Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާޔަނާ ގުޅޭ މައްސަލައެއް މަޖިލީހަށް

މާޔަން އާއި އެފްއޭއެމާ ގުޅޭ މައްސަލައެއް މަޖިލީހުން ބަލަނީ

17 ފެބުރުއަރީ 2021 | ބުދަ 10:25

ޝެއިޚް އަޙްމަދާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި މާޔަން ވަނީ ކާމިޔާބު ހޯދާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 17 ފެބުރުއަރީ 2021 | ބުދަ 10:25
މަރިޔަމް މުޙައްމަދު (މާޔަން) ރައްޔިތުންގެ މަޖިލީހުގައި

މަރިޔަމް މުޙައްމަދު (މާޔަން) ރައްޔިތުންގެ މަޖިލީހުގައި

އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ އިންތިޚާބުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފަރާތުން ވާދަކުރެއްވި މަރިޔަމް މުޙައްމަދު (މާޔަން) ގެ ކަންބޮޑުވުންތަކާ ގުޅޭ މައްސަލައެއް ބަލަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

އޭއެފްސީގެ އިންތިޚާބުގައި އެ އިދާރާގެ ހިންގާ ކޮމިޓީގެ އަންހެން މެމްބަރުގެ ގޮނޑި އަދި ފީފާ ކައުންސިލަށް އޭއެފްސީން ކަނޑައަޅާ އަންހެން މެންބަރުގެ ގޮނޑިއަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނޮމިނޭޓްކުރި މާޔަންއަށް ވަނީ ނާކާމިޔާބުވެފައެވެ. އެ އިންތިޚާބުގައި އެ ޖަމުޢިއްޔާގެ ހިންގާ ކޮމިޓީގެ އަންހެން މެމްބަރުންގެ ސައުތު ޒޯނުގެ ގޮނޑި ކާމިޔާބުކުރެއްވީ ބަންގްލަދޭޝްގެ މަހްފޫޒާ އަޚްތަރު ކިރަންއެވެ.

އެއާއެކު މާޔަން ވަނީ އޭއެފްސީގެ ހިންގާ ކޮމިޓީގެ ސައުތު ޒޯނުގެ ގޮނޑި އޭނާއާ ވާދަކުރެއްވި މަހްފޫޒާ އަޚްތަރު ކިރަންއަށް ކާމިޔާބުކޮށްދެއްވަން އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ރައީސް ކުވައިތުގެ ޝެއިޚް އަޙްމަދު އަލް-ފަހަދު އަލް-ސަބާހު ނުފޫޒު ފޯރުވިކަމަށް ތުހުމަތުކޮށްފައެވެ. އަދި އެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އިން ބެލިއިރު، އެ ކޯޓުން ވަނީ މާޔަންއަށް ތާއީދުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާ ފެއްޓެވުމުގެ ކުރިން ރައީސް ނަޝީދު ވިދާޅުވީ އޭއެފްސީގެ އިންތިޚާބުގައި ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން އެ ފެޑެރޭޝަނާ ދެކޮޅަށް މާޔަން ހުށަހެޅި މައްސަލައިގައި ހިމެނޭ ކަންތައްތަކަށް ދުނިޔޭގެ ކުޅިވަރުގެ އެންމެ މަތީ ކޯޓު ކަމަށްވާ ސީއޭއެސްއިން ތާއީދުކޮށްފައިވާއިރު، ކަންބޮޑުވާ އެތައް ކަންތައްތަކެއް ވެސް ފާހަގަކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށްވެސް މި ކަމުގައި މާޔަންއަށް އެފްއޭއެމުގެ އެއްބާރުލުން ލިބިފައިނުވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މާޔަން އާއި އެފްއޭއެމާ ގުޅޭ މައްސަލައެއް މަޖިލީހުން ބަލަން ރައީސް ނަޝީދު އެދިވަޑައިގެންނެވިއިރު، އަންގާރަ ދުވަހު މާޔަން ވަނީ މަޖިލީހުގައި ރައީސް ނަޝީދާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމަށްފަހު ކުރި ޓްވީޓެއްގައި މާޔަން ބުނީ ކުޅިވަރު ތެރޭގައި ރާއްޖެ އާއި ރާއްޖޭން ބޭރުގައި ހިނގާ ކޮރަޕްޝަނާއި ނާއިންސާފުން ގެންގުޅޭ ތަފާތުކުރުންތަކުގެ ވާހަކައާ ބެހޭ ގޮތުން ރައީސް ނަޝީދާއެކު މަޝްވަރާކުރެވުނީތީ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި އެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ބައްދަލުކުރަންވެސް ބޭނުންވާ ކަމަށާއި، ކުޅިވަރު އެންމެ ރަނގަޅު މިސްރާބަށް ގެންދިއުމުގެ މަސައްކަތްކުރަން އެންމެންގެ ބައިވެރިވުންވެސް މުހިންމު ކަމަށްވެސް މާޔަން ބުންޏެވެ.

ޝެއިޚް އަޙްމަދާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި މާޔަންއަށް ކާމިޔާބު ހޯދާފައިވީ ނަމަވެސް، އެ އިންތިޚާބު އުވާލަން ނުވަތަ އަލުން ބޭއްވުމަށް އެދި މާޔަން ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ސީއޭއެސްއިން ވަނީ ބޭރުކޮށްލާފައެވެ. މާޔަން ހުށަހަޅާފައިވާ މައްސަލައިގައި އޭނާ ފާހަގަކުރި ނުކުތާތައް ރަނގަޅުކަން ކޯޓުން ފާހަގަކުރި ނަމަވެސް، މާޔަން އެދިފައިވާ ގޮތަށް އިންތިޚާބުގެ ނަތީޖާތައް ބާތިލުކުރުމުގެ ބާރު އެ ކޯޓަށް ނެތް ކަމަށް ބަޔާނުގައިވެއެވެ. އެ ގޮތުން އިންތިޚާބާ ބެހޭ ވަކި ނިންމުމެއް ނިންމާނީ އޭއެފްސީން ކަމަށްވެސް ސީއޭއެސްއިން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ

04 ޖެނުއަރީ 2017
މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް