Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއުޕަމެކާނޯ ބަޔާނަށް ބަދަލުވުން

ބަޔާނުން ޒުވާން ޑިފެންޑަރު އުޕަމެކާނޯގެ ސޮއި ހޯދައިފި

15 ފެބުރުއަރީ 2021 | ހޯމަ 11:46

އުޕަމެކާނޯ ވަނީ ބަޔާނާއެކު ފަސް އަހަރުގެ އެއްބަސްވުމެއް ހަދާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 15 ފެބުރުއަރީ 2021 | ހޯމަ 11:46
އާރްބީ ލައިޕްޒީގަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ޑިފެންޑަރު ޑަޔުޓް އުޕަމެކާނޯ

އާރްބީ ލައިޕްޒީގަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ޑިފެންޑަރު ޑަޔުޓް އުޕަމެކާނޯ

އާރްބީ ލައިޕްޒީގަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ޑިފެންޑަރު ޑަޔުޓް އުޕަމެކާނޯ ދުނިޔޭގެ ޗެމްޕިއަން ބަޔާން މިއުނިކަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.

ބަޔާނުން ހާމަކުރި ގޮތުގައި އުމުރުން 22 އަހަރުގެ އުޕަމެކާނޯ ވަނީ އެ ކުލަބާއެކު ފަސް އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އެހެންކަމުން އޭނާ ބަޔާނާ ގުޅޭނީ މި ސީޒަން ނިމި، ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާގައި ކަމަށްވެސް ބަޔާނުން ވަނީ ބުނެފައެވެ.

އަންނަ ސީޒަނަށް ބަޔާނަށް ބަދަލުވާން އުޕަމެކާނޯ އެއްބަސްވިއިރު، މީގެ ކުރިން މިދިޔަ އަހަރު އޭނާ ވަނީ ލައިޕްޒީގާއެކު ހަދާފައިވާ އެއްބަސްވުން 2023 ވަނަ އަހަރުގެ ނިޔަލަށް އާކޮށްފައެވެ. އެހެންކަމުން އެ އެއްބަސްވުން އުވާލަން 42.5 މިލިޔަން ޔޫރޯ ދައްކަން ޖެހޭއިރު، މި ސީޒަން ނިމުމުން ބަޔާނުން އެ އަދަދު ދެއްކުމަށް މިހާރު ވަނީ އެއްބަސްވެފައެވެ.

ބަޔާނަށް ބަދަލުވާން އުޕަމެކާނޯ ނިންމިއިރު، އޭނާއަކީ މި ވަގުތު ޔޫރަޕުގައި އެންމެ ޑިމާންޑް ބޮޑު އެއް ޑިފެންޑަރެވެ. އެގޮތުން އޭނާ ހޯދުމަށް ލިވަޕޫލާއި، ޗެލްސީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑުންވެސް ވަނީ މަސައްކަތްކޮށްފައެވެ.

އޮސްޓްރިއާގެ ލިއެފްރިނުން ފުޓްބޯޅަ ކެރިއަރު ފެށި އުޕަމެކާނޯ އެންމެ ފުރަތަމަ ބަދަލުވީ އާރްބީ ސާލްޒްބާގަށެވެ. އަދި ސާލްޒްބާގުގައި ދެ ސީޒަން ހޭދަކުރުމަށްފަހު 2017 ވަނަ އަހަރު އޭނާ ލައިޕްޒީގަށް ބަދަލުވީ 10 މިލިޔަން ޔޫރޯގެ ފީއަކަށެވެ. އަދި މިހާތަނަށް އޭނާ ލައިޕްޒީގުގައި ފަސް ސީޒަން ހޭދަކޮށްފައިވާއިރު، އެ ޓީމަށް ވަނީ ޖުމްލަ 139 މެޗު ކުޅެދީފައެވެ.

އަދި މިދިޔަ އަހަރު ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުން އުޕަމެކާނޯ ޖާގަ ހޯދިއިރު، އޭނާ ވަނީ އެ ގައުމަށް މިހާތަނަށް ތިން މެޗު ކުޅެދީފައެވެ. އަދި އޭނާ ވަނީ 2018 ވަނަ އަހަރު ޝޯޓްލިސްޓް ކުރި ގޯލްޑަން ބޯއި އެވޯޑަށްވެސް ނޮމިނޭޓުވެފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ކްލަބްތަކާ އެކު ކުންފުނިތަކުން ސޮއިކުރާނީ އަންނަ ހަފްތާގައި: ބައްސާމް

26 ފެބުރުއަރީ 2017
ކްލަބްތަކާ އެކު ކުންފުނިތަކުން ސޮއިކުރާނީ އަންނަ ހަފްތާގައި: ބައްސާމް
12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
04 ފެބުރުއަރީ 2017

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
11 ޖެނުއަރީ 2017

ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް