Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

އާޚިރަތް ދުވަސް މަތިން ގިނަގިނައިން ހަނދުމަކުރުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި

12 ފެބުރުއަރީ 2021 | ހުކުރު 08:05

ޤިޔާމަތްދުވަހު މީސްތަކުން މަޙްޝަރު ކުރެއްވޭއިރު ތަފާތު ހެޔޮކަންތަކުގެ ސަބަބުން މި އުންމަތުގެ މީހުންނަށް ނޫރެއް ލިބިގެންވާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 12 ފެބުރުއަރީ 2021 | ހުކުރު 08:05
ތިމާގެ އަމިއްލަ ނަފްސަށް ހެޔޮ އެދޭ މީހާ ހެޔޮ އަމަލުކުރުމުގައި ފަސްނުޖެހޭނެކަމަށް ޚުތުބާގައި ބުނި

ތިމާގެ އަމިއްލަ ނަފްސަށް ހެޔޮ އެދޭ މީހާ ހެޔޮ އަމަލުކުރުމުގައި ފަސްނުޖެހޭނެކަމަށް ޚުތުބާގައި ބުނި

އާޚިރަތް ދުވަސް މަތިން ގިނަގިނައިން ހަނދުމަކުރުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

"ތިމާކުޅަޢަމަލު ތިމާ ދެކޭ ދުވަސް'' މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ އާޚިރަތްދުވަހާއި މެދު ގިނަގިނައިން ވާހަކަ ދެއްކުމަކީ ކުރަން ޖެހޭ ކަމެއް ކަމަށާއި އެއީ އަމުރުވެވިގެންވާ ކަމެއް ކަމަށެވެ. އަދި އެއީ ވާޖިބެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެ ދުވަހުގެ މަތިން ހަނދާން އައުކޮށްކޮށް ތިބެންޖެހޭނެ ކަމަށެވެ.

Advertisement - newsAdvertisement

ޤިޔާމަތްވުމުގެ ޢަލާމާތްތައް ފާޅުވަމުންގޮސް އެންމެ ފަހުން ޤިޔާމާތްވާ ހިނދު ދުނިޔޭގައި ތިބޭނީ އެންމެ ނުބައި މީހުން ކަމަށާއި ޤިޔާމަތްވުމަށް މާތްﷲ ތަޢާލާ އިސްރާފީލުގެފާނު ޚަލްޤު ކުރައްވައި، އެ މަސްއޫލިއްޔަތު އެކަލޭގެފާނާ ޙަވާލުކުރެއްވި ދުވަހުން ފެށިގެން ތާޅަފިލި ފުމެލެވޭ ވަގުތާ ޖެހެންދެން އެކަލޭގެފާނު ހުންނަވާނީ މާތްﷲގެ އަމުރުފުޅުގެ އިންތިޒާރުގައެވެ. ފުރަތަމަ ތާޅަފިލި ފުމެލެއްވުމާއެކު ލަހެއް ފަހެއް ނުވެ ޤިޔާމަތް ޤާއިމުވެދާ ހުއްޓެވެ. ތާޅަފިލީގެ އަޑު އެންމެ ފުރަތަމަ އިވޭނީ މަޑުމަޑުން ކަމަށާއި ދެން އެއަޑު ގަދަވަމުން އަންނާނެ ކަމަށާއި، އެއަޑު ޖެހުމާއެކު މީސްތަކުން މަރުވެދާނެއެވެ. އެ އަޑު އުވުމާ މަރުވުމާ ދެމެދު ކުޑަކުޑަ ކަމެއް ކޮށްލާނެ ވަގުތު ކޮޅެއް ވެސް ނުލިބޭއިރު ތާޅަފިލި ފުމެއްލެއްވޭ ހިނދު، އެއަޑު އެހި ކޮންމެ މީހަކު ކަރު ލަނބާލާއި އުފުލާލާފައި އެއަޑަށް ކަނުލައި އަޑު އަހާނެއެވެ. އަދި އެ އަޑު އިވުމާއެކު އޭނާ މަރުވެގެން ވެއްޓޭނެއެވެ.

ޤިޔާމަތްދުވަހު މީސްތަކުން މަޙްޝަރު ކުރެއްވޭއިރު ތަފާތު ހެޔޮކަންތަކުގެ ސަބަބުން މި އުންމަތުގެ މީހުންނަށް ނޫރެއް ލިބިގެންވާނެ ކަމަށާއި މީސްތަކުން މަޙްޝަތު ކުރެއްވޭ ހުށީ ހުސްގަޔާ، ހުސްފަޔާ ދުނިޔެއަށް އުފަންކުރެއްވި ގޮތަށް، އެމީހަކު އެކަމެއްގެ މަތީގައި މަރުވިކަމެއްގެ މަތީގައިކަމަށް ވެސް ހުކުރު ޚުތުބާގައި ވަނީ ބުނެފައެވެ.

މާތްﷲ ގެ ރަހްމަތްވަންތަކަމުން އިންސާނާއަށް ސުވަރުގެ ވަދެވޭނެ ވަސީލަތަކީ އޭނާ ކޮށްފައިވާ ހެޔޮއަމަލު ކަމުގައިވީ ހިނދު ތިމާގެ އަމިއްލަ ނަފްސަށް ހެޔޮ އެދޭ މީހާ ހެޔޮ އަމަލުކުރުމުގައި ފަސްނުޖެހޭނެއެވެ. އަދި ބުއްދިވެރިޔަކީ ހެޔޮ އަމަލުކުރުމުގައި ކުރިއަރައިދާ މީހާއެވެ. ހެޔޮ އަމަލަކީ މާތްﷲ ގެ އަމަރުފުޅުތަކަށް ކިޔަމަންތެރިކަން އަދާކުރުމާއި އެކަލާނގެ މަނާކުރެއްވި އެންމެހާ ކަންތައްތަކުން ދުރުވެ ރައްކާތެރިވުން ކަމަށް ޚުތުބާގައިވެއެވެ.

ފާފަތަކުންދުރުވެ ހެޔޮއަމަލު ކުރުމުގައްޔާއި އެހެން މީހުން ވެސް ހެޔޮމަގަށް ގެނެވޭތީ ޙިކްމަތްތެރިކަމާއެކު މަސައްކަތްކޮށް، ނަރަކައަށް ބިރުވެތިވުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް