Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ސިޓީން ކޮވިޑް-19ގެ ކޭސްތައް ފެނުން

އައްޑޫ ސިޓީގައި ކޮވިޑް-19ގެ ދެ ކްލަސްޓަރ، ކޭސްތައް އިތުރު!

8 ފެބުރުއަރީ 2021 | ހޯމަ 08:57

ހުޅުމީދޫއިން ކޭސް ފެނުނީ މިމަހުގެ ހަތަރު ވަނަ ދުވަހު

އަމްނާ އިމާދު
އަމްނާ އިމާދު | 8 ފެބުރުއަރީ 2021 | ހޯމަ 08:57
އައްޑޫ ސިޓީ ހުޅުމީދޫ، ކޮންމެހެން ބޭރަށް ނުކުންނަން ޖެހިގެން މެނުވީ ނުނިކުތުމަށް ވަނީ އިލްތިމާސްކޮށްފައި

އައްޑޫ ސިޓީ ހުޅުމީދޫ، ކޮންމެހެން ބޭރަށް ނުކުންނަން ޖެހިގެން މެނުވީ ނުނިކުތުމަށް ވަނީ އިލްތިމާސްކޮށްފައި

އައްޑޫ ސިޓީން ކޮވިޑް-19ގެ ކޭސްތައް ފެންނަމުންދާއިރު، ދެ ކްލަސްޓަރއެއް ފެނިފައިވާ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

އާދިއްތަ ދުވަހުގެ ރޭ އެޗް.އީ.އޯ.ސީ.ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އަތޮޅުތެރޭގެ ކަންކަން ކޯޑިނޭޓްކުރާ ޓީމުގައި އިސްކޮށް ހުންނަވާ އެޗް.ޕީ.އޭ.ގެ އޮފިސަރު އަބްދުލް މައުރޫފް ވިދާޅުވީ އައްޑޫ ސިޓީގެ ހުޅުމީދޫ އާއި ހިތަދޫއިން ކޭސްތައް ފެނިފައިވާތީ އިތުރަށް ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ. އައްޑޫ ސިޓީ މިހާރު މޮނިޓަރިންއަށް ލާފައިވާއިރު، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް މައުރޫފް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މައުރޫފް ވިދާޅުވީ ހިތަދޫ ކްލަސްޓަރއިން އެންމެ ފުރަތަމަ ދެމީހަކު ޕޮޒިޓިވްވީ މިމަހުގެ 5 ދުވަހު ކަމަށާއި، އެދެ މީހުންނާ ކޮންޓެކްޓުވި ދެ މީހުން މިމަހުގެ 6 ވަނަ ދުވަހު ޕްޒިޓިވްވެފައިވާ ކަމަށެވެ. މައުރޫފް ވިދާޅުވީ ހިތަދޫއިން ފުރަތަމަ ޕްޒިޓިވްވި ދެ މީހުންނާ ކޮންޓެކްޓް ވެފައިވާ އިތުރު މީހެއް ގދ. ތިނަދޫގައި ހުރުމާއެކު ސާމްޕަލް ނަގައި ޓެސްޓު ކުރުމުން އެމީހާ މި މަހުގެ 7 ވަނަ ދުވަހު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިކޭސްއާ ގުޅިގެން ތިނަދޫ ވެސް މޮނިޓަރިންގެ ހާލަތަށް ލާފައިވާކަން ފާހަގަކުރައްވައި މައުރޫފް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ހުޅުމީދޫ ކްލަސްޓަރއާ ގުޅޭ ގޮތުން މައުރޫފް ވިދާޅުވީ އެމް.ޓީ.ސީ.ސީ.ގެ ސައިޓްގައި މަސައްކަތް ކުރާ ހަތަރު މީހުން ބައްޔަށް ޕޮޒިޓިވްވެގެން ދިޔައީ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ކަމަށެވެ.

މިދެ ކްލަސްޓަރއާ ގުޅިގެން މުޅި ސަރަހައްދުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށުން ކޭސްތަކުގެ ކޮންޓެކްޓުން އެބަ ތިބި ކަމަށް މައުރޫފް ފާހަގަކުރެއްވިއެވެ. އެހެންކަމުން ކްލަސްޓަރގެ ކޮންޓެކްޓެއް ވެފައިވާނަމަ އައްޑޫގައި ގާއިމުކުރެވިފައިވާ ހޮޓްލައިން ނުވަތަ ޓާސްކްފޯސްއަށް ރިޕޯޓުކުރުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ. އަދި މިހާލަތުގައި ޒަރޫރީ ބޭނުމެއްގައި މެނުވީ ބޭރަށް ނުނުކުތުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް