Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޅުދުއްފުށީގެ ކުނި ކޮށި

ކުޅުދުއްފުށީގެ ކުނި ކޮށިން މިހާތަނަށް 400 ޓަނުގެ ކުނި ހުސްކޮށްފި

12 ފެބުރުއަރީ 2021 | ހުކުރު 01:51

ކުޅުދުއްފުށީ ކުނިކޮށީގައި 92000 ޓަނުގެ ކުނި ހުސްކުރަން އެބަހުރި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 12 ފެބުރުއަރީ 2021 | ހުކުރު 01:51
ކުޅުދުއްފުށީ ކުނި ކޮށި

ކުޅުދުއްފުށީ ކުނި ކޮށި

ކުޅުދުއްފުށި ސިޓީގެ ކުނި ކޮށިން މިހާތަނަށް 400 ޓަނުގެ ކުނި ހުސްކޮށް ނިމިފައިވާކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން ހާމަކޮށްފިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުނި މެނޭޖްކުރުމަށް ކުރާ މަސައްކަތްތަކުގެ ތަފްސީލު ވެމްކޯއިން ދަނީ ހާމަކުރަމުންނެވެ.

ކުޅުދުއްދުށި ސިޓީގައި މިވަގުތު ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހާމަކޮށްކުރި ޓުވީޓެއްގައި ވެމްކޯއިން ވަނީ ކުޅުދުއްފުށި ސިޓީގެ ކުނި ކޮށިން ގާތްގަނޑަކަށް 400 ޓަނުގެ ކުނި ހުސްކޮށް ނިމިފައިވާކަމަށެވެ. މި މަސައްކަތް ހަލުވުކުރުމަށް މާލެއިން އިތުރު ބޯޓެއް ގެނައުމުގެ މަސައްކަތް ވެސް ވެމްކޯއިން އަންނަނީ ކުރަމުންނެވެ. ކުޅުދުއްފުށީ ކުނިކޮށީގައި ހުރި ކުނިތައް ނަގައި ސާފުކުރުމުގެ މަސައްކަތް ވެމްކޯއިން ފަށާފައިވަނީ، ފެބުރުއަރީ 7 ވަނަ ދުވަހުއެވެ. ގާތްގަނޑަކަށް ވިއްސަކަށް އަހަރުވެފައިވާ ކުޅުދުއްފުށީ ކުނިކޮށީގައި 92000 ޓަނުގެ ކުނި ހުސްކުރަން އެބަހުރިކަމަށް ވެމްކޯއިން ބުނެއެވެ.

Advertisement - newsAdvertisement

ކުނިމެނޭޖް ކުރާނެ ނިޒާމެއްނެތި ކުނިކޮށްޓަށް ކުނިތައް އުކަންޖެހުމުގެ ސަބަބުން ކުޅުދުއްފުށީގެ ކުނިކޮށިވަނީ ބޮއްސުންލާފައެވެ. މެހިގިނަވުމާއި ކުނިކޮށިން ދުވާ ނުބައި ވަހުން މުޅި ސަރަހައްދު އޮންނަނީ ތަޣައްޔަރުވެފައެވެ. ކުޅުދުއްފުށީ ކުނިކޮއްޓާ އިންވެގެން އޮންނަ ޒޯން ސްޓޭޑިއަމްގައި އެކި ކުޅިވަރު ކުޅުމާއި އެކި ކަންކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި އެތާކައިރީގައި ހުންނަ އަފީފުއްދީން ސްކޫލްގައި ތިބޭ ދަރިވަރުންނަށް ކުނިކޮށިން ދުވާ ވަހާއި ކުނިތައް އަންދަމުންދާއިރު އަރާދުމުން ވަރަށްބޮޑަށް އުނދަގޫވަމުންދެއެވެ.

ޒަމާންވީ މި މައްސަލައަށް ހައްލެއް ހޯއްދަވައި ދެއްވުމަށްޓަކައި ސަރުކާރުންވަނީ މިގޮތަށް ގިނަދުވަސްވެ ކުނި ޖަމާވެފައިވާ 20 ރަށަކުން ކުނިނަގައި ސާފުކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކޮށްފައެވެ. އަދި ދާއިމީ ގޮތެއްގައި ކުނި މެނޭޖްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ރާއްޖޭގެ 3 ސަރަހައްދެއްގައި ކުނި މެނޭޖްކުރާނެ ނިޒާމްގާއިމްކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލޙް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މިދާއިރާއިން ކުރިއަށްއޮތް ތަނުގައި، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ރަށު ފެންވަރުގައި ރައްކާތެރިކަމާއެކު ކުނި މެނޭޖްކޮށް، ކުނިން މަންފާ ހޯދޭނެ ނިޒާމެއް ޤާއިމްކޮށްދިނުމަށް ކަމަށްވެސް ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

16 މެއި 2017

ފެރީޓާރމިނަލް ސަރަހައްދުގައި ވަޅިން ހަމަލާދިން މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

16 މެއި 2017
ފެރީޓާރމިނަލް ސަރަހައްދުގައި ވަޅިން ހަމަލާދިން މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް
13 މެއި 2017

ދެ ވަނަ ބުރެއް މިހާތަނަށް ބާއްވަން ޖެހެނީ ކުރިނބި އާއި ކޮމަންޑޫގައި:އީސީ

13 މެއި 2017
ދެ ވަނަ ބުރެއް މިހާތަނަށް ބާއްވަން ޖެހެނީ ކުރިނބި އާއި ކޮމަންޑޫގައި:އީސީ
03 މެއި 2017

މިއަހަރުގެ މިހާތަނަށް 430 މީހުން ވަނީ ޑެންގީ ބައްޔަށް ވަނީ ޕޮސިޓިވްވެފައި

03 މެއި 2017
މިއަހަރުގެ މިހާތަނަށް 430 މީހުން ވަނީ ޑެންގީ ބައްޔަށް ވަނީ ޕޮސިޓިވްވެފައި
15 މާރިޗު 2017

އަންގާރަ ދުވަހު އެކަނި 400 ބަލިމީހުން، މުޅި ޖުމްލަ 1،000 ބަލިމީހުން ފްލޫ ކްލިނިކުން ފަރުވާހޯދާފައިވޭ!

15 މާރިޗު 2017
އަންގާރަ ދުވަހު އެކަނި 400 ބަލިމީހުން، މުޅި ޖުމްލަ 1،000 ބަލިމީހުން ފްލޫ ކްލިނިކުން ފަރުވާހޯދާފައިވޭ!
18 ފެބުރުއަރީ 2017

މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

18 ފެބުރުއަރީ 2017
މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި
14 ފެބުރުއަރީ 2017

ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

14 ފެބުރުއަރީ 2017
ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
25 ޖެނުއަރީ 2017

ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

25 ޖެނުއަރީ 2017
 ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް