Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަލީހުގެ އިތުބާރުނެތްކަމަށް ހުށަހެޅުން

މިނިސްޓަރ މަލީހުގެ އިތުބާރުނެތްކަމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފި

މީގެކުރިން މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 10 މެންބަރުންގެ ސޮޔާއެކު އެމްޑީޕީ ޕީޖީ ގްރޫޕަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއިލް ނަސީމް ވަނީ ހުށަހަޅުއްވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 10 ފެބުރުއަރީ 2021 | ބުދަ 10:35
ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލިޖީ މިނިސްޓަރު މަލީހު ޖަމާލު

ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލިޖީ މިނިސްޓަރު މަލީހު ޖަމާލު

ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލިޖީ މިނިސްޓަރު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމް މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

އެކަމާއި ގުޅިގެން އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ޕީޖީގެ ފަރާތުން މިނިސްޓަރ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މީގެކުރިން މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 10 މެންބަރުންގެ ސޮޔާއެކު އެމްޑީޕީ ޕީޖީ ގްރޫޕަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއިލް ނަސީމް ވަނީ ހުށަހަޅުއްވާފައެވެ. އެކަމާއި ގުޅިގެން މިނިސްޓަރު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ދަންނަވަން އެމްޑީޕީ ޕަރލިމެންޓަރީ ގްރޫޕުން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 22 ވަނަ ދުވަހު ފާސްކޮށްފައެވެ.

އޭރު އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށައެޅި މައްސަލާގައި ބުނެފައިވަނީ، ކޮމިއުނިކޭޝަންސް އޮތޯރިޓީއިން ހަދަން ޖެހޭ އެއްވެސް ގަވާއިދެއް މަގާމުގައި ހުންނަވާތާ ދެ އަހަރު ވީއިރު ވެސް މިނިސްޓަރ މަލީހު ހަދާފައިނުވާ ކަމަށެވެ. އަދި ވުޒާރާއެއްގެ ވަޒީރުގެ ޒިންމާއެއް އަދާ ނުކުރެވި ހޭދަވާ ކޮންމެ ދުވަހަކީ ދައުލަތަށާއި، ރައްޔިތުންނަށް އެތަކެއް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއްކަން ކަށަވަރުވާ ހިނދު މިނިސްޓަރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ދެއްވާފައި ނުވާ ކަމަށާއި އަދި އެކަމަށް ހުރަސް އަޅުއްވާފައިވާކަން ސާފުވާ ކަމަށެވެ.

އެހެންކަމުން މަލީހު އިތުރަށް ބެހެއްޓުމަކީ އެމްޑީޕީ އަށް އިތުބާރު އޮތް ކަމަކަށް ނުވާތީ އާއި، ގިނަ ރައްޔިތުންތަކެއް އޭނާ މަގާމުން ވަކިކުރުމަށް ކެނޑިނޭޅި އެދުމުންދާތީ މަލީހު މަގާމުން ވަކިކުރަން ހުށައަޅާ ކަމަށެވެ.

ނަމަވެސް އެމައްސަލަ މަޖިލީހަށް މިދިޔަ އަހަރުގެ ޖަލްސާތައް ނިންމާލާ ޗުއްޓީއަށް ދިޔައިރު ވެސް ހުށަހަޅާފައެއްނުވެއެވެ. އޭރު އެކަމާއި ގުޅިގެން މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވެފައިވަނީ މަލީހު ޖަމާލުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ލަފައެއް ހޯދަން އެދިފައިވާނެ ކަމަށެވެ. ކެބިނެޓުގައި ހުންނަވާ ބޭފުޅަކު މަގާމުން ދުރުކުރެއްވުމަކީ އެމްޑީޕީން ކުރާ ކަމެއްގެ ގޮތުގައި ވާން ބޭނުން ނުވާތީ ރައީސްގެ ލަފައެއް އެކަމުގައި ހޯއްދެވުމަށް ހުށަހަޅާފައިވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

މަލީހުގެ އިތުބާރުނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް މިހުށަހެޅީ ދިވެހިރާއްޖޭގެ މުއާޞަލާތީ ޚިދުމަތްތައް ބެލެހެއްޓުމުގެ ޒިންމާއާ ޙަވާލުކުރެވިފައިވާ ފަރާތުން، ނުހަނު ދިގު މުއްދަތަކަށް، ދިވެހިރާއްޖޭގައި ހަދާފައިވާ ޤާނޫނުތަކަށް ބެލުމެއްނެތި، ޓެލެކޮމް އޮޕަރޭޓަރުންގެ މަންފާއަށް ފަހިވާގޮތަށް، ރައްޔިތުންނަށް ނުހަނު ގެއްލުންވަމުންދާ މަގުން، ގިނަގުނަ ކަންތައްތަކެއް ތަރުތީބުކޮށްފައިވާތީ، އެ ކަންކަން ނިމުމަކަށް ގެނައުމަށް ގޮވާލައި މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރ އިބްރާހީމް ރަޝީދު (ބޮންޑާ) މަޖިލީހަށް ގަރާރެއް ހުށަހަޅާ ބަހުސްކުރަމުން ދަނިކޮށެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހެޅުމާއި ގުޅިގެން މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަސާސެއްނެތް ކަމެއްގައި އިލްޒާމު އަޅުވާ އަދަބުދޭން އުޅުމަކީ ދުސްތޫރާ ޚިލާފުކަމެއް ކަމަށެވެ.

މިބަހުސްގައި އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ މަލީހުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ނުވައްދާ ގިނަދުވަސްތަކެއްވާތީ އެކަމުގެ ކަންބޮޑުވުންފާޅުކޮށް ވާހަކަދައްކަވާފައެވެ. ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލިހަށް ވައްދަން ބޭނުންވަނީ 10 މެމްބަރުންގެ ސޮއެވެ. އަދި ސަރުކާރުގެ ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްކުރަން ބޭނުންވަނީ މަޖިލިހުގައި ތިއްބަވާ މެމްބަރުންގެ ތެރެއިން ދެބައިކުޅައެއްބައި މެމްބަރުންގެ (43 މެމްބަރުންގެ) ވޯޓެވެ.

މީގެކުރިން އެމްޑީޕީން ވަނީ ހެލްތު މިނިސްޓަރ ކަމުގައި ހުންނެވި އަބްދުﷲ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައެވެ. ނަމަވެސް އެމައްސަލަ މަޖިލީހުގައި ކުރިޔަށް ނުގެންދެވިއުޅެނިކޮށް އަމީން ވަނީ އިސްތިއުފާ ދެއްވާފައެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު