Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަލީހުގެ އިތުބާރުނެތްކަމުގެ މައްސަލަ

އިތުބާރުނެތްކަމުގެ މައްސަލައާއެކު އާޒިމްއާއި މަލީހުގެ ކޯޅުންގަނޑު ސޯޝަލް މީޑިޔާގައި

މަލީހުގެ އިތުބާރުނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ފަރާތުން މަޖިލީހަށް ހުށަހެޅީ ބުދަ ދުވަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2021 | ބުރާސްފަތި 16:20
ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލިޖީ މިނިސްޓަރު މަލީހު ޖަމާލު

ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލިޖީ މިނިސްޓަރު މަލީހު ޖަމާލު

ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލިޖީ މިނިސްޓަރު މަލީހު ޖަމާލުގެ އިތުބާރުނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހެޅުމާއެކު އެމްޑީޕީގެ ޕީޖީ ލީޑަރ އަލީ އާޒިމް އާއި މިނިސްޓަރ މަލީހު އާ ދެމެދު ސޯޝަލް މީޑިޔާގައި ކޯޅުންގަނޑެއް ހިނގައިފިއެވެ.

މަލީހުގެ އިތުބާރުނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ފަރާތުން ހުށަހެޅުއްވިކަން ހާމަކުރައްވާ މެދު ހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމް ވަނީ ބުދަ ދުވަހު ޓްވީޓެއްކުރައްވާފައެވެ. މައްސަލަ ބޮޑުވީ މިޓްވީޓަށް މިނިސްޓަރ މަލީހު ރައްދުދެއްވި ހިސާބުންނެވެ.

Advertisement - newsAdvertisement

އެމްޑީޕީން މަލީހުގެ އިތުބާރުނެތްކަމަށް ހުށަހަޅަނީ ކޮމިއުނިކޭޝަންސް އޮތޯރިޓީއިން ހަދަން ޖެހޭ އެއްވެސް ގަވާއިދެއް މަގާމުގައި ހުންނަވާތާ ދެ އަހަރު ވީއިރުވެސް މިނިސްޓަރ މަލީހު ހަދާފައިނުވާ ކަމަށެވެ. އަދި ވުޒާރާއެއްގެ ވަޒީރުގެ ޒިންމާއެއް އަދާ ނުކުރެވި ހޭދަވާ ކޮންމެ ދުވަހަކީ ދައުލަތަށާއި، ރައްޔިތުންނަށް އެތަކެއް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއްކަން ކަށަވަރުވާ ހިނދު މިނިސްޓަރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ދެއްވާފައި ނުވާ ކަމަށާއި އަދި އެކަމަށް ހުރަސް އަޅުއްވާފައިވާކަން ސާފުވާ ކަމަށެވެ.

އެހެންކަމުން މަލީހު އިތުރަށް ބެހެއްޓުމަކީ އެމްޑީޕީއަށް އިތުބާރު އޮތް ކަމަކަށް ނުވާތީ އާއި، ގިނަ ރައްޔިތުންތަކެއް އޭނާ މަގާމުން ވަކިކުރުމަށް ކެނޑިނޭޅި އެދުމުންދާތީ މަލީހު މަގާމުން ވަކިކުރަން ހުށައަޅާ ކަމަށެވެ.

އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުއްވުމުން މިނިސްޓަރ މަލީހު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އަސާސެއްނެތް ކަމެއްގައި އިލްޒާމު އަޅުވާ އަދަބުދޭން އުޅުމަކީ ދުސްތޫރާ ޚިލާފުކަމެއް ކަމަށެވެ. އަދި މަލީހުގެ ޓްވީޓްގައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހު އެޓަރނީ ޖެނެރަލް އޮފީހުގެ ލަފާފުޅަކަށް އެދި ހުށަހަޅާފައިވާ 9 ގަވާއިދު ހިމަނުއްވާފައެވެ.

މަލީހުގެ މިޓްވީޓަށް ރައްދުދެއްވާ އަލީ އާޒިމް ޓްވީޓް ކުރައްވަމުން ވިދާޅުވީ މިކަމުގައި ތިޔަހައްދަަވަނީ އިތުރުފުޅެއްކަމަށެވެ. އަވަސް އަރުވާލައިގެން ގަވާއިދު ހަދާ އޭޖީ އޮފީހަށް ފޮނުވާފައިވަނީ މަލީހުގެ އިތުބާރުނެތްކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ނިންމިފަހުން ކަމަށެވެ.

އެކަމާއިގުޅިގެން މަލީހު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ވީޓީވީގެ ގޮނޑިކޮޅު ޕްރޮގްރާމްގައި ބަރުލަމާނީ ނިޒާމަށް ތާއީދުނުކުރާކަމަށް ވިދާޅުވި ހިސާބުން އެކަން ހަޖަމުނުކުރެވިގެން އުޅުއްވާކަމަށެވެ. އަދި ހަކުރާގޭ ފެންޑާގައި އެކޮޅުކޮޅުން އެލުވިއަސް މާއްދާ 27ގެ ބޭނުން ހިއްޕަވާނެކަމަށާއި ބިރު ނުދެއްކޭނެކަމަށް ވަނީ ވިދާޅުވެފައެވެ.

ހަކުރާގޭ ފެންޑާއަކީ މަޖިލިސްކުރާ ގޭގެ ފެންޑާއެވެ. ދިވެހި ތާރީޚު ބުނާގޮތުން މަޖިލިސް ކުރާ ގެޔަކީ ކުރީގެ ހަކުރާ ގެޔާއި މާބަގީޗާގެ އެއްކޮށްލާފައި ނެގިފައިވާ ބިމެކެވެ.

މަލީހު މިމޭރުމުން ޓްވީޓްކުރެއްވުމުން އާޒިމް ވަނީ ބިރުދައްކަނީތޯ ސުވާލުކުރައްވާފައެވެ.

އެއާއެކު މަލީހު ވަނީ ޕީޖީ ލީޑަރުގެ ތާކިހާ އަޅުއްވައިގެން ހަތަރުދަމު އާޒިމް ކުރައްވާ މަސައްކަތަކީ ސަރުކާރު ބަލިކަށިކުރުން ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ފަހަރަކު ވަޒީރަކާއި އެއްވެސް އަސާސެއްނެތި ދިމާކޮށް ޖެއްސުންކުރަމުންދާ ކަމަށް މަލީހު ވިދާޅުވިއެވެ.

އެގޮތުން މަލީހުގެ ޓްވީޓްގައި ފާހަގަކުރައްވާފައިވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލާއި ޔޫތު މިނިސްޓަރ އަހުމަދު މަޚުލޫފް އަދި ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދުގެ އިތުރުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އެވެ. ލިބޭނެ މޮޅެއް ނޯންނާނެކަމަށާއި ބޮޑާނުވެ ހުންނެވުމަށް މަލީހު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ މެމްބަރުން މީގެކުރިންވެސް މަލީހު އާ ގުޅޭގޮތުން ކުރެއްވާ ޓްވީޓްތަކަށް މިނިސްޓަރ މަލީހު ވަނީ މިމޭރުމުން ޖަވާބުދެއްވާފައެވެ.

މިނިސްޓަރ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 10 މެންބަރުންގެ ސޮޔާއެކު އެމްޑީޕީ ޕީޖީ ގްރޫޕަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއިލް ނަސީމް ހުށަހެޅުއްވީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުއެވެ. މަލީހުގެ އިތުބާރުނެތްކަމަށް އެމްޑީޕީ ޕީޖީން ފާސްކޮށްފައިވަނީ ނޮވެމްބަރ މަހުގެ 22 ވަނަ ދުވަހުއެވެ.

މަލީހުގެ އިތުބާރުނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕީޖީން މަޖިލީހަށް ހުށަހެޅިނަމަވެސް އެކަމުގައި އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގޮތެއް ނުނިންމަވާކަމަށް ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެއޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަލީހުގެ އިތުބާރު ނެތްކަމަށް އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފި

މަލީހުގެ އިތުބާރު ނެތްކަމަށް އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފި

28 ފެބުރުއަރީ 2021
މިނިސްޓަރ މަލީހު ޖަމާލުގެ އިތުބާރުނެތްކަމުގެ މައްސަލަ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

މިނިސްޓަރ މަލީހު ޖަމާލުގެ އިތުބާރުނެތްކަމުގެ މައްސަލަ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

28 ފެބުރުއަރީ 2021
މިނިސްޓަރ މަލީހުގެ އިތުބާރުނެތްކަމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފި

މިނިސްޓަރ މަލީހުގެ އިތުބާރުނެތްކަމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފި

10 ފެބުރުއަރީ 2021
މަލީހުގެ ރައްދު އެމްޑީޕީ ޕީޖީއަށް: އަމިއްލަ ސަންދޯކަށް ތިޔަ ޖައްސަވަނީ މޮހޮރު

މަލީހުގެ ރައްދު އެމްޑީޕީ ޕީޖީއަށް: އަމިއްލަ ސަންދޯކަށް ތިޔަ ޖައްސަވަނީ މޮހޮރު

22 ނޮވެމްބަރު 2020
މަލީހުގެ އިތުބާރު ނެތް ކަމަށް ރައީސަށް ދަންނަވަން އެމްޑީޕީ ޕީޖީއިން ފާސްކޮށްފި

މަލީހުގެ އިތުބާރު ނެތް ކަމަށް ރައީސަށް ދަންނަވަން އެމްޑީޕީ ޕީޖީއިން ފާސްކޮށްފި

22 ނޮވެމްބަރު 2020

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު