Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެކްސިންޖަހަން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލުނ

ޕްރައިވެޓް ކުންފުނިތަކާއި ހިދުމަތް ދޭ ތަންތަނުގެ މުވައްޒަފުން ވެކްސިން ޖަހަން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

ކެފޭ، ފިހާރަ، ރެސްޓޯރެންޓް އަދި އަމިއްލަ ކުންފުނިތަކުން އެޕޮއިންޓްމަންޓް ހައްދަން ގުޅާނީ އިކޮނޮމިކް މިނިސްޓްރީއަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 ފެބުރުއަރީ 2021 | ހޮނިހިރު 04:33
ރާއްޖޭގައި މިހާރު ޖަހަމުން އަންނަ ކޮވިޝީލްޑް ވެކްސިން

ރާއްޖޭގައި މިހާރު ޖަހަމުން އަންނަ ކޮވިޝީލްޑް ވެކްސިން

ކުންފުނިތަކާއި ކުޅިވަރު ކުލަބު ޖަމިއްޔާތަކާއި ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއާ ގުޅުންހުރި މުވައްޒަފުން ގުރޫޕު ވެކްސިނޭޝަނަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން ފުރުސަތު ހުޅުވާލާފައިވަނީ ހަތަރު ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގްރޫޕެއްގައިވެސް ހިމެނޭ ފަރާތްތަކުން އެޕޮއިންޓްމަންޓް ހެއްދުމަށް ގުޅާނެ ވަކި އިދާރާއެއް ވަނީ ކަނޑައަޅާފައެވެ.

Advertisement - newsAdvertisement

އެޗްޕީއޭއިން ބުނީ ކެފޭ، ފިހާރަ، ރެސްޓޯރެންޓް އަދި އަމިއްލަ ކުންފުނިތަކުން އެޕޮއިންޓްމަންޓް ހައްދަން ގުޅާނީ އިކޮނޮމިކް މިނިސްޓްރީގެ ނަންބަރު 3333188 އަށެވެ. ނުވަތަ އެ މިނިސްޓްރީގެ މެއިލްregistrations@trade.gov.mvއަށް އީމެއިލް ކުރެވިދާނެކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކުޅިވަރު ކުލަބުތަކާއި ޖަމިއްޔާތަކާއި އެންޖީއޯތަކުން ޔޫތު މިނިސްޓްރީގެ ނަންބަރު 3347465، 3347329 އަށް ގުޅައިގެން ނުވަތަfathimath.ahmed@youth.gov.mvއަށް އީމެއިލް ކޮށްގެން އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ފިޝަރީޒް މިނިސްޓްރީގެ ނަންބަރު 3339286 އަށް ގުޅައިގެންނާއިaishath.faheema@fishagri.gov.mvނުވަތަhr@fishagri.gov.mvއަށް އީމެއިލް ކުރުމުން އެޕޮއިންޓްމަންޓް ހަމަޖެއްސޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ.

ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުން ޓޫރިޒަމް މިނިސްޓްރީގެ ނަންބަރު 3022245 އަށް ގުޅައިގެން އަދި އެ މިނިސްޓްރީގެ މެއިލްiihr@tourism.gov.mvއަށް އީމެއިލް ކޮށްގެން ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް-19ށް ވެކްސިން ޖެހުމުގެ ޕްރޮގްރާމް ރާއްޖޭގައި ފަށާފައިވަނީ މިފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. އަދި މިހާތަނަށް 64،048 މީހަކަށް ވަނީ ވެކްސިން ދީފައެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
23 ޖެނުއަރީ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު