Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ7 ފެބްރުއަރީ ބަޣާވާތް

ބަޣާވާތަށް 9 އަހަރު ފުރުމުގެ ހަނދާން ރައީސް ނަޝީދު އައު ކުރެއްވީ ޅެން ބައިތަކުން

7 ފެބުރުއަރީ 2021 | އާދީއްތަ 14:12

ޅެންބައިތެއް ހިއްސާ ކުރައްވައި އެމަނިކުފާނުގެ ޝުއޫރު ހިއްސާ ކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ފެބުރުއަރީ 2021 | އާދީއްތަ 14:12
7 ފެބްރުއަރީގައި ސަލާމަތީ ބާރުތަކުން ވެރިކަމާ ދެކޮޅަށް ނުކުތުމުން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެގެން ދިޔަ

7 ފެބްރުއަރީގައި ސަލާމަތީ ބާރުތަކުން ވެރިކަމާ ދެކޮޅަށް ނުކުތުމުން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެގެން ދިޔަ

7 ފެބްރުއަރީގައި ބަޣާވާތަކުން ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހުގެ ހަނދާންތައް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޅެން ބައިތަކުން އައު ކުރައްވައިފިއެވެ.

އާދިއްތަ ދުވަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ ޅެންބައިތެއް ހިއްސާ ކުރައްވައި އެމަނިކުފާނުގެ ޝުއޫރު ހިއްސާ ކުރައްވާފައެވެ.

Advertisement - newsAdvertisement

" ހަނދާންތައް ހިތުގައި ވިކަމުން ގެނުވަނީ ފިލުވޭ ތަދެއް ނޫނޭ،

އަދާ ހަމައަށް މި ޙާލަތު ގެނައުމީ ކުޑަ ކުޑަ ކުށެއް ނޫނޭ،

ޒަމާންތަކަކަށް ވި ޤުރުބާނީ ފަނާވެވި ޖިސްމު އިންސާނީ،

އަމާންކަން ނެއްޓި އުދުވާނީ މައާފް ކުރާ ވަރެއް ނޫނޭ"

ރައީސް ނަޝީދުގެ މި ޅެންބައިތުގައި ސީދާ ބަޣާވާތުގެ ވާހަކަ ހިމަނުއްވާފައި ނުވި ނަމަވެސް، މިއީ 7 ފެބްރުއަރީއަށް 9 އަހަރު ފުރުމުގެ ހަނދާންތައް އައު ކުރެއްވުމަށް ހިއްސާ ކުރެއްވި ޅެމެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

7 ފެބްރުއަރީގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފެއްދި ކޮމިޝަނުން އެ މައްސަލަ ތަހުޤީޤުކޮށް، ތަންފީޒުކުރަންޖެހޭ ކަންކަން ބަޔާން ކޮށްފައިވާއިރު، ކޯނީ ރިޕޯޓްގައި ބަޔާންކޮށްފައިވާ ފަރާތްތަކާމެދު ފިޔަވަޅުއަޅާފައި ނުވުމުން ރައީސް ނަޝީދު ވަނީ މީގެ ކުރިންވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން 7 ފެބްރުއަރީގައި ފުލުހުން ނުކުމެ ހިންގި ބަޣާވަތް އެއީ ނުހިނގާ ކަމެއްގެ ގޮތުގައި ދެކި ފުލުހުންގެ ޤާނޫނަށް އިސްލާޙު ގެންނަން ވިސްނައިގެން ނުވާނެ ކަމަށެވެ. އަދި އެއީ ޒަމާންތަކެއް ވަންދެން ރާއްޖެއަށް ދެވޭނެ ބޮޑު ގެއްލުމެއްގެ ގޮތުގައި ރައީސް ނަޝީދު ސިފަ ކުރެއްވިއެވެ.

ސަލާމަތީ ބާރުތަކުން އޭރު ޤައުމަށް ވެފައިވާ ޣައްދާރީ ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކޯނީ ރިޕޯޓްގައި ބަޔާން ކޮށްފައިވާ ކަންކަން ތަންފީޒު ކުރަންޖެހޭ ކަމަށް ރައީސް ނަޝީދު ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ. އަދި އެކަންކަން ނުކުރާހާ ހިނދަކު އަނެއްކާވެސް ސަލާމަތީ ބާރުތަކުން ވެރިކަން ވައްޓާލުމަށް ނުނިކުންނާނެ ކަމަށް ވިދާޅުވަން ކެރިވަޑައިނުގަންނަވާނެ ކަމަށް ރައީސް ނަޝީދު އޭރު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާމެދު، ގިނަ ބައެއްގެ, ހާއްސަކޮށް، އެމްޑީޕީއާއި އެޕާޓީގެ ސަޕޯޓަރުންގެ މެދުގައި އަބަދުވެސް ހިތްހަމަ ނުޖެހުން އޮވެއެވެ.

އެންމެ ހިނގާ

1

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

2

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

3

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

4

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

5

ޕާކިސްތާނާއި ރާއްޖެއާ ދެމެދު ގާއިމުކުރި އެއްބަސްވުންތައް ވަރަށް ގާތުން ބަލައި، އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް އިންޑިއާއިން ބުނެފި

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް