Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ހާލަންޑުގެ ދެ ލަނޑާއެކު ޑޯޓްމުންޑް މޮޅުވެއްޖެ

18 ފެބުރުއަރީ 2021 | ބުރާސްފަތި 00:56

ސެވިއްޔާ އަތުން ޑޯޓްމުންޑް މޮޅުވީ 3-2 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 18 ފެބުރުއަރީ 2021 | ބުރާސްފަތި 00:56
ސެވިއްޔާ އާއި ޑޯޓްމުންޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޑޯޓްމުންޑް މޮޅުވީ 3-2 ން

ސެވިއްޔާ އާއި ޑޯޓްމުންޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޑޯޓްމުންޑް މޮޅުވީ 3-2 ން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ބޮރޫޝީއާ ޑޯޓްމުންޑުން ރަށުން ބޭރުގައި ސެވިއްޔާ ބަލިކޮށްފިއެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ޑޯޓްމުންޑް މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. މިއީ ސްޕެނިޝް ކުލަބެއްގެ އަތުން ރަށުން ބޭރުގައި، ޗެމްޕިއަންސް ލީގުގެ މެޗަކުން ޑޯޓްމުންޑް މޮޅުވި ދެވަނަ ފަހަރެވެ. މީގެ ކުރިން އެ ޓީމު މޮޅުވީ އެތުލެޓިކޯ މެޑްރިޑް އަތުން 1996-97 ވަނަ އަހަރުގެ ސީޒަނުގައެވެ. އެ ފަހަރު ޑޯޓްމުންޑުން ވަނީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.

ސެވިއްޔާގެ ދަނޑުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ހަތްވަނަ މިނެޓުގައި ސެވިއްޔާއަށް ލީޑު ނަގައިދިނީ ސޫސޯއެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑޯޓްމުންޑުން ވަނީ ތިން ލަނޑު ޖަހައި، އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ.

އެގޮތުން މެޗުގެ 19 ވަނަ މިނެޓުގައި މަހްމޫދު ދާއޫދު ވަނީ ލަނޑެއް ޖަހައި ޑޯޓްމުންޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މި ހާފުގައި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޒުވާން ތަރި އާލިން ބްރައުޓް ހާލަންޑް ވަނީ ދެ ލަނޑު ޖަހާ ޑޯޓްމުންޑަށް ލީޑު ފުޅާކޮށްދީފައެވެ. އެކަމަކު މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ސެވިއްޔާއިން ފަރަގު ކުޑަކުރިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލޫކް ޑި ޔޮންއެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރަށުން ބޭރުގައި ކުޅުނު މެޗުން ޑޯޓްމުންޑް މޮޅުވިއިރު، ދެވަނަ ލެގުގައި މި ދެ ޓީމު ބައްދަލުކުރާ މެޗު އޮންނާނީ ޑޯޓްމުންޑުގެ ދަނޑުގައި އަންނަ މާޗު މަހުގެ 10 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

ކަވާނީ ދެލަނޑާއެކު މޮޅުވެ، ޕީއެސްޖީ މޮނާކޯއާ 3 ޕޮއިންޓް ގާތަށް ޖެހިލައިފި

10 އެޕްރީލު 2017
ކަވާނީ ދެލަނޑާއެކު މޮޅުވެ، ޕީއެސްޖީ މޮނާކޯއާ 3 ޕޮއިންޓް ގާތަށް ޖެހިލައިފި
03 އެޕްރީލު 2017

ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

03 އެޕްރީލު 2017
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް
20 މާރިޗު 2017

ޕްރިމިއާ ލީގު: ސިޓީން ލިވަޕޫލް ހިފެހެއްޓިއިރު، ޓޮޓެންހަމް މޮޅުވެއްޖެ

20 މާރިޗު 2017
ޕްރިމިއާ ލީގު: ސިޓީން ލިވަޕޫލް ހިފެހެއްޓިއިރު، ޓޮޓެންހަމް މޮޅުވެއްޖެ
18 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: އެލްޓީ އާއި ޓީރެކްސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ

18 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: އެލްޓީ އާއި ޓީރެކްސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ
12 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ

12 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ
11 ފެބުރުއަރީ 2017

އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ

11 ފެބުރުއަރީ 2017
އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް