Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފަތުރުވެރިކަމުގެ ރަންޔޫބީލް ފެށުން

ރާއްޖޭގެ ފަތުރުވެރިކަމަށް މިއަދު 49 އަހަރު ފުރުނީއެވެ.

ރާއްޖެއަށް ވިލާތު ފަތުރުވެރިން އެންމެ ފުރަތަމަ އައީ 16 ފެބްރުއަރީ 1972 ގައި

އިމާދު ލަތީފް
އިމާދު ލަތީފް, ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2021 | އަންގާރަ 13:08
16 ފެބްރުއަރީ 1972 ގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން މާލޭގެ މާގިރި ގޭގައި.

16 ފެބްރުއަރީ 1972 ގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން މާލޭގެ މާގިރި ގޭގައި.

ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުވިތާ މިއަދަށް 49 އަހަރު ފުރުނީއެވެ. ފަތުރުވެރިކަމުގެ ފަންސާސް ނުވަތަ ރަންޔޫބީލްގެ ދުވަސްތައް ގުނަން ފެށުނީއެވެ. ރަންޔޫބީލް އަހަރަކީ ކުރިއަށްއޮތް 2022 ވަނަ އަހަރެވެ. ފަތުރުވެރިކަން ރާއްޖެއަށް ތައާރަފުވީ އިޓަލީވިލާތުގެ 22 ފަތުރުވެރިންގެ ގުރޫޕެއް 16 ފެބުރުއަރީ 1972 ގައި ރާއްޖެއަށް ޒިޔާރަތް ކުރުމުންނެވެ. މިދެންނެވި 22 ފަތުރުވެރިން ފަށައިދިން ފަތުރުވެރިކަމަށް ވިހިބާވީހުގައި ފުރެނީ ފަންސާސް އަހަރެވެ. މި ގްރޫޕް ރާއްޖެއަށް އައިސް ފަތުރުވެރިކަމުގެ ބިންގާ އެޅުމުގެ ސިއްރަކީ ހެންވޭރު ހިކިފިނިފެންމާގޭ އަހުމަދު ނަސީމާއި އިޓަލީގެ ރައްޔިތެއް ކަމަށްވާ ޖޯޖް ކޯބިންގެ މެދުގައި އުފެދުނު ރަހުމަތްތެރިކަމާއި ގާއިމުކުރެވުނު އެއްބަސްވުމެކެވެ.

އަހުމަދު ނަސީމަކީ މިހާރު ރާއްޖޭގެ ހެލްތު މިނިސްޓަރެވެ. އެމަނިކުފާނާއި ޖޯޖް ކޯބިންގެ މެދުގައި ސިލޯނުގެ ކޮޅުނބުގައި ގާއިމުކުރެވުނު އެއްބަސްވުމަށްފަހު ކޯބިންގެ ބެލުމުގެ ދަށުން ވިލާތުގެ ފުރަތަމަ ގްރޫޕް މާލެއަށް އައީ 16 ފެބްރުއަރީ 1972 ގައެވެ. އޭރު ރާއްޖޭގައި އެއްވެސް ރިސޯޓެއް ނެތެވެ. މި ގްރޫޕުގައި މައިގަޑުގޮތެއްގައި ހިމެނުނީ ނޫސްވެރިންނާއި ފޮޓޮގްރާފަރުންނެވެ. އެމީހުން ތިބީ މާލޭގެ ދެތިން ގެއެއްގައެވެ. އެތަނުން އެއްގެޔަކީ މިހާރު މާގިރި ހޮޓަލުގެ ނަމުގައި އެހެރަ އިމާރާތް ހުރިތަނުގައިވާ ގެއެކެވެ. މާގިރިޔަކީ އަހުމަދު ނަސީމުގެ ދައްތާފުޅު ނަސީމާ މުހައްމަދު ކަލޭފާނުގެ ގެއެވެ. ނަސީމާއަކީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ނާސިރުގެ އަނބިކަނބަލުންނެވެ.

ޖޯޖް ކޯބިން އާއި ވިލާތުގެ ފުރަތަމަ ގްރޫޕަށް ރާއްޖެ ފެނުނީ ސުވަރުގެއެއްގެ ގޮތުގައެވެ. ނަތީޖާއަކަށްވީ ގްރޫޕަކަށްފަހު ގްރޫޕެއް ސިލޯނު މަގުން ރާއްޖެ އަންނާން ފެށުމެވެ. ފަތުރުވެރިންނަށް ޚާއްސަކޮށްގެން ރިސޯޓުތައް ތަރައްގީކުރަން ފެށުނީ އެހިސާބުންނެވެ. މިގޮތުން އެންމެ ފުރަތަމަ ތަރައްގީކޮށް ހުޅުވުނު ރިސޯޓަކީ މާލެއަތޮޅު ވިހަމަނާފުށްޓެވެ. މިހާރުގެ މަޝްހޫރުގެ ނަމުން ކުރުނބާ މޯލްޑިވްސްއެވެ. ކުރުނބާ ވިލެޖް ރިސޯޓު ތަރައްގީކުރީ މިއުމަން ޓޫރިސްޓް އެޖެންސީގެ ފަރާތުންނެވެ. ހިއްސާދާރުންނަކީ ކޮލިގޭ މުހައްމަދު އުމަރު މަނިކާއި ކެރަފާ އަހުމަދު ނަސީމެވެ. މިއުމަންއަކީ މި ދެބޭފުޅުންގެ ނަމުގެ ރަމްޒީ އަކުރުތައް ހިމަނައިގެން ދީފައިވާ ނަމެކެވެ.

އަވަސްގޮތަކުން މަސައްކަތްކޮށްގެން ކުރުނބާ ވިލެޖް ރިސޯޓް ތަރައްގީކޮށް ހުޅުވުނީ 3 އޮކްޓޫބަރު 1972 ގައެވެ. އެހިސާބުން ފަތުރުވެރިކަމުގެ އައު ބާބެއް އަނެއްކާވެސް ފެށުނީއެވެ. ކުރުނބާ ވިލެޖު ހުޅުވިތާ ގިނަ ދުވަސްތަކެއްނުވެ ދެވަނަ ރިސޯޓު ވެސް ހުޅުވައިފިއެވެ. ރައީސް ނާސިރުގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ. އެރިސޯޓަކީ ބަނޑޮހެވެ. މިއަދުވެސް އެންމެ މަތީ ފަންތީގައި ހިނގަހިނގައި އެ އޮތް ބަނޑޮހެވެ. ކުރުނބާ އާއި ބަނޑޮސް ހުޅުވުނީމާ އެނދުގެ އަދަދު 280 އަށް އިތުރުވެގެން ހިނގައްޖެއެވެ. އެވަގުތަށް ފުދޭ އަދަދެކެވެ. އެހެންނަމަވެސް އެންމެ ބޮޑު ގޮންޖެހުމަކަށްވީ ވިލާތު ކެއްކުން ކައްކާން އެނގޭ ދިވެހިން ނެތުމާއި ފަތުރުވެރިކަމުގެ ސިނާޢަތަށް ފުދޭވަރަށް އެކި ކަންކަމުގައި ތަމްރީނުވެފައި ތިބި ދިވެހިން ނެތުމެވެ.

މިހެންވުމުން ކައްކާއިންނަކަށް ވެސް ރޫމްބޯއިންނަކަށް ވެސް އަދި ހުރިހާ ކަމެއް ކުރާ ބަޔަކަށް ވެސް ފުރަތަމަ އުޅޭން ޖެހުނީ މި ސިނާޢަތު ތައާރަފު ކުރެއްވި މުއައްސިސުންނެވެ. މުހައްމަދު އުމަރު މަނިކު ފަދަ ބޭބޭފުޅުންނެވެ. މާގިނަދުވަސްތަކެއް ނުވެ މި މައްސަލައަށް ހައްލު ލިބިއްޖެއެވެ. ސިލޯނުން ކައްކާއިން ގެނެސް ދިވެހީންނަށް ވެސް ތަމްރީނު ލިބެން ފަށައިފިއެވެ. އެދުވަސްވަރު އައްޑޫ ގަމުގައި ތިބި އިނގިރޭސިން ފައިބައިގެން ދިޔުމާ ގުޅިގެން ގަމުގައި އެކި ދާއިރާތަކުގައި ތަމްރީނުވެފައި ތިބި ދިވެހީން ވެސް ފަތުރުވެރިކަމުގެ ސިނާޢަތަށް ނުކުމެއްޖެއެވެ. ދާއިރާއަށް ކުރިއެރުމާއި އާރޯކަން ލިބިއްޖެއެވެ.

މާލެއިން ފަތުރުވެރިން ބާލައި ވަކި ރަށްރަށުގައި ރިސޯޓު ހެދުމުގެ ވިސްނުން އައީ ޖޯޖް ކޯބިންގެ ޝަރުތަކަށްފަހުގައެވެ. މާގިރި ގޭގައި ފަތުރުވެރިން ކުރި ތަޖުރިބާޔަށް ފަހު ކޯބިން ބުނެފައިވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި މީހުން ދިރިއުޅޭން އިމާރާތްކޮށްފައި ހުންނަ ގޭގޭގައި ފަތުރުވެރިން ބޭތިއްބުމުގެ ބަދަލުގައި ފަތުރުވެރިން ތިބުމަށް ވަކި ރަށެއް ޚާއްސަކޮށްފައި އެރަށެއް ތަރައްގީކޮށްފިއްޔާ އަދިވެސް ވިލާތުން އިތުރު ފަތުރުވެރިން ގެންނާނެ ކަމުގައެވެ. ކުރުނބާ ވިލެޖްގެ ޕްލޭން އުފަންވީ އެހިސާބުންނެވެ. ކުރުނބާ ހުޅުވުމަށްފަހު ފުރަތަމަ މެނޭޖަރަކީ ޗަމްޕާ ހުސައިން އަފީފެވެ. އެއީވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އެއް މުއައްސިސެވެ. ރިސޯޓް ސްޓައިލަށް ލިބުނު ތަރުހީބެއްގެ ސަބަބުން ކުރުނބާގެ ފުރަތަމަ ދުވަސްކޮޅު އަބަދުވެސް އޮންނަނީ ފުލްވެފައެވެ.

މިއަދު ރާއްޖޭގައި އޮތީ ހަމައެކަނި ކުރުނބާ ވިލެޖަކާއި ބަނޑޮހެއް ނޫނެވެ. ރާއްޖޭގެ އުތުރުން ދެކުނަށް ތިންސަތޭކައާ ގާތްކުރާ އަދަދަކަށް ރިސޯޓް އެބަފެނެއެވެ. އެވަރުން އަދި ނުނިމެއެވެ. މީހުން ދިރިއުޅޭ ރަށްރަށަށް ވެސް ފަތުރުވެރިން އަލުން އަންނާން ފަށައިފިއެވެ. ގާނޫނުތަކަށް ގެނެވުނު ބަދަލަކުން ގެސްޓް ހައުސްތައް ވެސް ފަތުރުވެރިކަމަށް ހުޅުވާލެވިއްޖެއެވެ. މިއަދު ރާއްޖޭގެ ފަތުރުވެރިކަމަކީ ބޭރު ފައިސާ މިރާއްޖެއަށް ވައްދާ އެންމެ ބޮޑު ސިނާޢަތެވެ. އެންމެ ގިނަ ބައެއްގެ އާމްދަނީއާ ގުޅިފައިވާ ސިނާޢަތެވެ. ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ކުރިއަރާފައިވާ ސިނާޢަތެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ބައްޓަން އެހެން ގައުމުތަކުން ވެސް މިހާރުދަނީ ނަކަލުކުރަމުންނެވެ.

ފަތުރުވެރިކަމުގެ ސިނާޢަތުގައި ރާއްޖެއިން ހޯދި ކާމިޔާބާއި ހޯދަމުންދާ ކާމިޔާބު ޚާއްސަވާ އަދި އެހެން ސަބަބެއް ވެސް އެބައޮތެވެ. ރާއްޖެއަށް މިނިވަންކަން ލިބިގެން އދ. ޖަމުޢިއްޔާގައި ވެސް ބައިވެރިވުމަށްފަހު ރާއްޖޭގެ އިޤްތިޞާދު ފުޅާ ކުރެވޭނޭ ގޮތްތައް ބަލައި ދިރާސާކުރުމަށް ޔޫއެންޑީޕީގެ ފަރާތުން އައި ތަޖުރިބާކާރަކު 1966 ގައި ބުނެފައިވަނީ ރާއްޖޭގައި ފަތުރުވެރިކަން ތަޢާރަފުކުރުމަށް އޮތީ ސުމެއްގެ ފުރުސަތެއް ކަމުގައެވެ. ރާއްޖެ އޮންނަ ގޮތާއި މާހައުލާއި މީހުންގެ އާދަކާދަޔާއި ވިސްނުން ހުންނަ ގޮތުން ރާއްޖޭގައި ފަތުރުވެރިކަން ތައާރަފުކޮށް ފުޅާކުރެވޭނޭ ހަމައެއްގޮތެއް ވެސް ނެތް ކަމުގައެވެ. ރާއްޖޭގައި ފަތުރުވެރިކަމުގެ ކުރިމަގެއް ނެތްކަމުގައެވެ. ކޮންމެއަކަސް އެއީ އެދުވަހެވެ މިއީ މިދުވަހެވެ. މިދުވަހު ރާއްޖެއިން މިދަނީ ފަތުރުވެރިކަމުގެ ދާއިރާއިން ހުރިހާ އެވޯޑުތަކެއް ވެސް ހާސިލްކޮށް ދުނިޔެއަށް ނަމޫނާ ދައްކަމުންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

11 މާރިޗު 2017
"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

03 މާރިޗު 2017
ބިން ވިއްކާތީ ނިދިނައި މީހުން މިއަދު ހަރުތަކަށް ވަދެ ފިލާފައި!

ބިން ވިއްކާތީ ނިދިނައި މީހުން މިއަދު ހަރުތަކަށް ވަދެ ފިލާފައި!

26 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު