Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަނުގެ ހާލަތު

ބަނޑުހައިހޫނުކަމުގެ ސަބަބުން ޔަމަނުގެ ހަތަރު ލައްކަ ކުޑަކުދިން މިއަހަރުތެރޭގައި މަރުވާނެކަމަށް އދ އިން ލަފާކޮށްފި

12 ފެބުރުއަރީ 2021 | ހުކުރު 23:52

މިދިޔަ އަހަރާއި އަޅާބަލާއިރު ރަނގަޅު ކާނާ ނުލިބޭ އުމުރުން 5 އަހަރުން ދަށުގެ ކުދިންގެ ނިސްބަތް 22 އިންސައްތަ އިތުރުވާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 ފެބުރުއަރީ 2021 | ހުކުރު 23:52
ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން ކުޑަކުއްޖަކަށް ހޮސްޕިޓަލްގައި ފަރުވާދެނީ

ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން ކުޑަކުއްޖަކަށް ހޮސްޕިޓަލްގައި ފަރުވާދެނީ

ބަނޑުހައިހޫނުކަމުގެ ސަބަބުން ޔަމަނުގެ 5 އަހަރުން ދަށުގެ ކުޑަކުދިންގެ ތެރެއިން މަދުވެގެން ހަތަރު ލައްކަ ކުދިން މަރުވާނެކަމަށް އަދ އިން ލަފާކޮށްފިއެވެ.

ހަނގުރާމައިގެ ސަބަބުންނާއި ކޮވިޑް-19 ގެ ޕެންޑަމިކާއި ގުޅިގެން ހަތަރު ލައްކައެއްހާ ކުދިންގެ ފުރާނައަށް ނުރައްކާވެފައިވަނީ އެކަށީގެންވާ ރަނގަޅު ކާނާ އެކުދިންނަށް ނުލިބޭތީއެވެ. އަދި އެކަމަށް ހަލުވި މިނެއްގައި ރަނގަޅު ފިޔަވަޅުތަކެއް ނާޅައިފިނަމަ އެކުދިންގެ ފުރާނަ ގެއްލިގެންދާނެކަމަށް އދ އިން ބުނެއެވެ.

އދ އިން މިއިންޒާރު ދީފައިމިވަނީ ހައަހަރު ވަންދެން ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޔަމަނުގެ އާބާދީގެ 80 އިންސައްތަ މީހުން މިހާރުވެސް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކި ޖަމާޢަތްތަކުން ދޭ އެހީތަކަށް ބަރޯސާވަމުން އަންނައިރުއެވެ.

އދ އިން ހުކުރު ދުވަހު ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ 2020 އަހަރާއި އަޅާބަލާއިރު ޔަމަނުގައި މިއަހަރު ރަނގަޅު ކާނާ ނުލިބޭ އުމުރުން 5 އަހަރުން ދަށުގެ ކުދިންގެ ނިސްބަތް 22 އިންސައްތަ އިތުރުވާނެއެވެ.

އޭގެ މާނައަކީ އެއްވެސް މިންވަރެއްގެ ކާނާ ނުލިބި ބަނޑުހައި ހޫނުކަން މަތީ އެކުދިން މަރުވެދިޔުންކަމަށް ރިޕޯޓްތައް ބުނެއެވެ. އެންމެ ހާލަތު ގޯސް ސަރަހައްދުގެ ތެރޭގައި އަޑެން، ތާއިޒް އަދި ސަނާ ހިމެނެއެވެ.

މިއަހަރު ތެރޭގައި އުމުރުން ފަސް އަހަރުން ދަށުގެ 2.3 މިލިއަން ކުދިންނަށް އެކަށީގެންވާ ކާނާ ނުލިބުމުގެ ދަތިތަކަން އިހުސާސްކުރާނެކަމަށް ރިޕޯޓްބުނެއެވެ. ޔަމަނުގެ ކުޑަކުދިންނާއި މަންމައިންނަށް އެކަށީގެންވާ ކާނާ ނުލިބުމުގެ މައްސަލައަކީ އަހަރުން އަހަރަށް އިތުރުވަމުން އަންނަ ސީރިއަސް މައްސަލައެކެވެ. މިކަމުގެ ސަބަބުން ބަލިތައް އިތުރުވުމުން އަންނަކަމަށް ރިޕޯޓް ބުނެއެވެ.

މިއަހަރު އެކަނިވެސް މާބަނޑު މީހުންނާއި ގާތުންދޭ މަންމައިންގެ ތެރެއިން 1.2 މިލިއަން އަންހެނުންނަށް އެކަށީގެންވާ ކާނާ ނުލިބޭނެކަމަށް އަންދާޒާކުރެވޭކަމަށް އދ ގެ ރިޕޯޓްތައް ބުނެއެވެ.

ޔަމަނަކީ މިވަގުތު ދުނިޔޭގައި އިންސާނީ ކާރިސާ އެންމެ ބޮޑަށް ދިމާވެފައިވާ ގައުމެވެ. ދިގުލައިގެން ގޮސްފައިވާ ހަނގުރާމަ އާއި ޕެންޑަމިކްގެ ސަބަބުން އިގްތިޞާދުގެ ދަތިކަން މުޅި ދުނިޔެއަށް ކުރިމަތިވެފައިވުމުގެ ސަބަބުން ބޭނުންވާ މިންވަރަށް އެހީތެރިކަން ޔަމަނަށް ފޯރުކޮށްދިނުމަށް ވަނީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައެވެ.

އދ އިން ބުނެފައިވަނީ ޔަމަނަށް އެކިގޮތްގޮތުން އެހީގެ ގޮތުގައި ލިބެންޖެހޭ 3.4 ބިލިއަން ޑޮލަރުގެ ތެރެއިން ލިބިފައިވަނީ އެންމެ 1.9 ބިލިއަން ޑޮލަރުކަމަށެވެ. ޔަމަނަށް އިންސާނީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގަމުންދާ ޕްރޮގްރާމްތައް ބަންދުކުރުމާއި އެހީދޭ މިންވަރު މަދުކުރަމުން އަންނަކަމަށް އދ އިން ބުނެއެވެ.

ސައުދީއަރަބިއްޔާ އާއި ގުޅިފައިވާ ބާރުތަކުން ޔަމަނަށް ހަމަލާދޭން ފަށާފައިވަނީ 2015 ވަނަ އަހަރުއެވެ. އެއީ 2014 ވަނަ އަހަރު ޔަމަނުގެ ސަރުކާރު ބަދަލުކޮށް އެގައުމުގައި ބާރުގަދަކުރަން ފެށި ހޫޘީންނާ ދެކޮޅަށެވެ. އެމީހުން ބުނަމުން އަންނަނީ އެމީހުން މަސައްކަތްކުރަމުން އަންނަނީ ކޮރަޕްޝަނާއި ދެކޮޅަށެވެ. މިހަނގުރާމައާ ހެދި ޔަމަން އަށް ވަނީ އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

18 އެޕްރީލު 2017

އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

18 އެޕްރީލު 2017
އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ
02 އެޕްރީލު 2017

ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ

02 އެޕްރީލު 2017
ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ
25 މާރިޗު 2017

ހެލްތް ކެއަރ ބިލް ފެއިލްވީ ޑިމެކޮރޭޓުންގެ ސަބަބުން ކަމަށް އޮބާމާ ވިދާޅުވެއްޖެ

25 މާރިޗު 2017
ހެލްތް ކެއަރ ބިލް ފެއިލްވީ ޑިމެކޮރޭޓުންގެ ސަބަބުން ކަމަށް އޮބާމާ ވިދާޅުވެއްޖެ
18 މާރިޗު 2017

ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ

18 މާރިޗު 2017
ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ
03 މާރިޗު 2017

ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ

03 މާރިޗު 2017
ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
21 ފެބުރުއަރީ 2017

ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ

21 ފެބުރުއަރީ 2017
ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް