Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކުޑަކުދިން ވެކްސިން ކުރުން

ވެކްސިން ނުޖަހާ ކުދިންނަށް ސްކޫލަށް ކިޔަވަން ނުދެވޭނެ ކަމަށް އިޓަލީން ކަނޑައަޅައިފި

6-16 އަހަރާއި ދެމެދުގެ ކުދިން ސްކޫލަށް ވެކްސިން ނުޖަހާ ފޮނުވައިފި ނަމަ ބެލެނިވެރިން 500 ޔޫރޯއިން ޖޫރިމަނާ ކުރޭ

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 12 މާރިޗު 2019 | އަންގާރަ 13:23
ވެކްސިން ޖަހަން ސިރިންޖަކަށް ނަގަނީ

ވެކްސިން ޖަހަން ސިރިންޖަކަށް ނަގަނީ

އިޓަލީގައި ވެކްސިން ޖަހާފައިވާ ކަމުގެ ލިޔެކިޔުން ނުދެއްކޭ ހަ އަހަރުން ދަށުގެ ކުދިންނަ ސްކޫލްތަކަށް ކިޔަވަން ނުވެއްދޭނެ ކަމަށް އެ ގައުމުގެ ސަރުކާރުން ކަނޑައަޅައިފިއެވެ.

އިޓަލީގައި ހިމަބިހީގެ (މީސްލްސް) ކޭސްތައް ގިނަވުމާ ގުޅިގެން މީގެ އަހަރެއްހާ ދުވަސް ކުރިން ފާސްކުރި ގާނޫނަށް އަމަލު ކުރަން ފެށުމުގެ މުއްދަތު ހޯމަ ދުވަހު ވަނީ ހަމަވެފައެވެ. އަދި ހަ އަހަރާއި ސޯޅަ އަހަރާ ދެމެދުގެ ކުދިން ވެކްސިން ނުޖަހާ ސްކޫލަށް ފޮނުވައިފި ނަމަ އެ ކުދިންގެ ބެލެނިވެރިން 500 ޔޫރޯއިން ޖޫރިމަނާ ކުރުމުގެ ބާރު ވެސް އެ ގާނޫނުގެ ދަށުން ވަނީ ދީފައެވެ.

"ލޮރެންޒިން ލޯ"ގެ ނަމުން ނަން ދެވިފައިވާ ގާނޫނުގެ ދަށުން ކުދިންނަށް ވަނީ ވެކްސިން ޝެޑިއުލްގައި ހިމެނޭ ހުރިހާ ވެކްސިނެއް ޖެހުން ލާޒިމްކޮށްފައެވެ. މި ވެކްސިންތަކުގެ ތެރޭގައި ހިމެނެނީ ފާނަބަސަންދު، ޕޯލިއޯ، ހިމަބިހި، މަމްޕްސް އަދި ރުބެއްލާ ބަލިން ދިފާއުކުރާ ވެކްސިންތަކެވެ. އަދި މި ގާނޫނު ހެދި ފަހުން އެ ގައުމުގައި ގަވައިދާ އެއް ގޮތަށް ވެކްސިން ކުރާ ކުދިންގެ އަދަދު މައްޗަށް ގޮސްފައިވާ ކަމަށް ވެސް އެ ގައުމުގެ ސިއްހަތާ ބެހޭ ވަޒީރު ގީލިއާ ގްރިއްޔޯ ވަނީ ވިދާޅުވެފައެވެ.

އިޓަލީން މި ގާނޫނު ވުޖޫދައް ގެނައެމުގެ ކުރިން އެ ގައުމުގައި އަލަށް ވިހާ ކުދިން ވެކްސިން ކުރާ ނިސްބަތް އޮތީ 85 އިންސައްތައިގައެވެ. އަދި މި ކަމާ ގުޅޭ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އޭރު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް ގާނޫނޫ ތަންފީޒު ކުރަން ފަށާނެ ތާރީހު ކަނޑައެޅުމަށް ވެކްސިން ކުރާ ކުދިންގެ ނިސްބަތް ވަނީ 95 އިންސައްތައަށް އިތުރުވެފައެވެ.

ދުނިޔޭގައި ވެކްސިން ކުރާ ކުޑަކުދިންގެ ނިސްބަތް އަހަރަކުން އަހަރަކަށް ދަނީ ދަށްވަމުންނެވެ. އަދި މިއީ ވެކްސިން ޖެހުމާ އޯޓިޒަމް އަދި ބަވެލް ޑިޒީޒް ފަދަ ކޮންޑިޝަންތަކާ ގުޅުމެއް އޮތް ކަމަށް ބުނެ ފެތުރިފައިވާ އަޑުތަކެއް ކަމަށް ދިރާސާކުރާ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ގިނަ ދިރާސާތަކަކަށް ފަހު ސައިންސްވެރިން ވަނީ ވެކްސިން ޖެހުމާއި އޯޓިޒަމް އަދި ބަވެލް ޑިޒީޒްއާ ގުޅުމެއް އޮތް ވާހަކަތައް ދޮގުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނަވާރަ އަހަރަށް ފަހު ބަޑި ނުޖަހާ ދުވަހެއް!

ނަވާރަ އަހަރަށް ފަހު ބަޑި ނުޖަހާ ދުވަހެއް!

10 ޖޫން 2018
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަން ސިއްރުކޮށްދިން އިސް ފާދިރީ މަޤާމުން ދުރުވަނީ

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަން ސިއްރުކޮށްދިން އިސް ފާދިރީ މަޤާމުން ދުރުވަނީ

23 މެއި 2018
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަން ސިއްރުކޮށްދިން އިސް ފާދިރީއެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަން ސިއްރުކޮށްދިން އިސް ފާދިރީއެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

22 މެއި 2018
އެބޯލާއަށް ބޭނުންކުރެވޭ ތަހުލީލީ ވެކްސިން ދިނުން ކޮންގޯގައި ފަށައިފި

އެބޯލާއަށް ބޭނުންކުރެވޭ ތަހުލީލީ ވެކްސިން ދިނުން ކޮންގޯގައި ފަށައިފި

21 މެއި 2018
ބަންގްލަދޭޝްގައި ތިބި 145،000 ރޮހިންޖާ ކުޑަކުދިންނަށް މެލްނިއުޓްރިޝަން ގެ ނުރައްކާ އެބައޮތް: ޑީއީސީ

ބަންގްލަދޭޝްގައި ތިބި 145،000 ރޮހިންޖާ ކުޑަކުދިންނަށް މެލްނިއުޓްރިޝަން ގެ ނުރައްކާ އެބައޮތް: ޑީއީސީ

06 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު