Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19، ފުވައްމުލަކުގެ ހާލަތު

ކޮވިޑަށް ދެ މީހުން ޕޮޒިޓިވްވުމާ ގުޅިގެން ފުވައްމުލަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި

10 ފެބުރުއަރީ 2021 | ބުދަ 01:50

ފުވައްމުލަކު ހޮސްޕިޓަލުން ވަނީ ކޮންޓެކްޓް ޓްރޭސިންގ ހަދައި ނިމެންދެން އެ ހޮސްޕިޓަލުގެ އޯޕީޑީ ޚިދުމަތް ހުއްޓާލުމަށް ނިންމާފައި

އަތޫފް އާތިފް
އަތޫފް އާތިފް | 10 ފެބުރުއަރީ 2021 | ބުދަ 01:50
ފުވައްމުލަކު ސިޓީ، ކޮވިޑްގެ ދެ ކޭސް ފެނުމާއެކު އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައި

ފުވައްމުލަކު ސިޓީ، ކޮވިޑްގެ ދެ ކޭސް ފެނުމާއެކު އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައި

ފުވައްމުލަކު ސިޓީއިން ނެގި ރެންޑަމް ސާމްޕަލިންގެ ތެރެއިން ދެ ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވުމާއެކު އެ ސިޓީގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ.

ފުވައްމުލަކުގައި ރެންޑަމް ސާމްޕަލިންގ ނަގާފައިވަނީ އައްޑޫ ސިޓީގައި ކޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެންނެވެ. އެގޮތުން މިހާތަނަށް 150 މީހެއް ކޮވިޑަށް ޓެސްޓު ކޮށްފައިވާއިރު، 113 ސާމްޕަލްގެ ނަތީޖާ ވަނީ ލިބިފައެވެ. އަދި އޭގެ ތެރެއިން ދެ މީހެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

Advertisement - newsAdvertisement

ފުވައްމުލަކުން ޕޮޒިޓިވް ދެ ކޭސް ފެނުމާއެކު އެ ސިޓީ މިހާރު ވަނީ މޮނީޓަރިންގެ ހާލަތައް ގެނަސްފައެވެ. އެއާއެކު ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ.

އެގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު، ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްގެއިން އަނެއް ގެއަށް ޒިޔާރާތް ނުކުރުމާއި، ފުވައްމުލަކުގައި ގާއިމުކޮށްފައިވާ އޮފީސްތައް ބަންދުކޮށް ކޮންމެހެން ދޭން ޖެހޭ ޚިދުމަތްތައް އޮންލައިންކޮށް ދިނުމާއި، ސްކޫލްތަކާއި ކޮލެޖުތައް ބަންދުކުރުމާއި، ކެފޭ ރެސްޓޯރެންޓްތަކުން ޓޭކް އަވޭ އަދި ޑެލިވަރީގެ ޚދުމަތް ފިޔަވާ އެހެން ހިދުމަތްތައް ހުއްޓާލުމާއި، ފިހާރަތަކަށް މީހުން ވެއްދުމުގައި ވަކި އަދަދަކަށް ވުރެ އިތުރަށް މީހުން ނުވެއްދުމާއި، އާންމު މައިދާންތަކާއި ޕާކުތަކަށް އެއްނުވުމާއި، ސެލޫން އަދި ޖިމްތައް ބަންދުކުރުމާއި، ޕާޓީތަކާއި ހަފްލާތައް އަދި ބައްދަލުވުންތައް ނުބޭއްވުމާއި، ޓެކްސީ ޚިދުމަތް ފޯރުކޮށްދިނުމުގައި އެޗްޕީއޭގެ މިންގަނޑުތަކަށް ފެތޭނެހެން ޚިދުމަތް ފޯރުކޮށްދިނުމާއި، ހުރިހާ ކުޅިވަރު ހަރަކާތެއް ހުއްޓާލުން ހިމެނެއެވެ.

މީގެ އިތުރުން ފުވައްމުލަކު ހޮސްޕިޓަލުން ވަނީ ކޮންޓެކްޓް ޓްރޭސިންގ ހަދައި ނިމެންދެން އެ ހޮސްޕިޓަލުގެ އޯޕީޑީ ޚިދުމަތް ހުއްޓާލުމަށް ނިންމާފައެވެ. ފުވައްމުލަކު ހޮސްޕިޓަލުން ބުނީ އޯޕީޑީގެ ޚިދުމަތް ވަގުތީ ގޮތުން މެދު ކަނޑާލިނަމަވެސް އެމަޖެންސީ ޚިދުމަތްތައް މެދުކެނޑުމެއްނެތި 24 ގަޑިއިރު ދެމުންގެންދާނެ ކަމަށެވެ.

ފުވައްމުލަކުން ކޮވިޑްގެ ދެ ކޭސް ފެނިފައިވާއިރު، އެރަށުން ނުލިބޭ ސިއްހީ ޚިދުމަތްތައް ހޯދުމަށާއި، ވިޔަފާރިއަށް އެރަށު ރައްޔިތުން އަންނަނީ އައްޑޫއަށް ދަތުރުކުރަމުންނެވެ. ނަމަވެސް އައްޑޫ މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވުމާއެކު މި ދަތުރުތައް ވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް