Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެފްރިކާގެ ގައުމުތަކަށް ރަޝިޔާއިން ވެކްސިން ދެނީ

ރަޝިޔާއިން އެފްރިކަން ޔޫނިއަން އަށް ވެކްސިންގެ 300 މިލިއަން ޑޯޒް ދެނީ

މެއި މަހު ވެކްސިންގެ ބައެއް ޑޯޒްތައް ފޯރުކޮށްދޭނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 ފެބުރުއަރީ 2021 | ހޮނިހިރު 03:52
ރަޝިޔާއިން އުފައްދާފައިވާ ސްޕަޓްނިކް-ވީ ވެކްސިންގެ ސާމްޕަލެއް

ރަޝިޔާއިން އުފައްދާފައިވާ ސްޕަޓްނިކް-ވީ ވެކްސިންގެ ސާމްޕަލެއް

ރަޝިޔާއިން ކޮވިޑް-19ށް އުފައްދާފައިވާ ވެކްސިން ކަމުގައިވާ ސްޕަޓްނިކް-ވީ ވެކްސިންގެ 300 މިލިއަން ޑޯޒް އާއި ވެކްސިން ހޯދުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށަހަޅާފައިވާކަމަށް އެފްރިކަން ޔޫނިއަން (އޭޔޫ)ގެ ވެކްސިން ޓާސްކް ޓީމުން ބުނެފިއެވެ.

މިކަމާއި ގުޅިގެން ރަޝިއަން ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑު (އާރުޑީއައިއެފް)ން ބުނީ މިވެކްސިން މިއަހަރުގެ މެއި މަހުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި އެފްރިކަން ޔޫނިއަނަށް ލިބޭނެކަމަށެވެ. އަދި މެއި މަހު ވެކްސިންގެ ބައެއް ޑޯޒްތައް ފޯރުކޮށްދެވޭ ވަރުވާނެ ކަމަށާއި އަދި ގިނައިން ވެކްސިންގެ ޑޯޒްތައް ފޯރުކޮށްދޭން ފެށޭވަރުވާނީ ޖޫން މަހުގައި ކަމަށް އާރުޑީއައިއެފުން ބުނެއެވެ.

އޭޔޫގައި 55 ގައުމު ހިމެނޭއިރު އެޖަމިއްޔާއިން އުންމީދުކުރަނީ ކުރިޔަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި އެސަރަހައްދުގެ ގައުމުތަކުގެ 60 އިންސައްތަ މީހުންނަށް ވެކްސިން ދެވޭވަރުވާނެ ކަމަށެވެ. އެސަރަހައްދުގެ އަބާދީއަކީ 1.3 ބިލިއަނެވެ. މުއްސަނދި ބައެއް ގައުމުތަކުން އެފްރިކާ ސަރަހައްދުގެ ގައުމުތަކަށް ވެކްސިންގެ އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް ވެކްސިން ޖަހަން ފެށިފައިވަނީ އެސަރަހައްދުގެ ވަރަށް މަދު ގައުމުތަކަށެވެ.

ރަޝިޔާއިން ވެކްސިން ފޯރުކޮށްދޭނެކަން ހާމަކުރުމުން އޭޔޫން ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ. އަދި މިފަދަ އެހީތެރިކަމާއެކު މިބަލިމަޑުކަމުން އަރައިގަނެވޭނެކަމަށް އޭޔޫން ބުނެއެވެ.

އޭޔޫން މީގެކުރިން ބުނެފައިވަނީ އެސްޓްރަޒެނިކާ އާއި ފައިޒަރ އަދި ޖޯންސަން އެންޑް ޖޯންސަން އިން އުފައްދާފައިވާ ވެކްސިންތަކުގެ 270 މިލިއަން ޑޯޒް މިއަހަރު ތެރޭގައި އެފްރިކާގެ ގައުމުތަކަށް ލިބޭނެކަމަށެވެ.

ހުކުރު ދުވަހު އޭޔޫގެ ވެކްސިން ޓީމުން ބުނެފައިވަނީ 270 މިލިއަން ޑޯޒް ފުރަތަމަ ފޭސްގައި ޖަހާ ނިންމާނެކަމަށެވެ.

ރަޝިޔާއިން އަންނަނީ އެގައުމުން އުފައްދާފައިވާ ވެކްސިންގެ އިތުރު ޑޯޒްތައް އުފެއްދުމަށް އިންޑިޔާ، ދެކުނު ކޮރެއާ އަދި ބްރެޒިލްގެ ކުންފުނިތަކާއެކު އެއްބަސްވުންތަކާއި ހަމައަށް އައިސްފައެވެ. އަދި ވެނެޒުޔޭލާ އާއި ހަންގޭރީ އަށް ވެކްސިންގެ ޑޯޒްތައް ދޭނެކަމަށް ވަނީ ބުނެފައެވެ.

އެފްރިކާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އަލްޖީރިއާ އިން އަންނަނީ ސްޕަޓްނިކް ވީ ވެކްސިން ޖަހަމުންނެވެ. އަދި ދެކުނު އެފްރިކާގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ ސްޕަޓްނިކް ވީ ވެކްސިން ރަޖިސްޓްރީކުރުމަށް ހުށަހަޅަންޖެހޭ ލިޔުންތައް މިހަފްތާތެރޭ ރަޝިޔާއިން ހުށަހަޅާފައިވާކަމަށެވެ.

އިތުރަށް ކިޔާލަން

28 އޯގަސްޓު 2018

ފިނި ހަނގުރާމައިގެ ފަހުން ބާއްވާ އެންމެ ވަރުގަދަ އަސްކަރީ ތަމްރީނުތައް ރަޝިޔާއިން ބާއްވަނީ

28 އޯގަސްޓު 2018
ފިނި ހަނގުރާމައިގެ ފަހުން ބާއްވާ އެންމެ ވަރުގަދަ އަސްކަރީ ތަމްރީނުތައް ރަޝިޔާއިން ބާއްވަނީ
17 ޖުލައި 2018

ބަދަލު ހިފުމުގެ ގޮތުން އިންޑޮނޭޝިއާގައި ގާތްގަނޑަކަށް 300 ކިނބޫ މަރާލައިފި

17 ޖުލައި 2018
ބަދަލު ހިފުމުގެ ގޮތުން އިންޑޮނޭޝިއާގައި ގާތްގަނޑަކަށް 300 ކިނބޫ މަރާލައިފި
14 ޖޫން 2018

ހަތާވީސް ވިލޭރޭ 3000 ޓަނުގެ ޒަމްޒަމް ފެން ބޭނުންކޮށްފައިވޭ

14 ޖޫން 2018
ހަތާވީސް ވިލޭރޭ 3000 ޓަނުގެ ޒަމްޒަމް ފެން ބޭނުންކޮށްފައިވޭ
07 އެޕްރީލު 2018

ނަރވް އެޖެންޓް ޙަމަލާގެ މައްސަލައިގައި ވާހަކަ ދައްކަން ރަޝިޔާއިން އިނގިރޭސީންނަށް ހުށަހަޅައިފި

07 އެޕްރީލު 2018
ނަރވް އެޖެންޓް ޙަމަލާގެ މައްސަލައިގައި ވާހަކަ ދައްކަން ރަޝިޔާއިން އިނގިރޭސީންނަށް ހުށަހަޅައިފި
27 ނޮވެމްބަރު 2017

ސޫރިޔާގައި ރަޝިޔާއިން ދިން ޙަމަލާއެއްގައި 53 މީހުން މަރުވެއްޖެ

27 ނޮވެމްބަރު 2017
ސޫރިޔާގައި ރަޝިޔާއިން ދިން ޙަމަލާއެއްގައި 53 މީހުން މަރުވެއްޖެ
23 އޮކްޓޯބަރު 2017

ކެންޔާގެ ސިޔާސީ ލީޑަރުންނާއި ފުލުހުން ސުލްހަ އިސްކުރުމަށް އދ. އާއި އެފްރިކަން ޔޫނިއަން އިން ގޮވާލައިފި

23 އޮކްޓޯބަރު 2017
ކެންޔާގެ ސިޔާސީ ލީޑަރުންނާއި ފުލުހުން ސުލްހަ އިސްކުރުމަށް އދ. އާއި އެފްރިކަން ޔޫނިއަން އިން ގޮވާލައިފި
30 ސެޕްޓެމްބަރު 2017

ރޮހިންޖާ ކުދިންނަށް ޔުނިސެފުން 1300 ސްކޫލް ތައްޔާރުކުރަނީ

30 ސެޕްޓެމްބަރު 2017
ރޮހިންޖާ ކުދިންނަށް ޔުނިސެފުން 1300 ސްކޫލް ތައްޔާރުކުރަނީ
05 ސެޕްޓެމްބަރު 2017

ވޭތުވެދިޔަ ދެހަފްތާއެއްހާ ދުވަހުގެތެރޭ 123000 ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް

05 ސެޕްޓެމްބަރު 2017
ވޭތުވެދިޔަ ދެހަފްތާއެއްހާ ދުވަހުގެތެރޭ 123000 ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް
26 ޖުލައި 2017

މިއަހަރުގެ މިހާތަނަށް ސްރީ ލަންކާގައި ޑެންގޫ ހުމުގެ ސަބަބުން 300 އެއްހާ މީހުން މަރުވެއްޖެ

26 ޖުލައި 2017
މިއަހަރުގެ މިހާތަނަށް ސްރީ ލަންކާގައި ޑެންގޫ ހުމުގެ ސަބަބުން 300 އެއްހާ މީހުން މަރުވެއްޖެ
21 ޖުލައި 2017

ރަޝިޔާ އާއި އެމެރިކާގެ ރައީސުން ޖީ20 ސަމިޓްގައި "ސިއްރު" ބައްދަލުވުމެއް ބޭއްވި ކަމަށް ދެކެވޭ ވާހަކަ ރަޝިޔާއިން ދޮގުކޮށްފި

21 ޖުލައި 2017
ރަޝިޔާ އާއި އެމެރިކާގެ ރައީސުން ޖީ20 ސަމިޓްގައި "ސިއްރު" ބައްދަލުވުމެއް ބޭއްވި ކަމަށް ދެކެވޭ ވާހަކަ ރަޝިޔާއިން ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު