް

20 ފެބުރުއަރީ 2021 | ހޮނިހިރު 12:37

އިންޑިއާއިން ދޭ ލޯނު އެހީގެ އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 20 ފެބުރުއަރީ 2021 | ހޮނިހިރު 12:37
މާލޭ އެކުވެނި ސިންތެޓިކް ޓްރެކުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބުރަމަންޔަން ޖައިޝަންކަރު

މާލޭ އެކުވެނި ސިންތެޓިކް ޓްރެކުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބުރަމަންޔަން ޖައިޝަންކަރު

ރާއްޖޭގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމަށް އިންޑިއާއިން 40 މިލިޔަން ޑޮލަރުގެ ލޯނު އެހީއެއް ދިނުމަށް ނިންމައިފިއެވެ.

އެކަން ހާމަ ކުރައްވާފައިވަނީ ހޮނިހިރު ދުވަހު މާލޭ އެކުވެނި ސިންތެޓިކް ޓްރެކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބުރަމަންޔަން ޖައިޝަންކަރެވެ. ޑރ. ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

އިންޑިއާގެ އެހީގައި ދާދި ފަހުން ގާއިމުކުރި މާލޭ އެކުވެނި ސިންތެޓިކް ޓްރެކުގައި ބޭއްވި ރަސްމިއްޔާތުގައި ޑރ. ޖައިޝަންކަރު ވިދާޅުވީ މާލެ އާއި ރަށްރަށުގައި މިހާރު ފަށާފައިވާ ކުޅިވަރު ދާއިރާގެ މަޝްރޫޢުތައް ފުރިހަމަވެގެންދާއިރު، ރާއްޖޭގެ ތާރީޚުގައިވެސް ކުޅިވަރު ވަސީލަތްތައް ތަރައްޤީނުވާ މިންވަރަށް، އެ ވަސީލަތްތައް ތަރައްޤީވާނެ ކަމަށް ދާދި ފަހުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވުމާއެކު، އެކަމުގައި އިންޑިއާއިން ފުރިހަމަ އެއްބާރުލުން ރާއްޖެއަށް ދޭން ބޭނުންވާ ކަމަށެވެ.

އެގޮތުން ރާއްޖޭގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމަށް އިންޑިއާއިން 40 މިލިޔަން ޑޮލަރުގެ ލޯނު އެހީއެއް ދިނުމަށް ނިންމާފައިވާ ކަމަށާއި، އެ އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި މި ލޯނު އެހީއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމަށް ދެވޭ އެހީއެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޑރ. ޖައިޝަންކަރު ވިދާޅުވީ މިހާތަނަށްވެސް އިންޑިއާއިން ރާއްޖެއަށް އެކި ދާއިރާއިން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ރާއްޖޭގެ ކްރިކެޓް ކުރިއެރުވުމަށްވެސް ހާއްސަ ސަމާލުކަމެއް އެ ގައުމުން ދެމުން އަންނަ ކަމަށެވެ. އެގޮތުން އަވަސް މުސްތަގުބަލެއްގައި ރާއްޖޭގެ ކްރިކެޓް ކޯޗުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ޗެންނާއީގައި ފެށިގެންދާނެ ކަމަށާއި، އުންމީދަކީ އަވަސް މުސްތަގުބަލެއްގައި ބައިނަލްއަގުވާމީ ބޮޑު މުބާރާތަކުން ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ފެނިގެންދިޔުން ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމަށް އިންޑިއާއިން 40 މިލިޔަން ޑޮލަރުގެ ލޯނު އެހީއެއް ދޭއިރު، މީގެ ކުރިންވެސް ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އިންޑިއާއިން ވަނީ އެތައް ގޮތަކުން އެހީވެދީފައެވެ. އެގޮތުން އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ދީފައިވާއިރު، މާލޭ އެކުވެނި ދުވާ ޓްރެކުވެސް ތަރައްގީކުރީ އިންޑިއާ ސަރުކާރުގެ އެހީގެ ދަށުންނެވެ.

އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރެވިގެންދާ ބައިނަލްއަގުވާމީ ކްރިކެޓް ސްޓޭޑިއަމް އެޅުމަށްވެސް ނިންމާފައިވަނީ އިންޑިއާއިންނެވެ. މީގެ އިތުރުން ރާއްޖޭގެ ގައުމީ ޓީމުތަކާއި އެތުލީޓުންގެ ތަމްރީނުތައް ހެދުމަށް އިންޑިއާއިން މީގެ ކުރިން ވަނީ އެތައް ފުރުސަތުތަކެއް ތަނަވަސްކޮށްދީފައެވެ. އެގޮތުން 2019 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ކުރިން، ސައުތު އޭޝިއާގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ތަމްރީނު ހަދާފައިވަނީވެސް އިންޑިއާގައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް މިއަހަރުވެސް ރާއްޖޭގައި ފާހަގަކޮށްފި

06 އެޕްރީލު 2017
ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް މިއަހަރުވެސް ރާއްޖޭގައި ފާހަގަކޮށްފި
30 މާރިޗު 2017

މަސައްކަތް މިކުރަނީ އަންނަ އަހަރުވެސް އޭވީސީ މުބާރާތް ރާއްޖޭގައި ބާއްވަން: ލަތީފް

30 މާރިޗު 2017
މަސައްކަތް މިކުރަނީ އަންނަ އަހަރުވެސް އޭވީސީ މުބާރާތް ރާއްޖޭގައި ބާއްވަން: ލަތީފް
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި
12 މާރިޗު 2017

މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު

12 މާރިޗު 2017
މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު
12 މާރިޗު 2017

ކުޅިވަރު އެތުލީޓުންނަށް ސިލްސިލާ ސެމިނާއެއް އެމްއޯސީން ފަށައިފި

12 މާރިޗު 2017
ކުޅިވަރު އެތުލީޓުންނަށް ސިލްސިލާ ސެމިނާއެއް އެމްއޯސީން ފަށައިފި
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
03 ފެބުރުއަރީ 2017

ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި

03 ފެބުރުއަރީ 2017
ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް