Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު

ދިވެހިން އެދޭ ގޮތަށް ރަނގަޅު ހާލަތަކަށް "ޖަމްޕް" ޖެހުމުގެ ވިސްނުން ހުރީ އެމްޑީޕީގައި: ނަޝީދު

14 ފެބުރުއަރީ 2021 | އާދީއްތަ 17:25

އެމްޑީޕީއަށް އާންމުންގެ އިތުބާރު އޮންނަނީ ޕާޓީގެ ވިސްނުން ފުޅާވީމަ

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 14 ފެބުރުއަރީ 2021 | އާދީއްތަ 17:25
އެމްޑީޕީގެ ގައުމީ މަޖިލީހުގައި ރައީސް ނަޝީދު ވާހަކަދައްކަވަނީ

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ރައީސް ނަޝީދު ވާހަކަދައްކަވަނީ

ގައުމު މިހާރު އޮތް ހާލަތުން ރަނގަޅު ހާލަތަކަށް ވަރަށް އަވަހަށް ދާން ދިވެހި ރައްޔިތުން އެދޭ ކަމަށާއި ހާލަތު ރަނގަޅު ކުރުމުގެ ވިސްނުން ހުރީ އަދި އެކަން ކުރެވޭނީ ވެސް ހަމައެކަނި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޖީބަށް ވަންނަ ފައިސާއާއި، ދަރިންނަށް ލިބޭ ތަރުބިއްޔަތާއި ތައުލީމުގެ އިތުރަށް ބޯހިޔާވަހިކަމާއި އުމްރާނީ ހިދުމަތްތައް ވަރަށް އަވަސްކޮށް ދެގުނަކުރަން ރައްޔިތުން ބޭނުންވާ ކަމަށެވެ. އަދި އެކަން އެގޮތަށް ކޮށް، ދިވެހިން އެހެން ހާލަތަށް ބަދަލުކުރުމުގެ ފުޅާ ވިސްނުން އަބަދު ވެސް ނެރޭ އަދި އެ ވިސްނުން ތަންފީޒުކުރެވޭނެ ޕާޓީއަކީވެސް އެމްޑީޕީ ކަމަށާއި، އެމްޑީޕީއަށް އާންމުންގެ އިތުބާރު އޮންނަނީ ވެސް އެ ސަބަބައްޓަކައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަން ނިމި މިހިސާބަށް އައި އިރު ގައުމު ކުރިއަރުވައި އެ ބޭނުންވާ "ޖަމްޕު" ޖެހުމަށް ބޭނުންވާ ތަރަހަ ފުރިހަމަވެފައިވާ ކަމަށެވެ. އަދި ރައީސް ސޯލިހަށް އެކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ ކުރިން ގައުމުގެ ތަރައްގީއަށް ކުރަމުން އައި މަސައްކަތްތަކަށް އިޝާރާތްކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އޭރު ހެދުނީ އަހަރަކު ބަނދަރެއް ކަމަށެވެ. ނަމަވެސް މިހާރު ރައީސް ސޯލިހުގެ ވެރިކަމުގައި ރާއްވަވައި ބަޖެޓު ހޯއްދަވާފައިވަނީ ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާ އަދި ބަނދަރުތައް އެއްފަހަރާ ހެދުމަށް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހިން ބޭނުންވާ ތަރައްގީ އެ އަވަސްކަމުގައި ގެނައުމަށް ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ބޭރު ދުނިޔެއާއި އޮންނަ ބައިނަލް އަގުވާމީ ގުޅުން ރަނގަޅުކުރުން އެއީ ކުރުން އެންމެ މުހިންމު ކަންތައް ކަމުގައި ވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އަތުގައި ހުރި އެއްޗަކުން ފުދިއްޖެކަމަށް ދެކޭނަމަ ވާނެ ތަރައްގީއެއް ނޯންނާނެ ކަމަށެވެ. އެމްޑީޕީގެ ވިސްނުމަކީ ވަރަށް ފުޅާ ވިސްނުމެއް ކަމަށާއި ހަމައެކަނި ރާއްޖެއާ ހަމައިން އެ ވިސްނުން ނުނިމޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ތަކުރާރުކޮށް ރައްޔިތުން އެމްޑީޕީ ވެރިކަމަށް ގެންނަނީ ވެސް އެހެންވެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް