Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާންގެ ނިއުކްލިއަރ މުއާހަދާ

ނިއުކްލިޔަރ މުއާހަދާއަށް އީރާން އަނބުރާ އައުމަށް ގޮވާލައިފި

މުއާހަދާއަށް އަނބުރާ އަންނަން އީރާނުން ފެހި ސިގްނަލްތަކެއް ދޭން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 18 ފެބުރުއަރީ 2021 | ބުރާސްފަތި 02:17
ޖަރމަނީ ޗާންސެލަރ އެންގެލާ މަރކަލް، އީރާންގެ ހާލަތާ ގުޅިގެން އެކަމަނާ ކަންބޮޑުވުންފާޅު ކޮށްފައިވޭ

ޖަރމަނީ ޗާންސެލަރ އެންގެލާ މަރކަލް، އީރާންގެ ހާލަތާ ގުޅިގެން އެކަމަނާ ކަންބޮޑުވުންފާޅު ކޮށްފައިވޭ

2015 ވަނަ އަހަރު ވެފައިވާ ނިއުކްލިޔަރ މުއާހަދާއަށް އީރާން އަނބުރާ އައުމަށް ޖަރމަނީގެ ޗާންސެލަރ އެންގެލާ މަރކަލް ގޮވާލައްވައިފިއެވެ.

އީރާންގެ ރައީސް ހަސަން ރޫހާނީއަށް ފޯނުން ގުޅުއްވާ ވާހަކަދައްކަވަމުން އެންގެލާ މަރކަލް ވިދާޅުވީ ނިއުކްލިއަރ މުއާހަދާއަށް އަނބުރާ އަންނަން އީރާނުން ފެހި ސިގްނަލްތަކެއް ދޭން ޖެހޭ ކަމަށާއި، އެމެރިކާ ފަދަ ގައުމުތަކާއެކު އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް ވެސް އިރާނުން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

އެންގެލާ މަރކަލްގެ ސްޕޯކްޕަރސަންގެ ވިދާޅުވީ އެކަމަނާ ހުންނެވީ އީރާންއާ މެދު ކަންބޮޑުވެފައި ކަމަށެވެ. ސަބަބަކީ އީރާނުން ކުރިން އެއްބަސްވެފައިވާ މުއާހަދާއާ ޚިލާފަށް ގިނަ ކަންތައްތަކެއް ކޮށްފައިވާތީއެވެ. އަދި މިހާރު ވެސް އެކަން އެގޮތަށް ހިނގަމުންދާ ކަމަށް އެންގެލާ މަރކަލް ވިދާޅުވެފައިވާކަމަށް ސްޕޯކްޕަރސަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ މި މުއާހަދާއަށް އެއްބާރުލުންދީ، އެ މުޢާހަދާއާ އެއްގޮތަށް ކުރިއަށް ގެންދަން ބޭނުންފުޅުވާކަން ހާމަކޮށްފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ 2018 ވަނަ އަހަރު ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ ވަކިކޮށް، އިރާނާމެދު އިޤުތިޞާދީ ގޮތުން ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

ޓްރަމްޕްގެ ވެރިކަމުގައި އެ މަނިކުފާނު ވަނީ އެމެރިކާއިން ގައުމަކާ ދެކޮޅަށް އެޅި އެންމެ ހަރުކަށި ފިޔަވަޅު އީރާނާ ދެކޮޅަށް އަޅައިފައެވެ. އެގޮތުން އިޤްތިޞާދީ ގޮތުން އީރާން އިނދަ ޖައްސާލާނެ ކަމުގެ އިންޒާރު އެތައް ފަހަރަކު ޓްރަންޕް ދެއްވާފައިވެއެވެ. ނަމަވެސް ޓްރަމްޕް އީރާނާ ދެކޮޅަށް އެޅި ފިޔަވަޅުތަކާ އެކުގައި ވެސް އީރާނުގެ އިޤްތިޞާދު ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. އެއާއެކު ޓްރަމްޕްއަށް އާންމުންގެ ފާޑުކިޔުން ވެސް އަމާޒުވެފައިވެއެވެ.

އެމެރިކާ އާއި ދުނިޔޭގެ ބޮޑެތި ބާރުތައް ހިމެނޭ ގޮތަށް އިރާނާއެކު ސޮއިކުރެވިގެން ދިޔަ ނިއުކްލިއަރ ހަކަތަ އުފެއްދުން މަދުކުރުމުގެ އެއްބަސްވުމަކީ، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގެ ދުވަސްވަރު ސޮއިކުރެވުނު އެއްބަސްވުމެކެވެ. އޭރު ޖޯ ބައިޑެން ހުންނެވީ ނައިބު ރައީސްގެ މަގާމުގައެވެ.

އިތުރަށް ކިޔާލަން

31 ޑިސެމްބަރު 2017

އެމެރިކާގައި ހުންނަވާ ފަލަސްތީނުގެ ސަފީރު އަނބުރާ ޤައުމަށް ގެންދަން ނިންމައިފި

31 ޑިސެމްބަރު 2017
އެމެރިކާގައި ހުންނަވާ ފަލަސްތީނުގެ ސަފީރު އަނބުރާ ޤައުމަށް ގެންދަން ނިންމައިފި
07 ޑިސެމްބަރު 2017

ނައިޖީރިޔާގެ ކުރީގެ ރައީސް ވަގަށް ނެންގެވި ފައިސާ ސްވިޒަލޭންޑުން އަނބުރާ ދެނީ

07 ޑިސެމްބަރު 2017
ނައިޖީރިޔާގެ ކުރީގެ ރައީސް ވަގަށް ނެންގެވި ފައިސާ ސްވިޒަލޭންޑުން އަނބުރާ ދެނީ
05 ޑިސެމްބަރު 2017

ލުބުނާނުގެ ބޮޑުވަޒީރު ހަރީރީގެ އިސްތިއުފާ އަނބުރާ ގެންދަވައިފި

05 ޑިސެމްބަރު 2017
ލުބުނާނުގެ ބޮޑުވަޒީރު ހަރީރީގެ އިސްތިއުފާ އަނބުރާ ގެންދަވައިފި
05 ނޮވެމްބަރު 2017

ސާދް ހަރީރީގެ އިސްތިއުފާ އަކީ ސަރަހައްދުގެ ހަމަޖެހުން ނަގާލުމުގެ ރޭވުމެއް: އީރާން

05 ނޮވެމްބަރު 2017
ސާދް ހަރީރީގެ އިސްތިއުފާ އަކީ ސަރަހައްދުގެ ހަމަޖެހުން ނަގާލުމުގެ ރޭވުމެއް: އީރާން
16 އޮކްޓޯބަރު 2017

ވައިގެ ތެރޭ ދިމާވި ކަމަކުން އެއާއޭޝިއާގެ ފްލައިޓެއް އަނބުރާ ޖައްސައިފި

16 އޮކްޓޯބަރު 2017
ވައިގެ ތެރޭ ދިމާވި ކަމަކުން އެއާއޭޝިއާގެ ފްލައިޓެއް އަނބުރާ ޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު