Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ލޯކަލް ކައުންސިލް ކެމްޕޭން

ރަށްވެހިފަތިސް ކެމްޕޭން ބައްދަލުވުން: މާލެ އަތޮޅަށް ރައީސްގެ ބޮޑެތި ޕްލޭންތަކެއް

16 ފެބުރުއަރީ 2021 | އަންގާރަ 18:35

ބިން ހިއްކުމާއި ބިން ދޫކުރުމަށް ބޮޑެތި ޕްލޭންތަކެއް

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 16 ފެބުރުއަރީ 2021 | އަންގާރަ 18:35
ކެމްޕޭން ބައްދަލުވުމުގައި ރައީސް ޞާލިޙު ވާހަކަފުޅުދައްކަވަނީ

ކެމްޕޭން ބައްދަލުވުމުގައި ރައީސް ޞާލިޙު ވާހަކަފުޅުދައްކަވަނީ

އެމްޑީޕީގެ ރަށްވެހި ފަތިސް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ހަރަކާތުގެ ތެރެއިން އަތޮޅުތަކުން ކައުންސިލްއަށް ކުރިމަތިލެއްވި މެމްބަރުންނާ އެކު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ބޭއްވެވެވި ބައްދަލުވުމުގައި ކުރިއަށް އޮތް ތަނުގައި އެރަށްރަށުގެ ތަރައްޤީއަށް ކުރަން ނިންމަވާފައިވާ ކަންކަމާއި ޕްލޭންތައް ހާމަކުރައްވައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ކ. އަތޮޅާއި ފުވައްމުލަކުން ކުރިމަތިލި މެމްބަރުންނާ ރައީސް ވަނީ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ. އެގޮތުން ދާއިރާތަކުގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ސިއްހީ ނިޒާމާއި، ތައުލީމީ ދާއިރާ އަދި ބަނދަރު ހެދުމާއި ބިން ހިއްކާ، ބިން ދޫކުރުމުގެ ޕްލޭންތަކުގެ ތަފްސީލްތައް ވެސް އެ ކަމަކާ ގުޅޭ ވަޒީރުން މެދުވެރިކޮށް ރައީސް ވަނީ މެމްބަރުންނަށް ހާމަކުރައްވާފައެވެ.

Advertisement - newsAdvertisement

ކ. އަތޮޅުގެ ދާއިރާތަކުގެ ތެރެއިން ގާފަރާއި، މާފުށި، ދިއްފުށި އަދި ގުޅީގެ އިތުރުން ކާށިދޫގެ ތަރައްގީގެ ޕްލޭންތައް ރައީސް ހިއްސާކުރެއްވި އިރު، ގާފަރުގެ ފެނާ ނަރުދަމާގެ ނިޒާމް ތަރައްގީކުރުމުގެ މަޝްރޫޢު މި މަސް ނިމުމުގެ ކުރިން ސޮއިކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގާފަރުގެ އައިސް ޕްލާންޓުގެ މަސައްކަތް ހަވާލުކުރި މީހުންނަށް އެ މަސައްކަތް ނުކުރެވުމުން، އަލުން އެ މަސައްކަތް މިފްކޯއާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި މި އަހަރުގެ ތެރޭގައި އެ ކަން ވެސް ނިންމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ރަށުގެ ސިއްހީ ދާއިރާ ތަރައްޤީކުރުމުގެ މަސައްކަތް މި އަހަރުގެ ތިން ވަނަ ކުއާޓަރއަށް ޕްލޭންކޮށް ހިމަނާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.

ދިއްފުށީގައި ހުރި މައްސަލަތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ ދިއްފުށީގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު އޮތީ ޕްރީ ޓެންޑަރިންގ މަރުހަލާގައި ކަމަށެވެ. ދިއްފުށީ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް މި އަހަރުގެ ފުރަތަމަ ކުއާޓަރ ތެރޭގައި ފަށަން ރާވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރަށް ކައުންސިލް އިދާރާ ތަރައްޤީކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ކައުންސިލްއާ ހަވާލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އަދި ސިއްހީ މަރުކަޒު އިމާރާތުގެ ހުރިހާ މަސައްކަތެއް ނިމި މިހާރު ބޭނުންކުރަން ފަށާފައިވާ ކަމަށާއި އަދިވެސް ތަރައްޤީކުރުމުގެ ޕްލޭންތައް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ. އެކަމަށް ބޭނުންވާ ސާމާނު އަންނަ ހަފްތާގައި ރަށަށް ފޮނުވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ގުޅީގެ ކެމްޕެއިން ޓީމުން ފާހަގަ ކުރެއްވި ކަންކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ގުޅީ ފުޓުބޯޅަ ދަނޑުގެ ޓާރފް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް، އަދި ސަބް ބޭސް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ވަރަށް ގިނަ ރަށްރަށުގެ ބިން ހިއްކުމަށްވެސް ސަރުކާރުން ރާވާފައިވާ ކަމަށާއި، އަދި ވަކި ތަރުތީބެއްގެ ދަށުން އެ މަސައްކަތް ކުރައްވާނެކަމަށެވެ.

މާފުށީ ފަޅުން ހިއްކާފައިވާ ބިމާ ގުޅޭގޮތުން މާފުށީ ކެމްޕެއިން ޓީމުން ވާހަކަ ދައްކާފައިވެއެވެ. އަދި ބޯހިޔާވަހި ކަމުގެ މައްސަލައަކީ އެރަށަށް ދިމާވެފައިވާ ބޮޑު މައްސަލައެއްކަން ކެންޑިޑޭޓުން ވަނީ ފާހަގަ ކޮށްފައެވެ. އަދި މާފުށީ ބަނދަރުގެ ދަތިކަން ވެސް އަވަހަށް ޙައްލުކުރުން މުހިއްމުކަން މާފުށީ ކެމްޕެއިން ޓީމުން ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، މާފުށީ ހެލްތް ސެންޓަރު ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތާ ގުޅޭގޮތުން ވެސް މާފުށީ ކެމްޕެއިން ޓީމުން ސުވާލު ކޮށްފައިވެއެވެ.

އެކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، މާފުށީ ބިން ހިއްކުމުގެ 100 އިންސައްތަ ނިމިފައިވާ ކަމަށާއި، ރިވެޓްމަންޓް ޖެހުމުގެ 44 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި ރިވެޓްމަންޓް ޖަހާ ނިމުމާއެކު، ބިން ދޫކުރުމާއި، ފެނާއި ނަރުދަމާގެ މަސައްކަތްތައް ވެސް އެ ޕްލޭންގެ ދަށުން ކުރިއަށްދާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އެހެން ނަމަވެސް، ބަނދަރުގެ މަސައްކަތް މިއަހަރުގެ ބަޖެޓުގައި ހިމަނާފައި ނުވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އަންނަ އަހަރު އެކަމަށް މަސައްކަތް ކުރެވިދާނެކަމަށެވެ. އަދި ސިއްޙީމަރުކަޒު ގެ ޚިދުމަތްތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެކަން ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށާއި، އަދި ކައުންސިލާ ގުޅިގެން އެކަމުގެ މަޝްވަރާތައް ކުރައްވާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ކާށިދޫ ޓީމުން ދެއްކެވި ވާހަކައިގައި އެ ރަށުގެ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެއްވީ އެ ރަށުގެ އެއްގަމު ތޮށީގެ މައްސަލައެވެ.

އެކަންކަމާ ގުޅިގެން ރައީސް ވިދާޅުވީ، ކާށިދޫ އެއްގަމު ތޮށީގެ މައްސަލަ މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ޓެންޑަރ މަރުޙަލާއަށް ދާނެކަމަށާއި އެކަމަށް ބަޖެޓުގައި 12 މިލިއަން ރުފިޔާ ހަމަޖައްސާފައިވާކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

ޖުމްލަ ގޮތެއްގައި މުޅި ރާއްޖެއަށް ދިމާވެފައިވާ ބައެއް މައްސަލަތައް ކަމަށްވާ ކުނި މެނޭޖް ކުރުމާއި ސިއްހީ ނިޒާމުގެ ކަންކަމަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ ކުރިއަށް އޮތް ހަތް މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި އެމްބިއުލާންސް ނެތް ހުރިހާ ރަށްރަށަކަށް އެމްބިއުލާންސް ފޯރުކޮށްދެއްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް 7 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ބޮޑެތި ރަށްރަށުގައި ހުރި ކުނި ނައްތާލުމުގެ މަސައްކަތް ކުރައްވަން ފައްޓަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މާލެ އަތޮޅުގެ ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާ ބައްދަލު ކުރައްވައި ރައީސް ޞާލިޙު ވިދާޅުވީ، ވަކި ރަށެއް ތަފާތު ކުރުމެއް ނެތި، ޚިދުމަތްތައް ފުޅާ ކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ފާއިތުވި 2 އަހަރު ތެރޭގައި ޕީއެސްއައިޕީއަށް އަތޮޅު ތެރެއަށް ވެސް ގިނަ ޚަރަދުތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި އަތޮޅުތަކުން ފާހަގަކުރި ކަންބޮޑުވުންތަކަށް ރައީސް ވަނީ ޝުކުރު ވެސް އަދާކުރައްވާފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް

22 ޖެނުއަރީ 2017
މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
10 ޖެނުއަރީ 2017

ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި

10 ޖެނުއަރީ 2017
ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް