Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނޭމާއަށް އަނިޔާވުން

ބާސާ މެޗު ގާތްވެފައިވަނިކޮށް ނޭމާއަށް އަނިޔާވެއްޖެ

11 ފެބުރުއަރީ 2021 | ބުރާސްފަތި 14:04

ނޭމާއަށް އަނިޔާވީ ބުދަ ދުވަހުގެރޭ ޕީއެސްޖީ ކުޅުނު މެޗުގެ ތެރެއިން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 11 ފެބުރުއަރީ 2021 | ބުރާސްފަތި 14:04
ކޯން އަތުން ޕީއެސްޖީ މޮޅުވި މެޗުގައި ނޭމާއަށް އަނިޔާވެފައި ވަނިކޮށް

ކޯން އަތުން ޕީއެސްޖީ މޮޅުވި މެޗުގައި ނޭމާއަށް އަނިޔާވެފައި ވަނިކޮށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ބާސެލޯނާ އާއި ޕީއެސްޖީ ބައްދަލުކުރަން އޮތް މެޗު ގާތްވެފައިވަނިކޮށް ބްރެޒިލުގެ ތަރި ނޭމާއަށް އަނިޔާވެއްޖެއެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ކުޅުން އަންނަ ހަފުތާގައި ފަށާއިރު، ބާސާގެ ދަނޑުގައި ކުޅޭ ފުރަތަމަ ލެގުގެ މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ އަންގާރަ ދުވަހުގެރެއެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޕީއެސްޖީން ބާސާއާ ދެކޮޅަށް ނުކުންނައިރު، މިއީ 2017 ވަނަ އަހަރުގެ މާޗު މަހަށްފަހު މި ދެ ޓީމު ބައްދަލުކުރާނެ ފުރަތަމަ ފަހަރެވެ. އެ ފަހަރުވެސް މި ދެ ޓީމު ބައްދަލުކޮށްފައިވަނީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައެވެ. އެ ފަހަރު ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ޕީއެސްޖީ އަތުން 4-0 ން ބަލިވެފައިވަނިކޮށް، ދެވަނަ ލެގުގައި ބާސާ ވަނީ ޕީއެސްޖީ އަތުން 6-1 އިން މޮޅުވެ، ކުއާޓާއިން ޖާގާ ހޯދައި، ޗެމްޕިއަންސް ލީގުގެ ތާރީޚުން ޖާގަ ހޯދާފައެވެ. އެއާއެކު ބާސާ ވެފައިވަނީ ފުރަތަމަ ލެގުން 4-0 ން ބަލިވެފައިވަނިކޮށް، ދެވަނަ ލެގުގައި އެ ނަތީޖާ އަނބުރާލި ފުރަތަމަ ޓީމަށެވެ.

އޭގެ ފަހުން ދުނިޔޭގެ ރިކޯޑު އަގެއް ކަމަށްވާ 222 މިލިޔަން ޔޫރޯއަށް ނޭމާ ބާސާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވިއިރު، މި ފަހަރުގެ މެޗުތައް ވެގެންދާނީ ބާސާއާ ދެކޮޅަށް ނޭމާ ނުކުންނަ ފުރަތަމަ މެޗަށެވެ.

އެކަމަކު އެ މެޗު ގާތްވެފައިވަނިކޮށް ބުދަ ދުވަހުގެރޭ ފްރެންޗް ކަޕުގައި ޕީއެސްޖީ ކުޅުނު މެޗުގެ ތެރެއިން ނޭމާއަށް ވަނީ އަނިޔާވެފައެވެ. ރަށުން ބޭރުގައި ކޯން އަތުން 1-0 ގެ ނަތީޖާއަކުން ޕީއެސްޖީ މޮޅުވި މެޗުގެ 60 ވަނަ މިނެޓުގައި ލިބުނު އަނިޔާއަކާ ގުޅިގެން ނޭމާ ވަނީ ބަދަލުކޮށްފައެވެ.

އެއަށްފަހު ނޭމާގެ މެޑިކަލް ޓެސްޓުތައް ހެދިއިރު، ރިޕޯޓުތައް ބުނާ ގޮތުން ނޭމާގެ ފައިގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފައެވެ. އެކަމަކު އެ އަނިޔާ ސީރިއަސް ނޫން ކަމަށާއި، ބާސާ މެޗަށް ނޭމާ ފިޓުވާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި އަންނަ އަންގާރަ ދުވަހުގެރޭ ބާސާ އާއި ޕީއެސްޖީ ބައްދަލުކުރާއިރު، ދެވަނަ ލެގުގައި މި ދެ ޓީމު ބައްދަލުކުރާ މެޗު ކުޅޭނީ އަންނަ މާޗު މަހުގެ 11 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް