Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަޖިލީހަށް ޤަރާރެއް ހުށަހެޅުން

ވިޔަފާރިތަކުން ލިބޭ ފައިސާގެ ބޮޑުބައެއް ފައިނޭންޝަލް ސިސްޓަމަށް ވަންނަމުން ނުދާކަމަށް ބުނެ މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

މި ޤަރާރަކީ މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ހުށަހަޅާފައިވާ ޤަރާރެއް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2021 | ބުދަ 07:39
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން

ރާއްޖޭގައި ކުރާ ވިޔަފާރިތަކުން ލިބޭ ފައިސާގެ ބޮޑުބައެއް ރާއްޖޭގެ ފައިނޭންޝަލް ސިސްޓަމަށް ވަންނަމުން ނުދާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅައިފިއެވެ.

މި ޤަރާރަކީ ދިވެހިރާއްޖޭގައި ކުރެވޭ ވިޔަފާރިތަކުން ލިބޭ ފައިސާގެ ބޮޑުބައެއް ދިވެހިރާއްޖޭގެ ފައިނޭންޝަލް ސިސްޓަމަށް ވަންނަމުންނުދާކަން ފާހަގަކުރެވޭތީ އެކަމަށް އަވަސް ޙައްލެއް ހޯދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލައި މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ހުށަހަޅާފައިވާ ޤަރާރެކެވެ.

Advertisement - newsAdvertisement

މި ޤަރާރު ހުށަހަޅުއްވަމުން ހާރޫން ވިދާޅުވީ ކޮވިޑް-19 ރޯގާގެ ސަބަބުން މުޅި ދުނިޔެ އިޤްތިޞާދީގޮތުން ފުން ވަޅުގަނޑަކަށް ވެއްޓިފައިވާއިރު، ދިވެހިރާއްޖެފަދަ ކުޑަ ޖަޒީރާ ޤައުމަކަށް އިޤްތިޞާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތި ލާންޖެހުނު ކަމަށެވެ.

އަދި އިޤްތިޞާދީ ގޮތުންނާއި ތަރައްޤީގެ ގޮތުން ރާއްޖެ ކޮޅަށްޖެހުމުގެ މުހިންމުކަން އިންތިހާއަށް ބޭނުންވެފައިވާ މިދަނޑިވަޅުގައި، ދިވެހިރާއްޖޭގައި ކުރެވޭ އެކިއެކި ވިޔަފާރިތަކުން ލިބޭ ފައިސާ ނުވަތަ އާމްދަނީގެ ބޮޑުބައެއް ރާއްޖޭގައި ރަޖިސްޓަރީކޮށް ހިންގަމުންދާ ބޭންކްތަކަށް ނުވަތަ ފައިނޭންޝަލް ސިސްޓަމްތަކަށް ވަންނަމުން ނުދާކަމަށެވެ. ،

ހާރޫން ވިދާޅުވީ 2019 ވަނަ އަހަރު ދިވެހިރާއްޖޭގައި 4.1 ބިލިއަން ޑޮލަރުގެ ވިޔަފާރި ނުވަތަ ޚިދުމަތް ދެވިފައިވާކަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ރެކޯޑުތަކުން ދައްކާއިރު، އޭގެތެރެއިން ދިވެހިރާއްޖެއަށް އެތެރެވީ ކިހާވަރެއްކަން އަދި ދިވެހިރާއްޖޭ ބޭރުވީ ކިހާވަރެއްކަން އެނގެން ނެތްކަން ފާހަގަ ކުރެވޭ ކަމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ވިޔަފާރިތަކުން އުފެދޭ ޢާމްދަނީއަކީ ދިވެހިރާއްޖޭގެ ފައިނޭންޝަލް ސިސްޓަމަށް ވަންނަ ފައިސާކަން ކަށަވަރުކުރެވޭނެ ގޮތަށް މި ކަމާގުޅޭ އުސޫލުތައް ކަމާގުޅޭ މުއައްސަސާތަކާއި އިދާރާތަކުން މުރާޖަޢާކުރުމަށާއި މިހާރު ހުރި ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމާއި އިތުރު ޤާނޫނުތަކެއް ހަދަންޖެހޭނަމަ އެ ޤާނޫނުތައް ހެދުމަކީ މުހިއްމު ކަމެއްކަމަށް ހާރޫން ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

10 ފެބުރުއަރީ 2017
ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

08 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު