Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަލީހުގެ އިތުބާރު ނެތް މައްސަލަ

މަލީހުގެ އިތުބާރު ނެތް ކަމަށް ރައީސަށް ދަންނަވަން އެމްޑީޕީ ޕީޖީއިން ފާސްކޮށްފި

22 ނޮވެމްބަރު 2020 | އާދީއްތަ 06:29

އެމްޑީޕީގެ މެމްބަރުންތަކެއް ވަނީ މި މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށައަޅާފައި

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 22 ނޮވެމްބަރު 2020 | އާދީއްތަ 06:29
ކޮމިއުނިކޭޝަންސް މިނިސްޓަރު މަލީހު ޖަމާލު

ކޮމިއުނިކޭޝަންސް މިނިސްޓަރު މަލީހު ޖަމާލު

ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލިޖީ މިނިސްޓަރު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ދަންނަވަން އެމްޑީޕީ ޕަރލިމެންޓަރީ ގްރޫޕުން ފާސްކޮށްފިއެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 10 މެންބަރުންގެ ސޮޔާއެކު އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށަހަޅާފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމެވެ.

Advertisement - newsAdvertisement

އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށައެޅި މައްސަލާގައި ބުނެފައިވަނީ، ކޮމިއުނިކޭޝަންސް އޮތޯރިޓީއިން ހަދަން ޖެހޭ އެއްވެސް ގަވާއިދެއް މަގާމުގައި ހުންނަވާތާ ދެ އަހަރު ވީއިރު ވެސް މިނިސްޓަރ މަލީހު ހަދާފައިނުވާ ކަމަށެވެ. އަދި ވުޒާރާއެއްގެ ވަޒީރުގެ ޒިންމާއެއް އަދާ ނުކުރެވި ހޭދަވާ ކޮންމެ ދުވަހަކީ ދައުލަތަށާއި، ރައްޔިތުންނަށް އެތަކެއް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއްކަން ކަށަވަރުވާ ހިނދު މިނިސްޓަރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ދެއްވާފައި ނުވާ ކަމަށާއި އަދި އެކަމަށް ހުރަސް އަޅުއްވާފައިވާކަން ސާފުވާ ކަމަށެވެ.

އެހެންކަމުން މަލީހު އިތުރަށް ބެހެއްޓުމަކީ އެމްޑީޕީ އަށް އިތުބާރު އޮތް ކަމަކަށް ނުވާތީ އާއި، ގިނަ ރައްޔިތުންތަކެއް އޭނާ މަގާމުން ވަކިކުރުމަށް ކެނޑިނޭޅި އެދުމުންދާތީ މަލީހު މަގާމުން ވަކިކުރަން ހުށައަޅާ ކަމަށެވެ.

މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ވައްދާފައި ވަނީ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން އޭނާ ދެއްކެވި ވާހަކަފުޅަކަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.

ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަލީހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ގާނޫނު ހަދާ ތަނެއް ކަމަށާއި ސަރުކާރު ހިންގުމުގެ ކަންކަމުގައި މެމްބަރުން އުޅުއްވަން ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. ނަމަވެސް ބައެއް މެމްބަރުންގެ އަމަލުތައް އެއާ ހިލާފުކަން މަލީހު ފާހަގަކުރެއްވިއެވެ.

މަލީހުގެ މި ވާހަކަތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ބައެއް ޖަލްސާތަކުގައި ސަރުކާރަށް ނިސްބަތްވާ ބައެއް މެންބަރުން ވަނީ މަލީހުގެ ވާހަކަތަކަށް ރައްދު ދެއްވާ އޭނާ މަގާމުގެ ކުފޫ ހަމަނުވާ ކަމަށް ބުނެފައެވެ.

މީގެ އިތުރުން މިނިސްޓަރު މަލީހު ހިންގަވަމުން އަންނަ ކޮމިއުނިކޭޝަންސް އެންޑް ޓެކްނޮލިޖީ މިނިސްޓްރީން އެންމެ އެދެވޭ ހިދުމަތެއް ލިބެމުން ނުދާތީ ރައްޔިތުން ވެސް އަންނަނީ އެ މިނިސްޓްރީއަށާއި މިނިސްޓަރު މަލީހަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. ހަމައެއާއެކު އިންޓަނެޓްގެ އަގަށް ހެޔޮ ބަދަލެއް އައިސްފައި ނުވާތީ އެކަމުގެ ސަބަބުން ވެސް ރައްޔިތުން އަންނަނީ މަލީހުގެ ނާގާބިލުކަން ދޭހަވާ މޭރުމުން އޭނާއަށް ފާޑުކިޔައި އިސްތިއުފާއަށް ގޮވާލަމުންނެވެ.

މި ވާހަކަތަކަށް ރައްދު ދެއްވަމުން މަލީހު ވިދާޅުވެފައި ވަނީ، އެއްވެސް ޒިންމާއެއް އަދާނުކުރައްވާ ނޯންނާނެ ކަމަށެވެ. އެގޮތުން އެ ވުޒާރާއާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ބަރާބަރަށް ކުރައްވަމުން ގެންދަވާ ކަމަށް މަލީހު ވިދާޅުވިއެވެ. އަދި އިންޓަރނެޓް އަގު ހެޔޮ ކުރުމުގެ މައްސަލައިގައި ވިދާޅުވެފައި ވަނީ، މިހާރު އެ މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތް ނިންމާ ރައީސް އޮފީހާ އެ ކަރުދާސް ހިއްސާކުރައްވާފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް