Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކޮވިޑް-19ގެ ކޭސްތައް ފެނުން

އައްޑޫ ސިޓީން އިތުރު 44 މީހަކު ޕޮޒިޓިވްވެ، ކޮންޓެކްޓުންގެ އަދަދު 100 ގައި!

ހިތަދޫ ކްލަސްޓަރއިން އެންމެ ފުރަތަމަ ދެމީހަކު ޕޮޒިޓިވްވީ މިމަހުގެ 5 ދުވަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 9 ފެބުރުއަރީ 2021 | އަންގާރަ 07:41
އައްޑޫ ސިޓީ ހުޅުމީދޫ، ކޮންމެހެން ބޭރަށް ނުކުންނަން ޖެހިގެން މެނުވީ ނުނިކުތުމަށް ވަނީ އިލްތިމާސްކޮށްފައި

އައްޑޫ ސިޓީ ހުޅުމީދޫ، ކޮންމެހެން ބޭރަށް ނުކުންނަން ޖެހިގެން މެނުވީ ނުނިކުތުމަށް ވަނީ އިލްތިމާސްކޮށްފައި

އައްޑޫ ސިޓީން ކޮވިޑް-19ގެ ކޭސްތައް ފެންނަމުންދާއިރު، މިހާރު އައްޑޫ ސިޓީން އިތުރު 44 މީހަކު ޕޮޒިޓިވްވެފައިވާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީ އިން ބުނީ ހިތަދޫ ކްލަސްޓަރއިން 19 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި، ކޮންޓެކްޓް ޓްރޭސިންގ މަސައްކަތުގެ ދަށުން 100 މީހުން ދެނެގަނެވިފައިވާ ކަމަށެވެ. އަދި ހުޅުމީދޫ ކްލަސްޓަރއިން 25 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ހިތަދޫ ކްލަސްޓަރއިން އެންމެ ފުރަތަމަ ދެމީހަކު ޕޮޒިޓިވްވީ މިމަހުގެ 5 ދުވަހުއެވެ. އެ ދެ މީހުންނާ ކޮންޓެކްޓުވި ދެ މީހުން މިމަހުގެ 6 ވަނަ ދުވަހު ޕޮޒިޓިވްވެފައިވާއިރު ހިތަދޫއިން ފުރަތަމަ ޕޮޒިޓިވްވި ދެ މީހުންނާ ކޮންޓެކްޓް ވެފައިވާ އިތުރު މީހެއް ގދ. ތިނަދޫގައި ހުރުމާއެކު ސާމްޕަލް ނަގައި ޓެސްޓު ކުރުމުން އެމީހާ ވަނީ މި މަހުގެ 7 ވަނަ ދުވަހު ޕޮޒިޓިވްވެފައެވެ.

ކޮވިޑް-19ގެ ކޭސްތަކެއް ތިނަދޫން ފެނިފައިވާއިރު، އެރަށުގައި ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ރެންޑަމް ސާމްޕަލްނެގުމުގެ މަސައްކަތްކުރަމުން ދެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިދިޔަ ހަފުތާގައި ތިނަދޫން މާލެއަށް ދަތުރުކުރި ދެމީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވެއެވެ. އެކަމާ ގުޅިގެން ވެސް ސާމްޕަލް ނެގުމުގެ މަސައްކަތް ކޮށްފައިވެއެވެ. އޭގެފަހުން އައްޑޫ ސިޓީ ހިތަދޫން ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވި މީހަކު ތިނަދޫން ވެސް ޕޮޒިޓިވްވެފައިވާ ކަމަށްވެއެވެ. ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތާގުޅޭ ގޮތުން އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ކުރި ފޭސްބުކް ޕޯސްޓެއްގައި ވަނީ ގދ. ތިނަދޫގައި ކޮވިޑް-19 ވައިރަސް ފެތުރިފައިވާ މިންވަރު ދެނެގަތުމަށްޓަކައި 07 ފެބްރުއަރީ 2021 ގައި ނެގުނު ރެންޑަމް ސާމްޕަލްއެއް ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން ހާމަކޮށްފައެވެ. މިއާއެކު ތިނަދޫން މިފަހަރު ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ޖުމްލަ ތިނަކަށް އަރާފައެވެ.

ގުޅިފައިވާ ރަށްތަކުގައި ކޮންޓެކްޓުން ތިބުމުން، ހުރިހާ ރައްޔިތުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްއީއޯސީން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ކްލަސްޓާގެ ކޮންޓެކްޓަކަށް ވާނަމަ ލަސްނުކޮށް އައްޑޫ ސިޓީގެ ހޮޓްލައިންއަށް ގުޅައި ރިޕޯޓުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އައްޑޫގެ ކޭސްތަކާ ގުޅިގެން އައްޑޫ ސިޓީ އާއި ތިނަދޫ ވެސް އޮތީ މޮނިޓަރިންގއަށް ލާފައެވެ. ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި އިތުރަށް ގޯސްވެ، މާލެ ސަރަހައްދުން ގިނަ ޕޮޒިޓިވް ކޭސްތަކެއް ދަނީ ފެންނަމުންނެވެ. އަދި ބައެއް ރަށްތަކުން ވެސް ޕޮޒިޓިވް ކޭސްތައް ފެންނަމުންދާއިރު، ރިސޯޓްތަކުން ވެސް ޕޮޒިޓިވް ކޭސްތައް ދަނީ ފެންނަމުންނެވެ.

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު