Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޖަމީލު ނައިބު ރައީސްކަމުން ވަކިކުރި މައްސަލަ

ނާއިބު ރައީސްކަމުން ޖަމީލް ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ހޯމަ ދުވަހު

ދައުލަތުގެ ގާނޫނީ ވަކީލުން ވިދާޅުވީ މިމައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2021 | ހޮނިހިރު 07:42
ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު: ރައީސް ޔާމީންގެ ވެރިކަމުގައި ނާއިބު ރައީސްކަމުން ވަނީ ވަކިކުރައްވާފައި

ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު: ރައީސް ޔާމީންގެ ވެރިކަމުގައި ނާއިބު ރައީސްކަމުން ވަނީ ވަކިކުރައްވާފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ނާއިބު ރައީސްކަމުގެ މަގާމުން ވަކިކުރި މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަޙާފައިވާތީ، އެމައްސަލައިގެ އިތުރު އަޑުއެހުމެއް ހޯމަ ދުވަހު ބޭއްވުމަށް ސުޕްރީމް ކޯޓުގައި ތާވަލްކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން މީގެ 4 ހަފްތާކުރިން ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި މައިގަނޑުގޮތެއްގައި އޮތީ، މި މައްސަލައަކީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ، މި މައްސަލަ ނުބެލޭނެ ކަމަށް ދައުލަތުން ބުނާ ބުނުމާއި، ނައިބު ރައީސްކަމުގެ މަގާމުން ޖަމީލު ވަކިކުރިކުރުމަކީ، ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ދުސްތޫރީ ބާރެއްކަމަށްވާތީ، އެނިންމުމުގެ މައްޗަށް ސުޕްރީމް ކޯޓުން ވިޔަސް ގޮތެއް ކަނޑަޅައި، ބަހުސްކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ދައުލަތުން ބުނާބުނުމާއި ގުޅިގެން، މިމައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ފަނޑިޔާރުން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވުމެވެ.

Advertisement - newsAdvertisement

އެގޮތުން، ދައުލަތުގެ ފަަރާތުން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ވަރަށް ތަފްސީލްކޮށް، ގާނޫނުއާސާސީއާއި ގާނޫނުއާސާސީ އެކުލަވާލިއިރު، އެކަމާ ގުޅުންހުރި މާއްދާތައް އެކުލަވާލުމުގައި ރައްޔިތުންގެ ހާއްސަ މަޖިލީހުން ކުރައްވާފައިވާ ބަހުސްތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ.

ފަނޑިޔާރުންގެ ސުވާލުތަކާއި އަދި ދައުލަތުގެ ފަރާތުން ދެއްވި ޖަވާބަށް ޖަމީލުގެ ގާނޫނީ ޓީމުން ވެސް ވަނީ ދިފާއުގައި ވާހަކަ ދައްކަވާފައެވެ. އެންމެފަހުން ބޭއްވި އަޑުއެހުން ކުރިއަށް ގެންދެވީ ގާތްގަނޑަކަށް ބައިގަޑިއެއްހާއިރަށް ކަމަށްވާތީ، އިތުރު އަޑުއެހުމެއް ބޭއްވައި، ދެފަރާތުން އިތުރަށް ދައްކަން ހުރި ވާހަކަތައް ދެއްކުމުގެ ފުރުސަތު ދެއްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު ވިދާޅުވެފައިވެއެވެ.

މިމައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އެދުވަހުގެ އަޑުއެހުމުގައި ޖަމީލްގެ ގާނޫނީ ވަކީލު، އަދި ކުރީގެ ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) އަހުމަދު މުއިއްޒު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގެ މަގާމުން ޖަމީލް ވަކިކުރައްވަން މަޖިލީހަށް ހުށަހަޅުއްވާފައިވާ ގަރާރުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ "ނާޤާބިލް" ކަމުންކަމަށް ވިދާޅުވިއިރު، ޖަމީލުގެ "ނާޤާބިލް" ކަންކަން އެނގިވަޑައިގަންނަވާނީ ހުދު އޭރުގެ ރައީސް އަބްދުﷲ ޔާމީންއަށް ކަމަށެވެ. އެކަން މަޖިލީހުގެ މެމްބަރުންނަށް ކަނޑަ ނޭޅުއްވޭނެ ކަމަށެެވެ.

ނާއިބު ރައީސް ކަމުގެ މަގާމުން ޖަމީލް ވަކިކުރަން މަޖިލީހަށް ގަރާރު ހުށަހެޅުއްވީ އޭރު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކެވެ.

މިމައްސަލައާ ގުޅިގެން، ޖަމީލްގެ ފަރާތުން ވަކާލާތު ކުރައްވަމުން މުއިއްޒު ވަނީ، ޖަމީލްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ވެސް ވިދާޅުވެ ދެއްވާފައެވެ. އެގަރާރުގައި ފާހަގަ ކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދު އާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް އެކަށީގެންވާ ގޮތެއްގައި އަދާކުރައްވަމުން ނުގެންދަވާތީއާއި އެމަސްއޫލިއްޔަތުތައް އެކަށީގެންވާ އަވަސް މިނެއްގައި ރަނގަޅު ނަތީޖާއެއް ނެރެދެއްވުމަށް މަސައްކަތް ކުރައްވަމުން ނުގެންދަވާ ކަމަށެވެ.

އަދި ލިބިވަޑައިގެންފައިވާ ތައުލީމާއި ހުނަރާއި ތަޖުރިބާޔާ އަޅާބަލާއިރު، އެކަށީގެންވާ މިންވަރަކަށް މަސްއޫލިއްޔަތު އަދާކުރައްވަމުން ހަރަކާތްތެރިވެވަޑައި ނުގަންނަވާތީއާއި ސަރުކާރާއި ސަރުކާރުގެ ސިޔާސަތު ކުރިއެރުވުމަށްޓަކައި ދިފާއު ކުރެއްވުމަށް އެކަށީގެންވާ މިންވަރެއްގެ މަސައްކަތެއް ކުރައްވަމުން ނުގެންދަވާ ކަމަށެވެ. މީގެއިތުރުން ސަރުކާރާ އިދިކޮޅު ބައެއް ފަރާތްތަކާ ގޮތްނޭނގޭ ގުޅުންތަކެއް ބާއްވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރެވޭތީއާއި އެތުހުމަތުތަކަށް ޖަވާބުދާރީވެވަޑައި ނުގަންނަވާތީއާއި ހަވާލު ކުރެވިފައިވާ މަސްއޫލިއްޔަތުތައް އެކަށީގެންވާ މިންވަރަށް އަދާ ނުކުރައްވާ ހާލުގައި، އެކަމާ ނުބައްދަލު ބޮޑެތި ޚަރަދުތަކެއް ދައުލަތުގެ ބަޖެޓުން ކުރައްވަމުން ގެންދަވާތީއާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަގާމުގައި ހުންނެވި ޖަމީލު އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާޤާބިލްވެފައިވާތީ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަމުން ވަކިކުރަން ހުށަހަޅުއްވާކަމަށް އެގަރާރުގައި ވެއެވެ.

މުއިއްޒު ވިދާޅުވެފައިވަނީ ޖަމީލުގެ ނާޤާބިލްކަމާ ގުޅޭގޮތުން ރައީސް ޔާމީންގެ ފަރާތުން އެއްވެސް ބަޔާނެއް އަދި އެއްވެސް ވާހަކަފުޅެއް ވިދާޅުވެފައި ނުވާއިރު، މަޖިލީހުގެ މެމްބަރުންނަށް ޖަމީލުގެ ނާޤާބިލްކަން ބަޔާންކޮށް މަޖިލީހަށް ގަރާރެއް ހުށަހެޅިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން ވަކިކުރެވިދާނެ ހާލަތްތަކުގެ ތެރޭގައި "ނާޤާބިލުވުން" ގާނޫނުއަސާސީ ބަޔާންކޮށްފައިވެއެވެ. މިމައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބުގެ އޮފީހުގެ ގާނޫނީ ވަކީލު ވިދާޅުވެފައިވަނީ، ނާއިބު ރައީސް ކަމުގެ މަގާމުން ޖަމީލް ވަކިކުރި މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވެފައިވަނީ، މަޖިލީހުގެ ނިންމުންތަކުގެ ސައްހަ ކަމުގެ މައްސަލަ ކޯޓުތަކަށް ނުބެލޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާ ކަމަށާއި އޭގެ ބޭނުމަކީ މަޖިލީހުގެ ނިންމުންތަކަށް ހިމާޔަތް ދިނުން ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. އަދި އިތުބާރު ނެތްކަމުގެ ވޯޓަކުން ރައީސަކު ވަކިކުރަން ނިންމާ ނިންމުމަކާ މެދު ސުވާލު އުފެދިއްޖެ ނަމަ ސުޕްރީމް ކޯޓަށް އެ މައްސަލަ ބެލޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ވީނަމަވެސް، ނައިބު ރައީސަކު ވަކި ކުރުމާ ގުޅިގެން އުފެދޭ މައްސަލަތައް ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައި ނެތް ކަމަށާއި އެެހެންކަމުން އެމައްސަލަ ބެލޭނެ ހަމައެއް ނެތް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވެފައި އެވެ.

މި މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު