Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަލީ ވަޙީދު ފުރުވާލި މައްސަލަ

ގާޒީ ޙަސަން ސައީދާއި ގުޅިގެން ހުށައެޅި މައްސަލަ ޖޭއެސްސީން ތަހުޤީޤުކުރަން ފަށައިފި

މި މައްސަލަ ޖޭއެސްސީއަށް ހުށައަޅާފައިވަނީ ހޯމަ ދުވަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2021 | ބުދަ 11:17
ގާޒީ ޙަސަން ސައީދާއި ގުޅިގެން މީގެ ކުރިން ޖޭއެސްސީއަށް ހުށައެޅުނު މައްސަލައެއްގެ ތަހުޤީޤުގެ ތެރެއިން

ގާޒީ ޙަސަން ސައީދާއި ގުޅިގެން މީގެ ކުރިން ޖޭއެސްސީއަށް ހުށައެޅުނު މައްސަލައެއްގެ ތަހުޤީޤުގެ ތެރެއިން

ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ ޕާސްޕޯޓް ދޫކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުއްވި ގާޒީ ޙަސަން ސައީދާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށައެޅި މައްސަލަ އެ ކޮމިޝަނުން ތަހުޤީޤު ކުރަން ފަށައިފިއެވެ.

މި މައްސަލަ ޕީޖީ އޮފީހުން ޖޭއެސްސީއަށް ހުށައަޅާފައިވަނީ މިހިނގާ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. އެގޮތުން މި މައްސަލައިގައި އާންމުކޮށް ކްރިމިނަލް ކޯޓުން ކަންކުރާ އުސޫލުތަކާއި ތަފާތުކޮށް ބައެއް ކަންކަން ކޮށްފައިވާކަން ޕީޖީ އޮފީހުން މީގެ ކުރިންވެސް ފާހަގަ ކޮށްފައިވެއެވެ. އެގޮތުން ޕީޖީން ބުނެފައިވަނީ އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރި މައްސަލާގައި، އެ އަމުރު ނެރުމުގައި، އާންމުކޮށް މިބާވަތުގެ އަމުރު ނެރުއްވުުމުގައި އަމަލުކުރާ އުސޫލުތަކާ ޚިލާފަށް އަމަލުކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ގާޒީ ޙަސަން ސައިދާއި ގުޅިގެން ހުށައެޅިފައިވާ މި މައްސަލަ ތަހުޤީޤު ކުރުމަށް ނިންމައި ޖޭއެސްސީން މިހާރު ވަނީ އެކަމަށް ޚާއްސަ ތަހުޤީޤު ކޮމިޓީއެއްވެސް އެކުލަވާލާފައެވެ. އެގޮތުން ބުދަ ދުވަހު ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ، ގާޒީ ޙަސަން ސައީދު ފާޅުކަން ބޮޑު ގޮތެއްގައި ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި، ކަނޑައެޅިފައިވާ އިޖުރާއަތުތަކާ ޚިލާފަށް އަމަލު ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށާއި، ދައުވާލިބޭ ފަރާތަށް ނާޖާއިޒް މަންފާ ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވާފައި ވާކަމަށް ބެލެވޭ ކަމަށެވެ. ވުމާއެކު ގާޒީ ޙަސަން ސައީދުގެ ސުލޫކީ މައްސަލަ ބެލުމަށް ބުދަ ދުވަހު ކޮމިޝަނުން ނިންމައި، އެކަމަށް ތަހުޤީޤު ކޮމިޓީއެއްވެސް ވަނީ އެކުލަވާލާފައެވެ.

ޕީޖީ އޮފީހުން ވަނީ އަލީ ވަޙީދުގެ ޕާސްޕޯޓު ދޫކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފުވެސް ކޮށްފައެވެ. އަދި މި މައްސަލައާ ގުޅިގެން ޤާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަޤީންކަންވެސް ޕީޖީ އޮފީހުން ދީފައިވެއެވެ.

ޖޭއެސްސީން މީގެ ކުރިންވެސް ގާޒީ ޙަސަން ސައީދުގެ މައްސަލަތަކެއް ބަލާފައިވެއެވެ. އޭރު ޙަސަން ސައީދު ފެމިލީ ކޯޓުގެ އިސްގާޒީ ކަމުގައި ހުންނަވަނިކޮށް، ޖޭއެސްސީން ބެލި މައްސަލަތައް ސާބިތުވެ ކޮމިޝަނުން އޭރު ނިންމީ ގާޒީއަށް ނަސޭޙަތް ދިނުމަށްފަހު، އޭރު ހުރި ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލު ކުރުމަށެވެ. އެގޮތުން އޭރު ގާޒީ ޙަސަން ސައީދު ބަދަލު ކުރެއްވީ ކްރިމިނަލް ކޯޓަށެވެ.

އޭގެ ކުރިން 2016 ވަނަ އަހަރު ޖޭއެސްސީން ގާޒީ ހަސަން ސައީދާ ގުޅޭ ގޮތުން ބެލި މައްސަލައެއްގައި އޭނާ ސަސްޕެންޑްވެސް ކުރިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު