Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސަޕޯޓަރުންނަށް ސަލާހުގެ ވަޢުދެއް

ފަހު ވަގުތާ ޖެހެންދެންވެސް ޗެމްޕިއަނުންގެ ގޮތުގައި މަސައްކަތްކުރާނަން: ސަލާހު

15 ފެބުރުއަރީ 2021 | ހޯމަ 13:28

މި ފަހަކަށް އައިސް ލިވަޕޫލުގެ ކުޅުން ވަނީ ވަރަށް ބޮޑަށް ދަށްވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 15 ފެބުރުއަރީ 2021 | ހޯމަ 13:28
ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުޙައްމަދު ސަލާހު

ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުޙައްމަދު ސަލާހު

ފަހު ވަގުތާ ޖެހެންދެންވެސް ޗެމްޕިއަނުންގެ ގޮތުގައި މަސައްކަތްކުރަން ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުޙައްމަދު ސަލާހު ވަޢުދުވެއްޖެއެވެ.

ލިވަޕޫލުން 30 އަހަރަށްފަހު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރީ މިދިޔަ ސީޒަނުގައެވެ. އެކަމަކު މި ފަހަކަށް އައިސް ލިވަޕޫލުގެ ކުޅުން ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު ލެސްޓާ ސިޓީ އަތުން 3-1 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިވިއިރު، މިއީ ފާއިތުވި އަށް އަހަރުތެރޭ ލީގުގައި ޖެހިޖެހިގެން ތިން މެޗުން ލިވަޕޫލް ބަލިވި ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ފަހުން މި ސީޒަނުގައި މުޅިން އަލަށް ލިވަޕޫލް ވަނީ ލީގުގައި އަމިއްލަ ދަނޑުގައި މެޗަކުން ބަލިވެފައެވެ. އެއާއެކު ލީގުގައި އެންމެ ފަހުން ލެސްޓާ އަތުން ބަލިވި މެޗަށްފަހު ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ވަނީ މި ސީޒަނުގައި ލިވަޕޫލަށް ދެން ތަށި ދިފާޢު ނުކުރެވޭނެ ކަމަށް ބުނެފައެވެ.

އެކަމަކު އާދީއްތަ ދުވަހު ކުރި ޓްވީޓެއްގައި ސަލާހު ބުނީ ވަރަށް ގިނަ ސަބަބުތަކާއެކު މިއީ ލިވަޕޫލަށް ދަތި އުދަނގޫ ދުވަސްތަކެއް ކަމަށެވެ. އެކަމަކު ލިވަޕޫލަކީ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށާއި، އެހެންކަމުން އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ޗެމްޕިއަނުންގެ ގޮތުގައި މަސައްކަތްކުރާނެ ކަމަށްވެސް ބުންޏެވެ. އަދި އެއީ ހުރިހާ ސަޕޯޓަރުންނަށްވާ ވަޢުދެއް ކަމަށްވެސް ސަލާހު ވަނީ ބުނެފައެވެ.

މީގެ ކުރިން ކްލޮޕުގެ އިރުޝާދުގެ ދަށުން ލިވަޕޫލުން ތަފާތު މޮޅު ކުޅުމެއް ދެއްކި ނަމަވެސް، މި ފަހަކަށް އައިސް އެ ޓީމުގެ ކުޅުން ވަރަށް ބޮޑަށް ދަށްވީ އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވުމުންނެވެ. އެގޮތުން ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ލިވަޕޫލުގެ ތަޖުރިބާކާރު ޑިފެންޑަރު ވާޖިލް ވެން ޑައިކާއި ޖޯ ގޯމޭޒަށް މި ސީޒަނުގައި އެނބުރި ކުޅުމަށް އާދެވޭނެ ކަމުގެ ޔަގީންކަމެއް ނެތްއިރު، އެ ޓީމުގެ ޖޮއެލް މަޓިޕުގެ ތަނބިކައްޓަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް މި ސީޒަނުގައި ދެން ނުކުޅެވޭނެ ކަމަށް ލިވަޕޫލުން ވަނީ ބުނެފައެވެ. އެއާއެކު މި ފަހަކަށް އައިސް ލިވަޕޫލުގެ ފަހަތް ބަލަހައްޓާފައިވަނީ އެ ޓީމުގެ މިޑްފީލްޑަރުންނެވެ.

ޕްރިމިއާ ލީގުގެ ތަށި ދިފާޢުކުރުމުގެ ފުރުސަތު ލިވަޕޫލަށް ހަނުވެފައިވާއިރު، އެ ޓީމު އޮތީ ލީގު ތާވަލުގެ ހަތަރުވަނައިގައި ކުޅުނު 24 މެޗުން ލިބުނު 40 ޕޮއިންޓާއެކުއެވެ. އަދި އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 23 މެޗުން ވަނީ 53 ޕޮއިންޓް ލިބިފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް