Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތުރުކީ-އީޔޫ

އީޔޫއާ ގުޅުމުގެ ފުރުސަތެއް ތުރުކީއަށް މިވަގުތު ނެތް: މެކްރޯން

ވާޙަކަތައް ވަނީ ހުއްޓިފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 5 ޖެނުއަރީ 2018 | ހުކުރު 22:01
ތުރުކީގެ ބޮޑުވަޒީރު އުރުދުޣާން (ވ) އާއި ފަރަންސޭސީ ރައީސް މެކްރޯން ޕެރިހުގައި ބައްދަލުކުރައްވަނީ

ތުރުކީގެ ބޮޑުވަޒީރު އުރުދުޣާން (ވ) އާއި ފަރަންސޭސީ ރައީސް މެކްރޯން ޕެރިހުގައި ބައްދަލުކުރައްވަނީ

ޔޫރަޕިއަން ޔޫނިއަންއާ ގުޅުމުގެ ފުރުސަތެއް މިވަގުތު ތުރުކީއަށް ނެތް ކަމަށް ފަރަންސޭސީވިލާތުގެ ރައީސް އެމަނުއަލް މެކްރޯން ވިދާޅުވެއްޖެއެވެ.

ވެރިރަށް ޕެރިހުގައި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުތުރުދުޣާންއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެކްރޯން ވިދާޅުވީ ތުރުކީ، އީޔޫއާ ގުޅުމާބެހޭ ގޮތުން ކުރިއަށްދިޔަ ވާހަކަތައް މިހާރު މަޑުޖެހިފައިވާ ކަމަށެވެ. އެވާހަކަތައް މަޑުޖެހުނީ 2016 ވަނަ އަހަރު ތުރުކީގައި ގެންނަން އުޅުނު ބަޣާވާތް ހުއްޓުވުމަށްފަހު، ބަޣާވާތާ ގުޅުން ހުރި މީހުންނާމެދު ޢަމަލުކުރަމުންދާ ގޮތުންކަމަށް މެކްރޯން ވިދާޅުވިއެވެ. ތުރުކީގެ އިންސާނީ ހައްޤުތަކުގެ ޙާލަތާމެދު ކަންބޮޑުވެ، ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ތުރުކީގެ ބޮޑުވަޒީރު އުރުދުޣާން ވިދާޅުވީ އީޔޫގެ މެމްބަރަކަށް ވުމަށް މަސައްކަތްކޮށްކޮށް، ތުރުކީ ވަރުބަލިވެއްޖެކަމަށެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ތުރުކީން ސީރިޔާއަށް ހަތިޔާރު ފޮނުވާތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް އުރުދުޣާންވަނީ ހަރުކަށިކޮށް ރައްދުދެއްވާފައެވެ. އެ ނޫސްވެރިޔާ ސުވާލުކުރަނީ ގުލެން ޙަރަކާތުގެ މީހުންގެ ވާހަކަތައް ހުންނަ ޒާތަށްކަމަށް ވިދާޅުވިއެވެ. ފަތުހުﷲ ގުލެން އާއި އޭނާގެ ޙަރަކާތުގެ ބައިވެރިންނަކީ ތުރުކީގައި ގެންނަން އުޅުނު ބަޣާވާތުގެ ފަހަތުގައި ތިބި މީހުން ތުހުމަތުކުރައްވައެވެ.

ތުރުކީގެ މިހާރުގެ ޙާލަތަށް ބަލައި، އެޤައުމަށް އީޔޫގެ މެމްބަރޝިޕް ނުދިންނަމަވެސް، އީޔޫގެ ބައިވެރިއެއްގެ ގޮތުގައި ތުރުކީ ބަލައގަނެ، އަންކާރާއާ އެކު އޮންނަ ގުޅުން ބަދަހިކުރުން މުހިއްމުކަމަށް މެކްރޯން ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

13 އޮކްޓޯބަރު 2018

ނޫސްވެރިޔާ ޚަޝޯގީ ހޯދުމުގެ މަސައްކަތަށް ސައުދީ ޓީމެއް ތުރުކީއަށް

13 އޮކްޓޯބަރު 2018
ނޫސްވެރިޔާ ޚަޝޯގީ ހޯދުމުގެ މަސައްކަތަށް ސައުދީ ޓީމެއް ތުރުކީއަށް
22 އޯގަސްޓު 2018

ރަޝިއާއިން އެސް-400 ގެ މިސައިލް އަންނަ އަހަރު ތުރުކީއަށް ފޮނުވައިދޭނެ

22 އޯގަސްޓު 2018
ރަޝިއާއިން އެސް-400 ގެ މިސައިލް އަންނަ އަހަރު ތުރުކީއަށް ފޮނުވައިދޭނެ
09 ޖުލައި 2018

ތުރުކީއަށް ގެންނަން އުޅުނު ބަޣާވާތާއި ގުޅުން ހުރި އިތުރު 18 ހާސް ސަރުކާރު މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

09 ޖުލައި 2018
ތުރުކީއަށް ގެންނަން އުޅުނު ބަޣާވާތާއި ގުޅުން ހުރި އިތުރު 18 ހާސް ސަރުކާރު މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20 ޖޫން 2018

ތުރުކީއަށް އެފް 35 މަތިންދާ ބޯޓް ވިއްކުން ހުއްޓުވޭނެ ބިލެއް އެމެރިކާގެ ސެނެޓުން ފާސްކޮށްފި

20 ޖޫން 2018
ތުރުކީއަށް އެފް 35 މަތިންދާ ބޯޓް ވިއްކުން ހުއްޓުވޭނެ ބިލެއް އެމެރިކާގެ ސެނެޓުން ފާސްކޮށްފި
17 ޑިސެމްބަރު 2017

ޓްރަމްޕްގެ ޓީމާއި ރަޝިއާގެ ގުޅުމުގެ ތަހުގީގު: ގިނަ އަދަދެއްގެ އީމެއިލްތަކެއް ހޯދައިފި

17 ޑިސެމްބަރު 2017
ޓްރަމްޕްގެ ޓީމާއި ރަޝިއާގެ ގުޅުމުގެ ތަހުގީގު: ގިނަ އަދަދެއްގެ އީމެއިލްތަކެއް ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު