Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ވެކްސިނާ ބެހޭ ގޮތުން މާހިރުންގެ ބަސް

އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިން ޖެހުމަށް ޑަބްލިޔުއެޗްއޯގެ މާހިރުންގެ ޓީމުން ލަފާދީފި

11 ފެބުރުއަރީ 2021 | ބުރާސްފަތި 07:36

އެސްޓްރަޒެނިކާ ވެކްސިން ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ޖެހުން ރަނގަޅު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 11 ފެބުރުއަރީ 2021 | ބުރާސްފަތި 07:36
އެސްޓްރަޒެނިކާ ވެކްސިންގެ ސާމްޕަލެއް

އެސްޓްރަޒެނިކާ ވެކްސިންގެ ސާމްޕަލެއް

އެސްޓްރަޒެނިކާ އާއި އޮކްސްފޯރޑް ޔުނިވަރސިޓީ ގުޅިގެން ކޮވިޑް-19 އަށް އުފެއްދި ވެކްސިން ޖެހުމަށް، ވެކްސިންގެ ކަންކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ(ޑަބްލިޔުއެޗްއޯ)އަށް ލަފާދޭ މާހިރުންގެ ޕެނަލުން ލަފާދީފިއެވެ.

މި ޕެނަލުން ބުނެފައިވަނީ އެސްޓްރަޒެނިކާ ވެކްސިން، އުމުރުން 65 އަހަރުން މަތީގެ މީހުން ވެސް ހިމެނޭގޮތަށް ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ބޭނުންކުރުން ރަނގަޅުކަމަށެވެ. ވެކްސިންގެ ދެ ޑޯޒް ޖަހަންޖެހޭއިރު ޕެނަލުން ބުނީ ފުރަތަމަ ޑޯޒް ދިނުމަށްފަހު 8 ހަފްތާ އާއި 12 ހަފްތާ އާ ދެމެދުގައި މުއްދަތެއްގައި ދެވަނަ ޑޯޒް ދޭންވާނެ ކަމަށެވެ.

އެސްޓްރަޒެނިކާގެ ވެކްސިން ދެކުނު އެފްރިކާގެ ވޭރިއަންޓަށް މަސައްކަތްކުރާ މިންވަރު ދަށްވެފައިވާކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ޕެނަލުން ބުނީ އެސްޓްރަޒެނިކާ ވެކްސިން ދެކުނު އެފްރިކާ ވޭރިއަންޓަށް ބޭނުންނުކުރަން ޖެހޭ ސަބަބެއް ނެތްކަމަށެވެ.

ދެކުނު އެފްރިކާއިން މި ހަފްތާގައި ވަނީ އެސްޓްރަޒެނިކާގެ ވެކްސިން ޖެހުން މެދުކަނޑާލާފައެވެ. އެއީ ދެކުނު އެފްރިކާގެ ވޭރިއަންޓަށް އެސްޓްރަޒެނިކާގެ ވެކްސިނުން އަސަރުނުކުރާ ކަމަށް ޑާޓާތަކަކުން ދެއްކުމުންނެވެ. އެހެންނަމަވެސް އެއީ ނިސްބަތުން މަދު ޑާޓާތަކެއް ކަމަށް މާހިރުން ބުނެއެވެ.

މިހާރު ފެނިފައިވާ ކޮވިޑްގެ އައު ވޭރިއަންޓްތަކަށް ބަލާއިރު ވެކްސިންތަކުން އަސަރުކުރާ މިންވަރު ދަށްކަމަށް މިހާތަނަށް ހޯދިފައިވާ ވޭރިއަންޓަކީ ވެސް ދެކުނު އެފްރިކާގެ ވޭރިއަންޓެވެ.

އެސްޓްރަޒެނިކާ ވެކްސިން ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ޖަހަމުންދާއިރު ރާއްޖޭގައި ރާއްޖޭގައި މިހާރު ބޭނުންކުރަމުންދަނީ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފައްދަމުން އަންނަ އޮކްސްފޮޑް-އެސްޓްރަޒެނެކާ ވެކްސިނެވެ. މިވެކްސިން އިންޑިއާގައި އުފައްދަމުން އަންނަނީ "ކޮވިޝީލްޑް" ގެ ނަމުގައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

30 ޑިސެމްބަރު 2019

ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުން ގިނަވެ، ޕާކިސްތާނުގައި ޕޯލިއޯ ފެތުރެނީ

30 ޑިސެމްބަރު 2019
ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުން ގިނަވެ، ޕާކިސްތާނުގައި ޕޯލިއޯ ފެތުރެނީ
02 ނޮވެމްބަރު 2019

ހައްދު ޖެހުމަށް އަޑު އުފުލި މިހާ ގައިގައި ހައްދު ޖަހައިފި

02 ނޮވެމްބަރު 2019
ހައްދު ޖެހުމަށް އަޑު އުފުލި މިހާ ގައިގައި ހައްދު ޖަހައިފި
12 މާރިޗު 2019

ވެކްސިން ނުޖަހާ ކުދިންނަށް ސްކޫލަށް ކިޔަވަން ނުދެވޭނެ ކަމަށް އިޓަލީން ކަނޑައަޅައިފި

12 މާރިޗު 2019
ވެކްސިން ނުޖަހާ ކުދިންނަށް ސްކޫލަށް ކިޔަވަން ނުދެވޭނެ ކަމަށް އިޓަލީން ކަނޑައަޅައިފި
21 މެއި 2018

އެބޯލާއަށް ބޭނުންކުރެވޭ ތަހުލީލީ ވެކްސިން ދިނުން ކޮންގޯގައި ފަށައިފި

21 މެއި 2018
އެބޯލާއަށް ބޭނުންކުރެވޭ ތަހުލީލީ ވެކްސިން ދިނުން ކޮންގޯގައި ފަށައިފި
09 މެއި 2018

އެމެރިކާ ކަންތައް ކުރިގޮތުން އީރާނުގެ ހަމަޖެހުމަށް ބުރޫއަރާނެ: ތުރުކީ

09 މެއި 2018
އެމެރިކާ ކަންތައް ކުރިގޮތުން އީރާނުގެ ހަމަޖެހުމަށް ބުރޫއަރާނެ: ތުރުކީ
31 މާރިޗު 2018

ޣައްޒާގެ ބޯޑަރުގެ ހަމަނުޖެހުމަށް މިނިވަން ތަހުގީގެއް ބޭނުންވާ ކަަމަށް އދ އިން ބުނެފި

31 މާރިޗު 2018
ޣައްޒާގެ ބޯޑަރުގެ ހަމަނުޖެހުމަށް މިނިވަން ތަހުގީގެއް ބޭނުންވާ ކަަމަށް އދ އިން ބުނެފި
03 މާރިޗު 2018

ބޯޑަރު ކައިރިން ދުރަށް ޖެހުމަށް މިޔަންމާ ސިފައިންނަށް ބަންގްލަދޭޝްއިން އަންގައިފި

03 މާރިޗު 2018
ބޯޑަރު ކައިރިން ދުރަށް ޖެހުމަށް މިޔަންމާ ސިފައިންނަށް ބަންގްލަދޭޝްއިން އަންގައިފި
05 އޮކްޓޯބަރު 2017

ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި

05 އޮކްޓޯބަރު 2017
ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި
25 ޖުލައި 2017

ހިޔާލު ތަފާތުވުން އުފެދިފައިވާ ބޯޑަރު ސަރަހައްދުން އިންޑިއާ ސިފައިން ފަހަތަށް ޖެހުމަށް ޗައިނާއިން ގޮވާލައިފި

25 ޖުލައި 2017
ހިޔާލު ތަފާތުވުން އުފެދިފައިވާ ބޯޑަރު ސަރަހައްދުން އިންޑިއާ ސިފައިން ފަހަތަށް ޖެހުމަށް ޗައިނާއިން ގޮވާލައިފި
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް