Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެޗްޕީއޭ އުސޫލުތަކާއި ހިލާފަށް އެއްވުން

ފިޔާތޮށި ދިދައަށް ވަކި ހާއްސަ އުސޫލެއްތަ؟

ވަގުތުން ވަގުތަށް އަމަލު ކުރަން ޖެހޭ ގޮތަށް އުސޫލުތައް ނެރެ އާންމުކުރި އިރު އެކަމަށް އަޅާވެސް ނުލާ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2021 | ހުކުރު 15:33
ޕީޕީއެމް ޕީއެންސީ އެއްވުމުގެ ތެރެއިން

ޕީޕީއެމް ޕީއެންސީ އެއްވުމުގެ ތެރެއިން

ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި ހީނުކުރާވަރަށް ގޯސްވެގެން ގޮސް، އަޅާފައިވާ ފިޔަވަޅުތައް މިވަނީ ހަރުކަށިކޮށްފައެވެ. ވަގުތުން ވަގުތަށް އަމަލު ކުރަން ޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އުސޫލުތައް ނެރެ އާންމުކުރި އިރު، "ފިޔާތޮށި ކުލައިގެ ކްލަސްޓަރއަށް" މީހަކު އެއްޗެކޭ ކިޔާހެންވެސް ހީނުވެއެވެ. ކަހާތަން ހިރުވާވެސް ނުލާ ކަހަލައެވެ. މަންޒަރުތަކުން ހަމަ ގައިމުވެސް ފެނުނީ އެހެންނެވެ.

އިންސާފު ކޮބާހޭ ކިޔައި މަގުމައްޗަށް ނުކުމެ އުޅުނުއިރު، ހަގީގަތުގައިވެސް މިހާރު އިންސާފު ގެއްލިއްޖެއެވެ. މިއިން ޒަމާނަކުވެސް މި އިންސާފު ފެންނާނެހެން ހިއެއް ނުވެއެވެ. ދައްކަން މި އުޅެނީ މަދު ބަޔަކު ނުކުމެ، މުޅި ރައްޔިތުންގެ އިންސާފު ގެއްލުވާލި ވާހަކައެވެ.

200 އެއްހާ މީހުން ނުކުމެ މާލޭގެ މަގުތައް ހަލަބޮލިކުރިއިރު، ތަންފީޒުކުރަން ތިބި ފުލުހުން ތިބިީ ދެއަތް ފުރަގަހަށްލައިގެން މި ކްލަސްޓަރ ކުޅޭ ނާޗަރަންގީ ބަލާށެވެ. ރާއްޖޭގެ ތަންފީޒީ ބާރުތަކަކީ އެހާވެސް ގޮތްހުސްވެފައި ތިބި ބައެއްތޯ ސުވާލުކުރި މީހުންވެސް މަދެއް ނޫނެވެ.

އާންމު ރައްޔިތުމީހާ ސައިކަލު ޕާކު ކޮށްލާ ގޮތަކުން ޖޫރިމަނާ ކޮށްލައެވެ. ކަރފިއު ގަޑީ ގެއިން "ބޭރަށް ބޯ ދިއްކޮށްލިއަސް" ޖޫރިމަނާ ކުރެއެވެ. ކެފޭ ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް މަދުކޮށް، ފިހާރަތަކަށް ވަދެ އުޅެވޭނެ މީހުންގެ އަދަދާއި ފިހާރަތަށް ހުޅުވާފައި ބެހެއްޓޭނެ ވަކި ވަގުތުތަކެއް ވަނީ ކަނޑައަޅާފައެވެ. މިއިން ފަރާތަކުން މި އުސޫލާ ކިރިޔާވެސް ހިލާފުވެއްޖެނަަމަ ފިޔަވަޅުއަޅައި ހަފްތާއެއްގެ ތެރޭގައި ޖޫރިމަނާގެ ގޮތުގައި މިލިއަނެއްހާ ރުފިޔާ ނަގައެވެ.

އެކަމަކު، ފިޔާތޮށި ކުލައިގެ ދިދަ އޮތިއްޔާ މިއިން އެއްވެސް ފިޔަވަޅެއް ނާޅައެވެ. މާސްކު ދަތް ދޮޅީގައި އަޅައިގެން މަގުމެދުގައި ހުރެ ދުފައި، ސިނގިރޭޓު ބުޔަސް ފުލުހުންގެ ދެއަތް އޮންނަނީ ފަހަތުގައެވެ. އުސޫލަކާ ހިލާފަށް ބަޔަކު މީހުން ކަމެއް ކުރާހެން ހީވެސް ނުވެއެވެ. މަންޒަރު ފެންނަހެންވެސް ހީނުވެއެވެ. މިއީވާ އާދަޔާ ޚިލާފު ކަމެކެވެ.

ދުއްވާތަކެއްޗާއި، ހިނގާބިނގާވެ އުޅޭ ރައްޔިތުންނަށް އުނދަގޫވާ ގޮތަށް މަގު މެދުގައި ދެފައި ވަށްކޮށްލައިގެން ތިބެ ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ހިނގައިދިޔަ ކަންތަކުގެ ސައްލާކުރަން ތިއްބަސް، ހަވީރު ފިނީގެ އަރާމު ވައި ޖައްސާލަން މަގުމެދުގައި އޮށޯވެލައިގެން އޮތަސް އެއީކީ ފިޔާތޮށި ކުލައިގެ ކްލަސްޓަރއަށް ނިސްބަތްވާ މީހެއްނަމަ ފިޔަވަޅުއެޅޭތަނެއް ނުފެނެއެވެ. ޤައިމުވެސް އެ މަންޒަރުތައް ހުކުރު ދުވަހު އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާއިން ފެނިގެން ގޮސްފިއެވެ.

މި ހުރިހާ ކަމެއް ލޯ ކުރިމައްޗަށް ފެނުމުން އުފެދޭ ސުވާލަކީ ފިޔާތޮށި ކުލައިގެ ކްލަސްޓަރއަށް ހާއްސަ ވަކި އުސޫލެއް އޮންނަނީ ތޯއެވެ.

މިވަރުން އަދި ނިމުނީއެއް ނޫނެވެ. މަގުމެދުގައި ބަތް ޕާރުސަލްތައް ހިފައިގެން މާސްކު ނަގައިގެން ކާން ތިބޭ މަންޒަރަކީ ލައިވް ޓީވީން ދައްކާއިރު، ހަމަ ގައިމުވެސް ކެފޭ ރެސްޓޯރެންޓްތަކުގެ ވެރިންނަށް ބަލަން ފަސޭހަ މަންޒަރަކަށް ނުވާނެއެވެ. ކެފޭތަކާއި ރެސްޓޯރެންޓްތަކަށް ވަންނަ މީހުންގެ އަދަދު ނޯޓުކޮށް، އެ ތަންތަނުން ހިދުމަތްދޭ ގޮތް "ބޮޑުކުރާ ބިއްލޫރިން" ކައިރިން ބަލަމުންދާ އިރު، ފިޔާތޮށި ކްލަސްޓަރ މިއޮއްގެން ބޭނުން ގޮތަކަށް މަޖާކޮށް ނަގަނީއެވެ. އެތަން ފެންނަ ތަންފީޒީ އެންމެ އިދާރާއެއްވެސް ނެތެެވެ. ރައްޔިތުންގެ ފައިސާއިން ޚަރަދުކުރާ ސިޔާސީ ޕާޓީއެއް މިހާ ޒިންމާދާރުކަން ކުޑަކޮށް އަމަލު ކުރަމުންދާއިރުވެސް ހަމަ މުއައްސަސާތައް ކުޑަކަކޫ މި ޖަހަނީ ކީއްވެތޯ މިއީވެސް ގިނަ ބަޔަކު އުފައްދަމުން ގެންދާ ސުވާލެކެވެ.

ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި ބޭއްވޭ އެންމެ ބޮޑު މުބާރާތް، ދިރާގު ދިވެހި ޕްރިމިއަރ ލީގު ކުއްލި ގޮތަކަށް ހުއްޓަލައި އެ ކުޅުންތެރިިންނަށް ފަރިތަކުރުންތައްވެސް ކުރިއަށް ނުގެންދެވޭއިރު، ބޮޑެތި ކްލަސްޓަރތައް ހަދައިގެން މާސްކު ނާޅައި މާލޭގެ އެއްކޮޅުން އަނެއް ކޮޅަށް ފިޔާތޮށި ދިދަތައް ހިފައިގެން މެރަތޯން ޖެއްސިއަސް އެކަން ހުއްޓުވާނެ މީހެއް ނުވެއެވެ. ގައިމު ކުޅިވަރު ކްލަބުތަކުގެ އިސްވެރިން މިއަދު އެ ތިއްބެވީ ގޮތް ހުސްވެ، ލިބެމުންދާ މާލީ ގެއްލުންތަކަށްވެސް ކެތްތެރިވެލުން ނޫން ގޮތެއް ނެތިފައެވެ. އިދިކޮޅުން އެ ވިދާޅުވާ އިންސާފަކީ މިއީބާއެވެ؟

ކޮވިޑް-19ގެ ކޭސްތައް ގިނަވަނީއޭ، ރައްކާތެރިކަމުގެ ގޮތުން ޖަލްސާތަކާއި ހަފްލާތައް ބޭއްވުން މަނައޭ ބުނެ އާންމުން އެއްވެއުޅުން މަނާކުރިއެވެ. އެންމެ ކުޑަ މިނުން ކައިވެނި ޕާޓީއެއްވެސް މިހާރު ނުބޭއްވެއެވެ. ކޮވިޑް-19 ގެ ނުރައްކާތެރިކަން ބޮޑުކަމުންނެވެ. ނަމަވެސް ފިޔާތޮށި ކްލަސްޓަރ އުޅޭގޮތުން އެޗްޕީއޭ އިން މި ދައްކަމުން ގެންދާ ވާހަކަތަކުގެ ބޭނުމެއް ކޮބައިތޯއެވެ؟

ނޫނީ، ފިޔާތޮށި ކުލައިގައި ބާއްވަންޏާ ހަފްލާތައް ބޭއްވޭނެކަމުގެ ހާއްސަ އުސޫލެއް ނެރެފައި އޮތީ ކަންނޭގެއެވެ. ޖަލްސާތަކާއި ހަފްލާތައް އަދި ކައިވެނި ޕާޓީތައްވެސް ފިޔާތޮށިކުލައިން ބާއްވަންޏާ ބޭއްވޭނެ ތޯއްޗެކެވެ. އެކަން ހުއްޓުވައި ފިޔަވަޅު އަޅަން ތަންފީޒީ އިދާރާތަކަކުން ނާންނާނެ ތޯއްޗެކެވެ. ހައްތަހާވެސް ހަމަ އިންސާފު ތޯއްޗެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަމަޟާން މަހަށް ހާއްސަ، އެންމެ ފާހަގަކޮށްލެވޭ ހަތަރު އިޝްތިހާރު

ރަމަޟާން މަހަށް ހާއްސަ، އެންމެ ފާހަގަކޮށްލެވޭ ހަތަރު އިޝްތިހާރު

04 ޖޫން 2018
އިރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުން ރަނގަޅު ނިންމުމެއްތަ؟

އިރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުން ރަނގަޅު ނިންމުމެއްތަ؟

10 މެއި 2018
ޕްރީ ޕްރިމިއަރ ރިވިއު | ވަކިން ލޯބިން: ރިސްކު ނަގައި، އިންތިހާއަށް މެލޯޑްރެމެޓިކް ވުމާއި، ފެމިލީ ޑްރާމާއެއްގެ ތަފާތު ދައްކާނެ! މިއީ ބަލަން ޖެހޭ ފިލްމެއް!

ޕްރީ ޕްރިމިއަރ ރިވިއު | ވަކިން ލޯބިން: ރިސްކު ނަގައި، އިންތިހާއަށް މެލޯޑްރެމެޓިކް ވުމާއި، ފެމިލީ ޑްރާމާއެއްގެ ތަފާތު ދައްކާނެ! މިއީ ބަލަން ޖެހޭ ފިލްމެއް!

04 މާރިޗު 2018
ރީނދުލާއި، ރަތާއި، ފެއްސާއި، ފިޔާތޮށިން މާމިގިލި ނަލަކޮށް، ބޮޑު ޖަލްސާއަކަށް ތައްޔާރުވެފައި!

ރީނދުލާއި، ރަތާއި، ފެއްސާއި، ފިޔާތޮށިން މާމިގިލި ނަލަކޮށް، ބޮޑު ޖަލްސާއަކަށް ތައްޔާރުވެފައި!

11 ޖެނުއަރީ 2018
ރައީސް ޔާމިން ވަޑައިގަންނަވަންވީ ގެދޮރުނެތް މީހުންނާއި ހާއްސަ އެހީ ބޭނުންވާ މީހުންގެ ގާތަށް!

ރައީސް ޔާމިން ވަޑައިގަންނަވަންވީ ގެދޮރުނެތް މީހުންނާއި ހާއްސަ އެހީ ބޭނުންވާ މީހުންގެ ގާތަށް!

08 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު