Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކައުންސިލް އިންތިިިޚާބު

ދެ ވަނަ ބުރެއް މިހާތަނަށް ބާއްވަން ޖެހެނީ ކުރިނބި އާއި ކޮމަންޑޫގައި:އީސީ

ކުރިނބީގައި އެމްޑީޕީގެ ދެ ކެނޑިޑޭޓަކާއި ޕީޕީއެމްގެ ކެނޑިޑޭޓެއްގެ ނަތީޖާ އެއްވަރު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 13 މެއި 2017 | ހޮނިހިރު 09:43
ތިން ފަހަރެއްގެ މަތިން ފަސްކުރި އިންތިޚާބު ބޭއްވީ މިމަހުގެ 6 ވަނަ ދުވަހު

ތިން ފަހަރެއްގެ މަތިން ފަސްކުރި އިންތިޚާބު ބޭއްވީ މިމަހުގެ 6 ވަނަ ދުވަހު

މިމަހުގެ 6 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މިހާތަނަށް ވަގުތީ ނަތީޖާ އިއުލާނުކުރެވުނު ރަށްތަކުގެ ތެރެއިން ދެވަނަ ބުރެއް ބާއްވަން ޖެހެނީ ދެ ރަށެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ މިހާތަނަށް އިއުލާނުކުރެވުނު ވަގުތީ ނަތީޖާ ދައްކާ ގޮތުން ކެނޑިޑޭޓުންގެ ނަތީޖާ އެއްވަރުވުމުގެ ސަަބަބުން އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހެނީ ށ. ކޮމަންޑޫ އާއި ހދ. ކުރިނބީގައި ކަމަށެވެ.

Advertisement - newsAdvertisement

ށ. ކޮމަންޑޫ ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި ތިން ކެނޑިޑޭޓަކާއި ޕީޕީއެމްގެ ޓިކެޓުގައި ތިން ކެނޑިޑޭޓަކު ވާދަކުރިއިރު، އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހެނީ އެމްޑީޕީ އިން ވާދަކުރި ދެ ކެނޑިޑޭޓެއްގެ ނަތީޖާ އެއްވަރުވުމުންނެވެ.

އެގޮތުން އެމްޑީޕީން ވާދަކުރި އަހުމަދު ރިފްއަތުއާއި މުހައްމަދު އާރިފް އަހްމަދުގެ ނަތީޖާ ވަނީ އެއްވަރުވެފަ އެވެ. ދެ ކެނޑިޑޭޓުންނަށް ވެސް ލިބިފައިވަނީ 518 ވޯޓެވެ.

ކޮމަންޑޫ ކައުންސިލަށް ތިން ކައުންސިލަރުން އިންތިޚާބު ކުރާއިރު، އިންތިޚާބުގައި ވާދަ ކުރި ހަ ކެނޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބުނީ ޕީޕީއެމުން ވާދަކުރި މުހައްމަދު ޝުޖުއާން އަށެވެ. މުހައްމަދު ޝުޖުއާން އަށް 568 ވޯޓް ލިބުނު އިރު ދެވަނަ އަށް އެންމެ ގިނަ ވޯޓް ލިބުނު އެމްޑިޕީގެ ކެނޑިޑޭޓް މުހައްމަދު މުފީދަށް ލިބުނީ 556 ވޯޓެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން މުހައްމަދު ޝުޖުއާން އާއި މުހައްމަދު މުފީދަށް ގޮނޑި ވަނީ ކަށަވަރުވެފަ އެވެ. ތިން ވަނަ ކައުންސިލަރު ކަށަވަރުވަނީ ނަތީޖާ އެއްވަރުވި ދެ ކެނޑިޑޭޓުންގެ މެދުގައި ބާއްވާ އިންތިޚާބަށް ފަހު އެވެ.

ނިމިދިޔަ ކައުންސިލްގެ ދައުރަށް ކައުންސިލަރުން އިންތިޚާބު ކުރުމަށް 2014 ވަނަ އަހަރު ބޭއްވި އިންތިޚާބުން ކޮމަންޑޫ ކައުންސިލަށް އިންތިޚާބުވީ އެމްޑީޕީގެ ތިން ކެނޑިޑޭޓުންނާއި ޖުމްހޫރީ ޕާޓީގެ ދެ ކެނޑިޑޭޓުންނެވެ.

ހދ. ކުރިނބި ކައުންސިލަށް ވެސް ވާދަކޮށްފައިވަނީ އެމްޑީޕީއާއި ޕީޕީއެމުންނެވެ. ކޮންމެ ޕާޓީއަކުން ތިން ކެނޑިޑޭޓަކު ވާދަކުރި އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހެނީ އެމްޑީޕީގެ ދެ ކެނޑިޑޭޓަކާއި ޕީޕީއެމްގެ ކެނޑިޑޭޓެއްގެ ނަތީޖާ އެއްވަރުވުމުންނެވެ.

އެގޮތުން ނަތީޖާ އެއްވަރުވެފައިވަނީ ޕީޕީއެމް އިން ވާދަކުރި އިސްމާއިލް އާސިފް އާއި އެމްޑީޕީން ވާދަކުރި މުހައްމަދު ޝާފީގެ އިތުރުން އެމްޑީޕީން ވާދަކުރި އަހުމަދު މުޖުތަބާގެ އެވެ. ތިން ކެނޑިޑޭޓުންނަށް ވެސް ލިބިފައިވަނީ 218 ވޯޓެވެ.

ކުރިނބީ ކައުންސިލަށް ވެސް ތިން ކައުންސިލަރުން އިންތިޚާބު ކުރާއިރު، މިހާތަނަށް ގޮނޑި ކަށަވަރުވެފައިވަނީ ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރި ދެ ކެނޑިޑޭޓަކަށެވެ. އެގޮތުން 242 ވޯޓާއެކު އަބްދުލްފައްތާހު އަބޫބަކުރަށް އެންމެ ގިނަ ވޯޓް ލިބުނު އިރު، ދެވަނަ އަށް ދިޔަ މުހައްމަދު އަފްރާހަށް ލިބިފައިވަނީ 229 ވޯޓެވެ.

އެހެންކަމުން ކުރިނބީ ކައުންސިލަށް އިންތިޚާބުވާ ދެވަނަ ކެނޑިޑޭޓް ކަށަވަރުވާނީ ނަތީޖާ އެއްވަރުވި ތިން ކެނޑިޑޭޓުންގެ މެދުގައި ބާއްވާ ދެވަނަ ބުރަށް ފަހުގަ އެވެ.

ނިމިދިޔަ ކައުންސިލްގެ ދައުރަށް ކުރިނބިން ހޮވާފައިވަނީ އެމްޑީޕީގެ ހަތަރު ކެނޑިޑޭޓަކާއި ޕީޕީއެމްގެ ކެނޑިޑޭޓެކެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް ނިމިފައިނުވާއިރު، ދެވަނަ ބުރު ބާއްވާނެ ދުވަހެއް މިހާތަނަށް އިލެކްޝެންސް ކޮމިޝަނުން ހާމަކޮށްފައި ނުވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޤާސިމް ބޮލުގައި އެޅުވުމަށް ދެބަޑި ބާއްވަން އުޅޭކަމުގެ މައުލޫމާތު ލިބިއްޖެ: ވަކީލުން

ޤާސިމް ބޮލުގައި އެޅުވުމަށް ދެބަޑި ބާއްވަން އުޅޭކަމުގެ މައުލޫމާތު ލިބިއްޖެ: ވަކީލުން

24 އެޕްރީލު 2017
އާދިއްތަ ދުވަހު ބާއްވަން އޮތް ރިޔާޒުގެ ޝަރީއަތް ކުއްލި ގޮތަކަށް މިރޭ ބާއްވަނީ!

އާދިއްތަ ދުވަހު ބާއްވަން އޮތް ރިޔާޒުގެ ޝަރީއަތް ކުއްލި ގޮތަކަށް މިރޭ ބާއްވަނީ!

20 އެޕްރީލު 2017
ލައިފް ސްކިލްސް ފެސިލިޓޭޓަރުން ތަމްރީނުކުރުމުގެ އިތުރު ބުރެއް ފަށައިފި

ލައިފް ސްކިލްސް ފެސިލިޓޭޓަރުން ތަމްރީނުކުރުމުގެ އިތުރު ބުރެއް ފަށައިފި

17 އެޕްރީލު 2017
މޯޗަރީން ގަބުރެއް ނެރުމުން އެ ސަރަހައްދަށް ވަސް ފެތުރި، ރައްޔިތުން ހިންހަމަނުޖެހުން ފާޅުކޮށްފި

މޯޗަރީން ގަބުރެއް ނެރުމުން އެ ސަރަހައްދަށް ވަސް ފެތުރި، ރައްޔިތުން ހިންހަމަނުޖެހުން ފާޅުކޮށްފި

05 އެޕްރީލު 2017
އެޗްވަންއެންވަންގެ މައްސަލައިގައި ބާއްވަން އުޅުނު މަޖިލީހުގެ ކޮމިޓީ ކެންސަލްކޮށްފި

އެޗްވަންއެންވަންގެ މައްސަލައިގައި ބާއްވަން އުޅުނު މަޖިލީހުގެ ކޮމިޓީ ކެންސަލްކޮށްފި

29 މާރިޗު 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު