Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 - ނޫސްވެރިންނަށް ހާއްސަ ފާހެއް ދޫކުރުން

ނޫސްވެރިން އަތުގައި މިހާރު އޮތް ފާސް މި މަހުގެ 23 ގެ ނިޔަލަށް ކާފިއު ވަގުތުތަކުގައި ބޭނުންކުރެވޭނެ: އެމްއެމްސީ

16 ފެބުރުއަރީ 2021 | އަންގާރަ 16:42

ފާހުގެ ބޭނުން ނަހަމުގޮތުގައި ނުކުރުމަށް އެމްއެމްސީން އިލްތިމާސްކުރި

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 16 ފެބުރުއަރީ 2021 | އަންގާރަ 16:42
ކާފިއު ގަޑީގައި މާލޭ މަގުމަތި

ކާފިއު ގަޑީގައި މާލޭ މަގުމަތި

ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ހަރުކަށި ފިޔަވަޅުތަކެއް އަޅައި، ކާފިއު ގަޑިތައް ކަނޑައަޅާފައިވާއިރު އެ ވަގުތުތަކުގައި ނޫސްވެރިންނަށް ޒަރޫރީ ހާލަތުގައި ބޭރުގައި އުޅުމަށް މިހާރު އޮތް ނޫސްވެރިންގެ ފާސް މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށާއި އޭގެ ފަހުން ބޭނުން ކުރަން ނޫސްވެރިންނަށް ވަކި ފާހެއް ދޫކުރާނެ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް އިން ބުނެފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް އިން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ނޫސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްއާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ނޫސްވެރިންނަށް ލުއިތައް ލިބޭނެ އެކި ގޮތްތަކެއް މަޝްވަރާކޮށް ނިންމާފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

Advertisement - newsAdvertisement

އެ ބައްދަލުވުމުގައި ނިންމި ނިންމުންތަކާ ގުޅިގެން ބަޔާނުގައި ބުނީ މާލެ ސަރަހައްދުގައި މަގުމައްޗަށް ނުކުތުމާއި ބޭރުގައި އުޅުން މަނާ ގަޑިތަކުގައާއި، އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ގަޑިތަކުގައި، ނޫސްވެރިން މިހާރުވެސް ބޭނުން ކުރަމުން ގެންދާ މީޑިއާ ފާސް 23 ފެބްރުއަރީ 2021 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށެވެ. އަދި އޭގެ ފަހުން ނޫސްވެރިން ބޭނުންކުރަން އެ ކައުންސިލުން އިތުރު ފާހެއް ދޫކުރަން ހަމަޖައްސާފައިވާ ކަމަށާއި ފާހަށް ހުށަހެޅުމަށް ހުރިހާ މީޑިއާތަކަށް 17 ފެބްރުއަރީގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ވެސް ބުންޏެވެ.

ނޫސްވެރިންނަށް ދޫކުރާ ފާހަކީ އެބޭފުޅުން ނޫސްވެރިކަމުގެ މަސައްކަތް ކުރުމަށް ދޫކުރެވޭ ފާހަކަށް ވީހިނދު އެފާސްނަހަމަގޮތުގައި ބޭނުން ނުކުރުމަށް ވެސް ކައުންސިލްގެ ބަޔާނުގައި ގޮވާލާފައިވެއެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާއިރު، މިހާރު އަޅާފައިވާ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން އިރު އޮއްސި ހަޔަކުން ހެނދުނު ހަޔަކަށް އެއްގަމު އުޅަނދު ނުދުއްވޭގޮތަށް ކަނޑައަޅާފައިވާއިރު، ރޭގަނޑު 11 ގެ ފަހުން ފަތިހު 4އާ ދެމެދު ކާފިއު ވަނީ އިއުލާންކޮށްފައެވެ.

އެ ގަޑިތަކުގައި ފުލުހުން ޓެކްސީތަކާއި ކޮންމެހެން ދޭން ޖެހޭ ހިދުމަތްތަަކަށް ވަކި އުޅަނދުތަކަކަށް ފާސް ދޫކޮށްފައިވާއިރު، ޑިއުޓީއަށް އަދި މަސައްކަތްތަކަށް ނިކުންނަން ޖެހޭ ފަރާތްތަކަށް ދޫކުރަނީ ފުލުހުންގެ ޕާމިޓް ޕޯޓަލް މެދުވެރިކޮށް، ވަގުތީ ފާހެކެވެ. އެ ފާހަކީ 10 މިނެޓާއި 30 މިނެޓުގެ ވަގުތުކޮޅަކަށް ދޫކުރާ ހުއްދައެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
23 ޖެނުއަރީ 2017

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް