Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އިދިކޮޅު މުޒާހަރާއަށް ދަނީ ދާ ހިތަކުން ނޫން، އެތިކޮޅެއް ލިބޭތީ!

އިދިކޮޅު މުޒާހަރާކަތަށް ނުކުންނަ ޒުވާނުންނަށް ފައިސާ ދޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2021 | ބުދަ 14:00
އިދިކޮޅު މުޒާހަރާގެ ތެރެއިން އާންމުންނަށް އުދަނގޫވާނެހެން މަގުތަކުގައި އިށީންދެގެން

އިދިކޮޅު މުޒާހަރާގެ ތެރެއިން އާންމުންނަށް އުދަނގޫވާނެހެން މަގުތަކުގައި އިށީންދެގެން

މާލޭގެ މަގުތަކަށް ނުކުތުމަކީ މިވަގުތަށް ރައްކާތެރިކަމެއް ނޫނެވެ. ބަލި އިންތިހާއަށް ފެތުރެމުން އަންނަ ދުވަސްވަރެކެވެ. އައު ވޭރިއެންޓެއް ފެނި އެކަކުގެ ފަރާތުން 5 މީހުންނަށް ބަލި ޖެހޭކަމަށް ސިއްހީ ތަޖުރިބާ ކާރުން ވަނީ ބުނެފައެވެ. ނަމަވެސް މި ބަލި ރާއްޖޭގައި ނެތް ކަމަށް ބައެއް މީހުންނަށް ހީވާ ކަހަލައެވެ. މި ދަންނަވާ ބައެއް މީހުންނަކީ ފިޔާތޮށި ކްލަސްޓަރއަށް ނިސްބަތްވާ މީހުންނެވެ. ނުވަތަ އިދިކޮޅު ކޯލިޝަންގައި ހިމެނޭ މީހުންނެވެ.

އެންމެ ފަހުން ބޭއްވި މުޒާހަރާއޭ ކިޔުނު ހަރަކާތެއްގައިވެސް 200 އެއްހާ މީހުން ނުކުތެވެ. 95،000 ވޯޓު ލިބުނުކަމަށް ދައުވާ ކުރާ އަދި އެ އަދަދަށް ސަޕޯޓަރުން ތިބި ކަމަށް ބުނި ފަރާތްތައް ކޯލް ސެންޓަރު ހަދައިގެން އާދޭސްކޮށްގެން އަދިވެސް އެ ނޫން ހުރިހާ ސަކަރާތެއް ޖަހައިގެން 200 އެއްހާ މީހުން ނުކުތުމުން ލަދުވެތިއެވެ.

މި ދަންނަވާ 200 މީހުުންގެ ހަގީގަތްވެސް ކޮންމެވެސް ވަރަކަށް އޮޅުން ފިލުވާލީމެވެ. ބައެއް މީހުންނާއި ބައްދަލުވިއެވެ. ކަންކަން ވެސް ސާފުކޮށްލަން ފުރުސަތު ލިބުނެވެ. ނަމަވެސް އައު ވާހަކައެއް ނުލިބުނެވެ. އިދިކޮޅު މުޒާހަރާއަށް ޒުވާން އުމުރު ފުރައިގެ މީހުން ދަނީ އެންމެ ސަބަބަކަށެވެ. "ވެރިން އަތުން ލިބޭ އެތިކޮޅު ރަނގަޅުވީމަ ކަމަށް" ބުންޏެވެ. ވާހަކަ ދެއްކި ބައެއް މީހުން ބުނީ މުޒާހަރާއަށް މި ދަނޑިވަޅުގައި ދާކަށް ވެސް ބޭނުން ނުވެއެވެ. ނަމަވެސް ފައިސާ ލިބެންޏާ އެކަން ވެސް ކުރެވިދާނެއެވެ.

މި ފައިސާކޮޅު ނުބަހާނަމަ އެއްކަލަ ދެ ދޮރު ދޭތެރެއިން ފައުޅުވި ތިމާވެއްޓާ ބެހޭ މާހިރުންނާއި، އީސީ ޝަރީފުގެ ސަޕޯޓަރުންނާއި ރާގު ރާގަށް ފަރިހި ކިޔާ މީހުން ފިޔަވާ އެހެން ބަޔަކު ނުފެންނާނެއެވެ. ފައިސާ ދީފައި ޒުވާނުން ނެރެނީ ވެސް އޮޅުވާލައިގެންނެެވެ. މައުޟޫއަކަށް ވަނީ ސަރުކާރު ޖަވާބުދާރީ ކުރުމެވެ. ކަމަށް ވަނީ ރައިސް ޔާމީން މިނިވަން ކުރުމަށް ގޮވާލުމާއި، ވެކްސިނާއި ދެކޮޅު ހެދުމާއި އިންތިހާބު އަވަސް ކުރުމެވެ.

ރާއްޖޭގައި މުޒާހަރާ ކުރުމާއި މި ކަންކަން އިދިކޮޅުން ނަކަލު ކުރީ އެމްޑީޕީންނެވެ. ނަމަވެސް މިއަދާ ހަމައަށް އައިއިރުވެސް އިދިކޮޅު ޕީޕީއެމަކަށް އެކަން ކުރެވޭނެ ރީތި މަގެއް ނުފެނުނެވެ. އެއިރު އެމްޑީޕީން ނުކުތީ ސަރުކާރު ޖަވާބުދާރީ ކުރުމަށެވެ. މިއަދު އިދިކޮޅުން ނުކުންނަނީ އަމިއްލަ މުހުތާދު ފުރިހަމަ ކުރުމަށެވެ. ހާސް ތަފާތު ފެންނަން އެބަހުއްޓެވެ. އެމްޑީޕީގެ ބިޔަ ބޮޑު ފައުޖު އެއްކޮށް ނުކުތީމަ މޭ ކަރައިގެން ޖެހިގެން އަންނަ ދުވަހު ޕީޕީއެމުންވެސް އެއްވުމެއް ބާއްވައެވެ. ނަމަވެސް ވެރިކަމުގައި ތިބިއިރުވެސް ސިޓީ އުރައިގައި ފައިސާ ބެހި އުސޫލުން މިއަދުވެސް ކަށީގައި ހަރުލާފައި ހުރި އެ އާދައެއް ނުކެނޑެއެވެ. ހަމަ ފައިސާކޮޅެއް ދީގެން މީހުން އެއްކުރުމުގައި ނަމޫނާ ހިފަހައްޓައެވެ.

އިންޑިއާއިން ގެނައި ވެކްސިނާއި ދެކޮޅަށް މީހުން ނެރުނެވެ. ނަމަވެސް ކަމުގެ ހަގީގަތަށް ބަލާއިރު، ވެކްސިން ނުޖަހާކަށް ނޫނެވެ. އިންޑިއާއިން ދިން އެއްޗަކަށް ވާތީ އެކަމާއި ދެކޮޅަށް އަޑު އުފުލުމަށެވެ. ނަމަވެސް އެކަމާއި ދެކޮޅަށް ނުކުންނާނެ ބަޔަކު ނުވެގެން ފައިސާ ދީގެން ނުކުތް ހައެއްކަ މީހުން ވެކްސިން ނުޖަހާނަމޭ ކިޔާފައި ރައިވަރު ކިޔާ އުސޫލުން އެކަން ވެސް ކުރަން ނުކުތެވެ. އެންމެ ފަހުން ރާގު ބަދަލުވެ އެކަން ވެސް ނުވާކަމަށްވެ ވެކްސިން ވެސް ޖަހަން ގޮވައިފިއެވެ.

ދެން މިވެރިންގެ ވެރިކަމުގައި އެޅި ކޮޮތަރު ކޮށި ވެސް ބޭނުންހާ ބަޔަކަށްދީ ޕާޓީގެ ވެރިންނާއި، ވެރިންގެ އަނބިންނާއި ފިރިންނާއި އާއިލާ މީހުންނާއި މުނިމުނީންނަށް ދިނެވެ. އިންސާފު އެއާ އަރާ ހަމަކުރުމުން އެކަމާއި ދެކޮޅަށްވެސް ކޯލް ސެންޓަރު ހަދައިގެން ފައިސާދީގެން މަދު މީސްކޮޅެއް ނެރުނެވެ. ކަމުގެ ހަގީގަތް އޮތީ މިހާވެސް ސާފުކޮށް ފެންނާށެވެ.

އިދިކޮޅަށް ކަމެއް ކުރެވޭނީ ފައިސާ ދީގެންނޭ ބުނާ ވާހަކައަކީ ތެދެކެވެ. ކިތަންމެ ހެޔޮ ނިޔަތުގައިވެސް ފައިސާ ދީގެން ނޫނީ އެއްކަމެއްވެސް ނުކުރެވެއެވެ. ގޯނި ގޯނީގައި ފައިސާ އުފުލީވެސް ހެޔޮނިޔަތުގައެވެ. ޗެކާއި ޑޮލަރުވެސް ޖަމާކުރީ އެ ނިޔަތުގައެވެ. ހަމަ އެ ބީދައިން ޒުވާނުން މި ނެރެނީވެސް އެތިކޮޅެއް ދީގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

16 މާރިޗު 2017
5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!

5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!

12 މާރިޗު 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު