Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ ސިޔާސީ މަޝްރަހު

ރިޕަބްލިކަން ޕާޓީގެ ތެރެއިން ޓްރަމްޕާ ދެކޮޅު ޕާޓީއެއް އުފެދެނީ

މަޝްވަރާކުރުމަށް 120ށް ވުރެ ގިނަ މީހުން ޒޫމް މެދުވެރިކޮށް ވާހަކަދައްކާފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 13 ފެބުރުއަރީ 2021 | ހޮނިހިރު 19:53
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ތެރޭގައި އެގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ޑިމޮކްރަސީ ނަގަލުމަށް ކުރެއްވި މަސައްކަތްތަކާއި ގުޅިގެން ޓްރަމްޕާ ދެކޮޅަށް އެޕާޓީގެ ތެރެއިން އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތްތައް ފަށައިފިއެވެ.

އެމަސައްކަތް ފަށާފައިވަނީ ރިޕަބްލިކަން ޕާޓީގެ ކުރީގެ އިސް މެމްބަރުންތަކެކެވެ. އައު ޕާޓީ އުފެއްދުމުގެ މަޝްވަރާތަކުގައި އުޅުއްވާ ހަތަރު ބޭފުޅަކު އެކަމާއި ގުޅޭގޮތުން ރޮއިޓަރސް އާ ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ މަޝްވަރާތަކުގައި ރިޕަބްލިކަން ޕާޓީގެ ކުރީގެ އިސް މަސްއޫލުވެރިންނާއި ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެވަޑައިގެންނެވި ކުރީގެ ރައީސުންގެ ދައުރުގައި އިސް އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅުންނާއި ކުރީގެ ރިޕަބްލިކަން އެމްބެސަޑަރުން ހިމެނެއެވެ.

އެގޮތުން މިކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް 120ށް ވުރެ ގިނަ މީހުން ޒޫމް މެދުވެރިކޮށް ވާހަކަދައްކާފައިވާކަމަށް ރޮއިޓަރސް އިން ވަނީ ބުނެފައެވެ.

ޓްރަމްޕްގެ ސިޔާސަތުގެ ދަށުން ރިޕަބްލިކަން ޕާޓީގެ ތެރޭގައި އުފެދެމުން ގޮސްފައިވާ ޑިމޮކްރަސީ އާއި ޚިލާފު ހައްދުފަހަނައަޅައި ދިޔުމުގެ ފިކުރާ ދެކޮޅު ގިނަ ބަޔަކު މި ޒޫމް ކޯލުގައި ބައިވެރިވެފައިވެއެވެ.

މިޓީމުގެ މައިގަނޑު މަގްސަދަކީ ރިޕަބްލިކަންގެ ތެރޭގައި އޮތް ޓްރަމްޕްގެ ބާރާއި ނުފޫޒުން ޕާޓީ ސަލާމަތްކުރުމެވެ.

ރިޕަބްލިކަން ޕާޓީގެ ތެރެއިން އައު ޕާޓީއެއް އުފެއްދުމަށް މަސައްކަތްކުރާ ވާހަކައާ ގުޅޭގޮތުން ޓްރަމްޕްގެ ސްޕޯކްސްމަން ޖޭސަން މިލަރ ވިދާޅުވެފައިވަނީ އެމީހުން ބައިޑަން އަށް ވޯޓުލީ ހިސާބުން ވެސް ރިޕަބްލިކަން ޕާޓީ ދޫކޮށްލާފައިވާކަމަށެވެ.

ޒޫމް ކޯލާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން މެކް މުލިން ވިދާޅުވީ ކޯލުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 40 އިންސައްތަ މީހުން ބޭނުންވަނީ އައު ޕާޓީއެއް އުފެއްދުމަށެވެ. ނަމަވެސް ޕާޓީގެ ތެރޭގައި ވަކި ފެކްޝަނެއް ހަދައިގެން މަސައްކަތްކުރާ ގޮތަށް ވެސް މަޝްވަރާކުރެވުނު ކަމަށް މެކް މުލިން ވިދާޅުވިއެވެ.

ރިޕަބްލިކަންގެ ތެރެއިން އައު ޕާޓީއެއް އުފައްދަން އުޅޭވާހަކަތައް ފެންމަތިވެގެން މިއައީ ޓްރަމްޕްގެ އިމްޕީޗްމަންޓް ޓްރެއަލް ސެނެޓްގައި ކުރިޔަށްދަނިކޮށެވެ. ޓްރެއަލްގައި ހައުސްގެ މެނޭޖަރުން ވަނީ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ކެޕިޓޮލްގެ ތެރޭގައި ހިނގާދިޔަ ހަމަނުޖެހުންތަކުގެ ތަފްސީލީ ހެކިތައް ހުށަހަޅަމުންނެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ޓްރަމްޕާ ދެކޮޅަށް މެކްސިކޯގައި މުޒާހަރާ ކުރަނީ

13 ފެބުރުއަރީ 2017
ޓްރަމްޕާ ދެކޮޅަށް މެކްސިކޯގައި މުޒާހަރާ ކުރަނީ
11 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް

11 ފެބުރުއަރީ 2017
 ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
29 ޖެނުއަރީ 2017

ޓްރަމްޕާއި ޕޫޓިން ވާހަކަފުޅު ދައްކަވައިފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ޕޫޓިން ވާހަކަފުޅު ދައްކަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު