Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީގައި ކެޕާގެ ކުރިމަގު

ކެޕާއަށް އައު ފެށުމެއް ހޯދައިދޭނަން: ޓުޗެލް

11 ފެބުރުއަރީ 2021 | ބުރާސްފަތި 14:33

ކެޕާއަށް ވަނީ ޗެލްސީގެ ފުރަތަމަ އެގާރައިން ޖާގަ ގެއްލިފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 11 ފެބުރުއަރީ 2021 | ބުރާސްފަތި 14:33
ޗެލްސީއަށް ކުޅެމުން އަންނަ ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާ

ޗެލްސީއަށް ކުޅެމުން އަންނަ ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާ

ޗެލްސީއަށް ކުޅެމުން އަންނަ ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރު ސްޕެއިނުގެ ކެޕާ އަރިއްޒަބަލާގާއަށް އައު ފެށުމެއް ހޯދައިދޭނެކަމަށް އެ ޓީމުގެ ކޯޗުގެ މަގާމާ ދާދި ފަހުން ހަވާލުވި ތޯމަސް ޓުޗެލް ބުނެފިއެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރުގެ ގޮތުގައި 2018 ވަނަ އަހަރު ކެޕާ ޗެލްސީއަށް ބަދަލުވީ 71.6 މިލިޔަން ޕައުންޑުގެ ފީއަކަށެވެ. އެކަމަކު ޗެލްސީން ކުޅުނު ގިނަ މެޗުތަކުގެ ކެޕާގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިފައިވާއިރު، ކެޕާއަށް ޗެލްސީގެ ސަޕޯޓަރުންވެސް ނުރުހެއެވެ.

އެއާއެކު މިދިޔަ ހޫނު މޫސުމުގައި ޗެލްސީން ވަނީ ރެނެސްއަށް ކުޅެމުން އައި ސެނެގާލުގެ ގޯލްކީޕަރު އެޑޮއާޑް މެންޑީ އެ ޓީމަށް ގެނެސްފައެވެ. އެއާއެކު ކެޕާއަށް ވަނީ ޗެލްސީގެ ފުރަތަމަ އެގާރައިން ޖާގަ ގެއްލިފައެވެ.

އެކަމަކު އިނގިރޭސި އެފްއޭ ކަޕުގެ ފަސްވަނަ ބުރުގައި ބާންސްލީއާ ދެކޮޅަށް ޗެލްސީ ކުޅޭ މެޗުގައި ކެޕާއަށް ފުރުސަތު ދޭން ޓުޗެލް ވަނީ ނިންމާފައެވެ. އެ ފުރުސަތު ވެގެން ދާނީ ޓުޗެލްގެ ކޯޗުކަމުގެ ދަށުން ކެޕާ ކުޅޭނެ ފުރަތަމަ މެޗެވެ.

މި މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓުޗެލް ބުނީ ކެޕާ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި، އެގޮތުން އޭނާއަށް އުނދަގޫ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެކަމަކު ކެޕާއަށް ޗެލްސީގައި އައު ފެށުމެއް ހޯދައިދޭނެ ކަމަށާއި، އޭނާއަކީ ކުރިއަށް އޮތް ހޫނު މޫސުމުގައި ސްޕެއިނުން ބޭނުންކުރާނެ އެއްވަނަ ގޯލުކީޕަރު ކަމާ މެދު އެއްވެސް ޝައްކެތް ނެތް ކަމަށްވެސް ޓުޗެލް ވަނީ ބުނެފައެވެ.

ކެޕާއަށް އައު ފެށުމެއް ހޯދައިދޭނެ ކަމަށް ޓުޗެލް ބުނިއިރު، އެ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ލިބުން ދަތިވުމާއެކު، އެޗެލްސީ ދޫކޮށްލަން އުމުރުން 26 އަހަރުގެ ކެޕާ ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެތުލެޓިކް ބިލްބާއޯ ދޫކޮށް 2018 ވަނަ އަހަރު ޗެލްސީއާ ގުޅުނު ކެޕާ ވަނީ އެ ޓީމަށް 101 މެޗު ކުޅެދީ، އެ ޓީމާއެކު ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

15 ޖުލައި 2017

އަނބުރާ ޔުނައިޓެޑަށް އައުމުގެ ދޮރު އިބްރާހިމޮވިޗަށް ވަނީ ހުޅުވާލެވިފައި: މޮރީނިއޯ

15 ޖުލައި 2017
އަނބުރާ ޔުނައިޓެޑަށް އައުމުގެ ދޮރު އިބްރާހިމޮވިޗަށް ވަނީ ހުޅުވާލެވިފައި: މޮރީނިއޯ
11 ޖުލައި 2017

ފޯމުގައި ޓީސީ އޮއްވާ ދިގު ބްރޭކެއް އައުމުން މައްސަލަތައް ދިމާވި: ނިޒާމްބެ

11 ޖުލައި 2017
ފޯމުގައި ޓީސީ އޮއްވާ ދިގު ބްރޭކެއް އައުމުން މައްސަލަތައް ދިމާވި: ނިޒާމްބެ
30 މެއި 2017

ޑޯޓްމަންޑްގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިކޮށްފި

30 މެއި 2017
ޑޯޓްމަންޑްގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިކޮށްފި
30 އެޕްރީލު 2017

ވެލެންސިޔާ އަތުން ލިބުނު މޮޅަކީ ރަނގަޅު ފެށުމެއް: ސުޒޭން

30 އެޕްރީލު 2017
ވެލެންސިޔާ އަތުން ލިބުނު މޮޅަކީ ރަނގަޅު ފެށުމެއް: ސުޒޭން
05 އެޕްރީލު 2017

އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި

05 އެޕްރީލު 2017
އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި
26 މާރިޗު 2017

މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި

26 މާރިޗު 2017
މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި
24 މާރިޗު 2017

މިނިވަން ޗެމްޕިއަންޝިޕް: ކެނދިކުޅުދޫ އަދި ނޮޅިވަރަމް އަށް އުންމީދީ ފެށުމެއް

24 މާރިޗު 2017
މިނިވަން ޗެމްޕިއަންޝިޕް: ކެނދިކުޅުދޫ އަދި ނޮޅިވަރަމް އަށް އުންމީދީ ފެށުމެއް
11 މާރިޗު 2017

މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ

11 މާރިޗު 2017
މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ
18 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ބަންގަލަދޭޝް ލީގް ޗެމްޕިއަން ބަލިކޮށް ޓީސީއަށް އުންމީދީ ފެށުމެއް

18 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ބަންގަލަދޭޝް ލީގް ޗެމްޕިއަން ބަލިކޮށް ޓީސީއަށް އުންމީދީ ފެށުމެއް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް