Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާމެންދޫގައި މާރާމާރީއެއް ހިނގުން

2 އަހަރުތެރޭ ގްރޫޕް މާރާމާރީއެއްގައި ފުރަތަމަ މަރު: މާމެންދޫ 17 އަހަރުގެ ކުއްޖެއް!

މިވަގުތު ފުލުހުންގެ ޓީމެއް ގއ މާމެންދޫގައި ޙަރަކާތްތެރިވަމުންދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 ފެބުރުއަރީ 2021 | ހޯމަ 19:14
ގއ މާމެންދޫގައި ހިނގި މާރާމާރީގައި އަނިޔާވި ކުއްޖާ ހޮސްޕިޓަލަށް ގެންދަނީ، - މި ޙާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން މައުލޫމާތު ދޭ

ގއ މާމެންދޫގައި ހިނގި މާރާމާރީގައި އަނިޔާވި ކުއްޖާ ހޮސްޕިޓަލަށް ގެންދަނީ، - މި ޙާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން މައުލޫމާތު ދޭ

ގއ މާމެންދޫގައި ހިނގި މާރާމާރީއެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު މަރުވެއްޖެއެވެ.

ހޯމަ ދުވަހުގެރޭ ހިނގި މި ޙާދިސާއާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން މާމެންދޫ ކައުންސިލުގެ ރައީސް މުޙައްމަދު ޒައީމް ވިދާޅުވީ، ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މި މާރާމާރީ ހިނގާފައިވަނީ ހޯމަ ދުވަހުގެރޭ 09:30 ގެ ފަހުން ކަމަށެވެ. އަދި މި މާރާމާރީގައި ނިޔާވެފައިވަނީ އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔު ނަމަކަށް ކިޔާ ކުއްޖެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޒައީމް ވިދާޅުވީ އޭނާ ނިޔާވެފައިވަނީ ގއ ވިލިނގިލީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. އަދި މާރާމާރީއާ ގުޅިގެން ޒަޚަމްވި އިތުރު ކުއްޖަކު އިތުރު ފަރުވާއަށް ވިލިނގިއްޔަށް ގެންގޮސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޒައީމް އިތުރަށް ވިދާޅުވީ، މިވަގުތު ފުލުހުންގެ ޓީމެއް ގއ މާމެންދޫގައި ޙަރަކާތްތެރިވަމުންދާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މި މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ހޯމަ ދުވަހުގެރޭ 22:10 ހާއިރު ކަމަށެވެ. އަދި މިކަން އިތުރަށް ތަހުޤީޤު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ޢަދި އުދައްޔު ނިޔާވެފައިވާކަން ވިލިނގިލީ ހޮސްޕިޓަލުން ކަށަވަރު ކޮށްދީފައިވާކަންވެސް ފުލުހުން ފާހަގަ ކޮށްފައިވެއެވެ.

އެކަމާ ގުޅޭގޮތުން ފުލުހުންގެ ކޮމިޝަނަރ މުޙައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ޙާދިސާގައި އުދައްޔު ނިޔާވެފައިވާއިރު، ޒަޙަމްވި ދެވަނަ ކުއްޖާގެ ޙާލުވެސް ސީރިއަސް ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ޝައްކު ކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަން ފާހަގަ ކުރައްވައި ޙަމީދު ވިދާޅުވީ، މި މައްސަލަ މިހާރު ބަލަމުންދަނީ ފުލުހުންގެ ސީރިއަސް އެންޑް އޮރގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ކަމަށެވެ.

ސީޕީ ޙަމީދު ވަނީ މި މައްސަލަ ތަހުޤީޤު ކުރުމުގައި ފުލުހުންނަށް އެއްބާރުލުން ދެއްވުމަށް އެރަށު ރައްޔިތުންގެ ކިބައިން އިލްތިމާސް ކުރައްވާފައެވެ.

މިއީ 2019 ވަނަ އަހަރުގެ ފަހުން ގްރޫޕް މާރާމާރީއެއްގައި މީހެއްގެ ފުރާނަ ދިޔަ ފުރަތަމަ ފަހަރެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު