Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެލިޒަބަތުގެ ރަނިކަމަށް 69 އަހަރު

ރާނީ އެލިޒަބަތާއި ދިވެހިރާއްޖޭގެ ގުޅުމުގެ ހަނދާންތައް

17 ފެބުރުއަރީ 2021 | ބުދަ 07:16

ރާނީއަށް އިހު ދިވެހިން ކިޔައިއުޅުނީ ޖަލާލަތުލް މަލިކާ

އިމާދު ލަތީފް
އިމާދު ލަތީފް | 17 ފެބުރުއަރީ 2021 | ބުދަ 07:16
ސިލޯނުގައި 1954 ވަނަ އަހަރު ރާއްޖޭގެ ބޮޑުވަޒީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނު ރާނީގެ ދެކަނބަލުންނާ ބައްދަލު ކުރައްވަނީ.

ސިލޯނުގައި 1954 ވަނަ އަހަރު ރާއްޖޭގެ ބޮޑުވަޒީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނު ރާނީގެ ދެކަނބަލުންނާ ބައްދަލު ކުރައްވަނީ.

ފާއިތުވަމުން މިދާ ފެބްރުއަރީ މަހަކީ އިނގިރޭސި ރާނީ އެލިޒަބަތު ދެވަނައިގެ ރަނިކަމަށް 69 އަހަރު ފުރުނު މައްސަރެވެ. އުމުރުފުޅުން މިހާރު 94 އަހަރު ވެފައިވާ އެލިޒަބަތުގެ ރަނިކަން ފެށުނީ އެކަމަނާގެ ބައްޕާފުޅު ކިންގް ޖޯޖް 6 ފެބްރުއަރީ 1952 ގައި އަވަހާރަވުމުންނެވެ.

އެލިޒަބަތު ދެވަނަޔަކީ އެއްޒަމާނެއްގައި ދިވެހިރާއްޖޭގެ ވެސް ރަނިކަމަނާއެވެ. އެކަމަނާ އިނގިރޭސި ތަޚުތަށް އިސްވެވަޑައިގަތް އިރު ދިވެހިރާއްޖެއަށް މިނިވަންކަމެއް ނުލިބެއެވެ. އޮތީ އިނގިރޭސި ދައުލަތުގެ ހިމާޔަތް ލިބިގެންވާ އަދި އެދައުލަތުގެ ބެލެހެއްޓުމުގެ ދަށުގައިވާ ގައުމެއްގެ ގޮތުގައެވެ. އެހެންވީމާ އެލިޒަބަތު ދެވަނައިގެ ރަނިކަން ފެށުން ދިވެހިރާއްޖޭގައި ފާހަގަކޮށްފައިވަނީ ރާއްޖޭގެ މަސްލަހަތު ނިޔާކުރާގޮތުގެ މަތިން ދިވެހިރާއްޖޭގެ އެތެރޭގެ ކަމެއްގެ ގޮތުގައި ވެސް ބަލައިގެންނެވެ.

ރާނީ އެލިޒަބަތުގެ ދައުރު ފެށުނުއިރު ދިވެހިރާއްޖޭގައި އަދި ފުރަތަމަ ޖުމްހޫރިއްޔާ ވެސް އިއުލާނެއް ނުކުރެއެވެ. ރާއްޖޭގެ ވެރިކަމުގެ ލަގަން އޮތީ ބޮޑުވަޒީރު މުހައްމަދު އަމީނުގެ އަތްޕުޅުގައެވެ. މުހައްމަދު އަމީނުގެ އިސްނެންގެވުމުގެ މަތިން ރާނީގެ ދައުރު ފެށުން ފާހަގަކުރުމަށާއި އެކަމަނާއަށް ހެޔޮގޮތްވުމަށް އެދުމުގެ ގޮތުން މާލޭގައި ހުންނަ ނާދީ ތަމައްދުންގައި ރަސްމީ ޖަލްސާއެއްވެސް ސަތާރަ ފެބްރުއަރީ 1952 ގައި ބޭއްވުނެވެ. އެޖަލްސާއަށް މިއަދު 69 އަހަރު ފުރުނީއެވެ.

ނާދީ ތަމައްދުނަކީ މިހާރު ފޮރިން މިނިސްޓްރީގެ ފުރަގަހުން އެހެރަ އިމާރާތެވެ. އެތާގައި މިހާރު ހުރީ ގުރުއާނާބެހޭ މަރުކަޒެވެ. ތަންކޮޅެއް ކުރިން އެއީ ރައްޔިތުންގެ މަޖިލިސް އެއްތަންވާ އިމާރާތެވެ. ކޮންމެއަކަސް އެތަނުގައި ޖަލްސާއެއް ބާއްވައި ރާނީ އެލިޒަބަތަށް ނަސްރާއި ނަސީބަށް އެދުން އޮތެވެ. އުމުރު ދަންމަވައި މަތިވެރި ކުރެއްވުމަށް އެދުން ވެސް އޮތެވެ. ރާނީ އެލިޒަބަތަށް އެދުވަސްވަރު ރާއްޖޭގައި ކިޔައި އުޅެނީ ޖަލާލަތުލް މަލިކާ އެވެ. މުހައްމަދު އަމީނުގެ ފުރަތަމަ ޖުމްހޫރިއްޔާއަށްފަހު ރާއްޖޭގައި އަލުން ރަސްކަމެއް ގާއިމުކޮށް އެރަސްކަމުގެ ފަހު އަހަރުތަކުގައި ދިވެހިރާއްޖެއަށް އިނގިރޭސީންގެ އަތްދަށުން މިނިވަންކަން ލިބުނީމާ ރަސްކަމުގައި ހުންނެވި މުހައްމަދު ފަރީދުގެ ލަގަބު ވެސް ބަދަލުވީ ޖަލާލަތުލް މަލިކު މުހައްމަދު ފަރީދަށެވެ. ކުރީގައި އެއީ ސުލްތާން މުހައްމަދު ފަރީދެވެ.

ރާނީ އެލިޒަބަތާއި ދިވެހިންގެ ގުޅުން އެޒަމާނުގައި ބޮޑުކަމުގެ އަނެއް ރަމްޒަކީ އެކަމަނާއަށް ދިވެހިރާއްޖެއިން ރަސްމީކޮށް އަރުވާފައިވާ ލަގަބުގެ މަތިވެރިކަމެވެ. ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނު ފަހުން ނާސިރުގެ ރައީސްކަމުގެ ދައުރުގައި ރާނީ އެލިޒަބަތު ދިވެހިރާއްޖެއަށް ވަޑައިގެންނެވިއެވެ. އެ ދަތުރުފުޅުގައި ދިވެހި ސަރުކާރުން ވަނީ ރާނީއަށް ނިޝާން ޣާޒީގެ އިއްޒަތްތެރި ވެރިކަމުގެ ޝަރަފު އަރުވައިފައެވެ. އެއީ ދޭސީއަކަސް ބިދޭސީއަކަސް ދިވެހި ދައުލަތުންމީހަކަށް ދޭ އެންމެ މަތީ ޝަރަފެވެ. ރާނީގެ ފިރިކަލުން ޕްރިންސް ފިލިޕަށް އެރުވުނީ ނިޝާން އިއްޒުއްދީނުގެ ޝަރަފެވެ.

ރާނީ އެލިޒަބަތުގެ އުމުރު ދަންމަވައި ނަސްރާއި ނަސީބު މިންވަރު ކުރެއްވުމަށް އެދި ދިވެހި ދައުލަތުން 1952 ގެ ފެބްރުއަރީގައި ދުއާކޮށްފައިވާއިރު އޭގެ 69 އަހަރު ފަހުން ރާނީ އެލިޒަބަތު ވެވަޑައިގެންފައިވަނީ އިނގިރޭސިވިލާތުގެ މުޅި ތާރީޚުގައި ވެސް އެންމެ ގިނަދުވަހު ތަޚުތުގައި ރެދަލިކުރެއްވި ވެރިޔާ ކަމުގައެވެ. ދުނިޔޭގެ އެހެން ގައުމެއްގައި ވެސް ރާނީ އެލިޒަބަތަށްވުރެ ތަޚުތުގައި ގިނަދުވަސްވީ ރަސްކަލެއް ރާނީއަކު ނެތެވެ.

ރާނީގެ ސިއްހަތު އަދިވެސް ރަގަޅެވެ. ތަޚުތުގައި އަދި އިތުރު ތިން އަހަރެއްހައި ދުވަސް ހޭދަކުރައްވައިފިނަމަ ދުނިޔޭގެ ތާރީޚުގައި ވެސް އެންމެ ގިނަދުވަހު ތަޚުތުގައި އިންނެވުމުގެ ރެކޯޑް ލިބިވަޑައިގަންނަވާނެއެވެ. އެރެކޯޑުގެ ވެރިޔަކީ މިވަގުތު ފްރާންސްގެ ލުއިސް ސާދައެވެ. އޭނާ 72 އަހަރު ރަސްކަން ކުރެއްވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

10 އެޕްރީލު 2019

ބަޑި ގެންގުޅުމުގެ ގާނޫނު މުރާޖާ ކުރަން ނިއު ޒިލެންޑުގެ ޕާލިމަންޓުން ފާސްކޮށްފި

10 އެޕްރީލު 2019
ބަޑި ގެންގުޅުމުގެ ގާނޫނު މުރާޖާ ކުރަން ނިއު ޒިލެންޑުގެ ޕާލިމަންޓުން ފާސްކޮށްފި
16 މާރިޗު 2019

ކްރައިސްޗާޗް ހަމަލާ: ބަޑި ގެންގުޅުމުގެ ގަވާއިދު މުރާޖާ ކުރަން ބޮޑުވަޒީރު ނިންމަވައިފި

16 މާރިޗު 2019
ކްރައިސްޗާޗް ހަމަލާ: ބަޑި ގެންގުޅުމުގެ ގަވާއިދު މުރާޖާ ކުރަން ބޮޑުވަޒީރު ނިންމަވައިފި
03 އޮކްޓޯބަރު 2018

ސީރިއަށް ސުލްހަ ގެންނަން ތުރުކީން މަޝްވަރާ ކުރާނީ އެ ގައުމުގެ ރައްޔިތުންނާ، ސަރުކާރަކާ ނޫން: އުރްދުޣާން

03 އޮކްޓޯބަރު 2018
ސީރިއަށް ސުލްހަ ގެންނަން ތުރުކީން މަޝްވަރާ ކުރާނީ އެ ގައުމުގެ ރައްޔިތުންނާ، ސަރުކާރަކާ ނޫން: އުރްދުޣާން
14 ޖުލައި 2018

ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅާއި އޮބާމާގެ 2011 ވަނަ އަހަރުގެ ދަތުރުފުޅު: ރާނީ ކަންތައް ކުރެއްވީ ވަރަށް ތަފާތުކޮށް

14 ޖުލައި 2018
ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅާއި އޮބާމާގެ 2011 ވަނަ އަހަރުގެ ދަތުރުފުޅު: ރާނީ ކަންތައް ކުރެއްވީ ވަރަށް ތަފާތުކޮށް
07 އެޕްރީލު 2018

ހުޅުވިފައިވާ ބޯޑަރުތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މަސައްކަތްކުރާނީ ނޭޕާލާއި އެކު: ބޮޑުވަޒީރު މޯދީ

07 އެޕްރީލު 2018
ހުޅުވިފައިވާ ބޯޑަރުތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މަސައްކަތްކުރާނީ ނޭޕާލާއި އެކު: ބޮޑުވަޒީރު މޯދީ
05 ޖެނުއަރީ 2018

އީޔޫއާ ގުޅުމުގެ ފުރުސަތެއް ތުރުކީއަށް މިވަގުތު ނެތް: މެކްރޯން

05 ޖެނުއަރީ 2018
އީޔޫއާ ގުޅުމުގެ ފުރުސަތެއް ތުރުކީއަށް މިވަގުތު ނެތް: މެކްރޯން
17 ޑިސެމްބަރު 2017

ޓްރަމްޕްގެ ޓީމާއި ރަޝިއާގެ ގުޅުމުގެ ތަހުގީގު: ގިނަ އަދަދެއްގެ އީމެއިލްތަކެއް ހޯދައިފި

17 ޑިސެމްބަރު 2017
ޓްރަމްޕްގެ ޓީމާއި ރަޝިއާގެ ގުޅުމުގެ ތަހުގީގު: ގިނަ އަދަދެއްގެ އީމެއިލްތަކެއް ހޯދައިފި
03 އޮކްޓޯބަރު 2017

ރޮހިންޖާ މުސްލިމުންނަށް ފާޑުކިޔުމުން މިޔަންމާގެ ރީތީގެ ރާނީގެ ލަޤަބު އަތުލައިފި

03 އޮކްޓޯބަރު 2017
ރޮހިންޖާ މުސްލިމުންނަށް ފާޑުކިޔުމުން މިޔަންމާގެ ރީތީގެ ރާނީގެ ލަޤަބު އަތުލައިފި
22 އޯގަސްޓު 2017

އެމެރިކާ އިން މަސައްކަތް ކުރާނީ އަފްޣާނިސްތާން ހަނގުރާމައިގައި މޮޅުވާން: ރައީސް ޓްރަމްޕް

22 އޯގަސްޓު 2017
އެމެރިކާ އިން މަސައްކަތް ކުރާނީ އަފްޣާނިސްތާން ހަނގުރާމައިގައި މޮޅުވާން: ރައީސް ޓްރަމްޕް
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް