Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަޕާނަށް ބިންހެލުމެއް އައުން

ޖަޕާނަށް 7.1 މެގްނިޓިޔުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ސުނާމީއެއް އަރާފާނެކަމުގެ އިންޒާރެއް އަދި ދީފައެއްނުވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 13 ފެބުރުއަރީ 2021 | ހޮނިހިރު 17:22
ބިންހެލުމުގެ ސަބަބުން ފުކުޝީމާގެ އިމާރާތްތަކާއި މަގުތަކަށް ގެއްލުންވެފައި

ބިންހެލުމުގެ ސަބަބުން ފުކުޝީމާގެ އިމާރާތްތަކާއި މަގުތަކަށް ގެއްލުންވެފައި

ރެކްޓަރ މިންގަނޑުން 7.1ގެ ބާރުގަދަ ބިންހެލުމެއް ޖަޕާނުގެ އިރުމަތީ އައްސޭރި ސަރަހައްދަށް އަތުވެއްޖެއެވެ.

ފުކުޝީމާ އާއި ކައިރި ސަރަހައްދަށް ބިންހެލުން އަތުވެފައިވާއިރު ސުނާމީއެއް އަރާފާނެކަމުގެ އިންޒާރެއް އަދި ދީފައެއްނުވެއެވެ. އެހެންނަމަ ވެސް ބިން ހެލުމުގެ ބާރުގަދަ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޖަޕާނުގެ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި ބިން ހެލުމުގައި އަނިޔާވި މީހުންގެ އަދަދު ވަނީ 30ށް އަރާފައެވެ.

ބިން ހެލުން އައިސްފައިވަނީ ފުކުޝީމާ އާއި 60 މޭލު ދުރުގައި އޮންނަ އިރުމަތީ އުތުރުގެ ނަމީ ކިޔާ އައްސޭރި ހިސާބަކަށް ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސަރވިސް އިން ވަނީ ބުނެފައެވެ. ބިން ހެލުމުގެ ސަބަބުން އަދި މިހާތަނަށް ފުކުޝީމާގެ ނިޔުކްލިއަރ ޕްލާންޓަށް އެއްވެސް އަސަރެއް ކޮށްފައިނުވާކަމަށް ޖަޕާނުގެ ޗީފް ކެބިނެޓް ސެކެޓްރީ ވިދާޅުވިއެވެ.

އެހެންނަމަވެސް ކާޓޯ ސަރަހައްދުގެ 830،000ށް ވުރެ ގިނަ ގޭބިސީން ކަރަންޓު ކަނޑައިގެން ގޮސްފައިވާއިރު މީގެތެރޭގައި ވެރިރަށް ޓޯކިޔޯ ވެސް ހިމެނެއެވެ. ބިން ހެލުމާއި ގުޅިގެން ލިބިފައިވާ ގެއްލުންތަކާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

2011 ވަނަ އަހަރުގެ މަރޗް މަހުގެ 11 ވަނަ ދުވަހު ރެކްޓަރ މިންގަނޑުން 9.0 ގެ ބާރު މިނުގައި ޖަޕާނަށް ވަނީ އައިސްފައެވެ. އެފަހަރުގެ ބިން ހެލުމުގައި 20،000ށް ގިނަ މީހުން ވަނީ މަރުވެފައި ނުވަތަ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އެފަހަރުގެ ބިން ހެލުމާއެކު އައި ސުނާމީގައި އެތައް ހާސް ބައެއްގެ ގޯތި ގެދޮރު ސުންނާފަތިވިއެވެ.

އަދި ފުކުޝީމާގައި ހުރި ނިޔުކްލިއަރ ތިން ރިއެކްޓަރގައި ރޯވެ އެޕްލާންޓްތަކުން ޖައްވަށް ރޭޑިއޯއެކްޓިވް ވިހަ މާއްދާތައް ދޫވުމާއެކު އެސަރަހައްދުގައި އުޅުނު ލައްކައަކަށްވުރެ ގިނަ މީހުން ވަނީ އެހެން ހިސާބުތަކަށް ބަދަލުކޮށްފައެވެ.

އެ ބިން ހެލުން އައިތާ 10 އަހަރު ވާން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު މިއައި ބިން ހެލުމާއެކު ގިނަ ބަޔަކު އަންނަނީ 10 އަހަރު ކުރީގެ ހަނދާންތައް އައު ކުރަމުންނެވެ.

އިތުރަށް ކިޔާލަން

22 އޯގަސްޓު 2017

އިޓަލީއަށް އައި ބިންހެލުމެއްގައި އެކަކު މަރުވެ 25 މީހުން ޒަޚަމްވެއްޖެ

22 އޯގަސްޓު 2017
އިޓަލީއަށް އައި ބިންހެލުމެއްގައި އެކަކު މަރުވެ 25 މީހުން ޒަޚަމްވެއްޖެ
11 އޯގަސްޓު 2017

ފިލިޕީންސްއަށް 6.2 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ

11 އޯގަސްޓު 2017
ފިލިޕީންސްއަށް 6.2 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ
21 ޖުލައި 2017

ތުރުކީ އާއި ގްރީސް އަށް ބިންހެލުމެއް އަތުވެއްޖެ

21 ޖުލައި 2017
ތުރުކީ އާއި ގްރީސް އަށް ބިންހެލުމެއް އަތުވެއްޖެ
12 ޖޫން 2017

ތުރުކީ އާއި ގްރީސްއަށް ބިން ހެލުމެއް އަތުވެއްޖެ

12 ޖޫން 2017
ތުރުކީ އާއި ގްރީސްއަށް ބިން ހެލުމެއް އަތުވެއްޖެ
31 މެއި 2017

ކާބުލްގައި ޑިޕްލޮމޭޓުން ތިބޭ ސަރަހައްދުގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި

31 މެއި 2017
 ކާބުލްގައި ޑިޕްލޮމޭޓުން ތިބޭ ސަރަހައްދުގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު