Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ

މަލީހުގެ ރައްދު އެމްޑީޕީ ޕީޖީއަށް: އަމިއްލަ ސަންދޯކަށް ތިޔަ ޖައްސަވަނީ މޮހޮރު

މަލީހުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ބުނަނީ ކުރަން ޖެހޭ ބައެއް މަސައްކަތް ނުކޮށްގެން

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 22 ނޮވެމްބަރު 2020 | އާދީއްތަ 07:56
ރައީސް އިބްރާޙިމް މުހައްމަދު ޞާލިހު (ކ) އަދި ކޮމިއުނިކޭޝަންސް މިނިސްޓަރު މަލީހު (ވ)

ރައީސް އިބްރާޙިމް މުހައްމަދު ޞާލިހު (ކ) އަދި ކޮމިއުނިކޭޝަންސް މިނިސްޓަރު މަލީހު (ވ)

ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލިޖީ މިނިސްޓަރު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީ ޕަރލިމެންޓަރީ ގްރޫޕުން ފާސްކުރުމާއެކު، ޕީޖީ ގްރޫޕަށް މަލީހު ފާޑުވިދާޅުވެއްޖެއެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 10 މެންބަރުންގެ ސޮޔާއެކު އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށަހަޅާފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމެވެ.

އާދިއްތަ ދުވަހު މަލީހުގެ އިތުބާރު ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ދަންނަވަން އެމްޑީޕީ ޕަރލިމެންޓަރީ ގްރޫޕުން ފާސްކުރުމާއެކު އޭނާ ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ ތިމަންނާމެންގެ ވެރިކަމެއްގައި ގާނޫނު އަސާސީގެ 27 ވަނަ މާއްދާއަށް އިތުބާރު ނެތްކަމަށް ފާސްކުރުމަކީ، ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ތާޖު އަޅުއްވައިގެން އުޅުއްވާ ބޭފުޅުން ބައިކޮޅަށް ޖެހި ގޯލެއް ކަމަށެވެ.

މަލީހުގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމާފައި ވަނީ އާދިއްތަ ދުވަހު ހެނދުނު އެ ގްރޫޕުން ބޭއްވި ބައްދަލުވުމަށް ފަހުއެވެ.

މި މަހުގެ 15 ވަނަ ދުވަހު ހުށަހަޅާފައިވާ މި މައްސަލާގައި ބުނެފައި ވަނީ ކޮމިއުނިކޭޝަންސް އޮތޯރިޓީއިން ހަދަން ޖެހޭ އެއްވެސް ގަވާއިދެއް މަގާމުގައި ހުންނަވާތާ ދެ އަހަރު ވީއިރު ވެސް މިނިސްޓަރ މަލީހު ހަދާފައިނުވާ ކަމަށެވެ. އަދި ވުޒާރާއެއްގެ ވަޒީރުގެ ޒިންމާއެއް އަދާ ނުކުރެވި ހޭދަވާ ކޮންމެ ދުވަހަކީ ދައުލަތަށާއި، ރައްޔިތުންނަށް އެތަކެއް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއްކަން ކަށަވަރުވާ ހިނދު މިނިސްޓަރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ދެއްވާފައި ނުވާ ކަމަށާއި އަދި އެކަމަށް ހުރަސް އަޅުއްވާފައިވާކަން ސާފުވާ ކަމަށެވެ.

އެހެންކަމުން މަލީހު އިތުރަށް ބެހެއްޓުމަކީ އެމްޑީޕީ އަށް އިތުބާރު އޮތް ކަމަކަށް ނުވާތީ އާއި، ގިނަ ރައްޔިތުންތަކެއް އޭނާ މަގާމުން ވަކިކުރުމަށް ކެނޑިނޭޅި އެދުމުންދާތީ މަލީހު މަގާމުން ވަކިކުރަން ހުށައަޅާ ކަމަށެވެ.

މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ވައްދާފައި ވަނީ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން އޭނާ ދެއްކެވި ވާހަކަފުޅަކަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު