Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 އައްޑޫ ސިޓީ

އޭވްސްކޮމްގެ މުވައްޒަފުން ދިޔައީ ނެގެޓިވް ޕީސީއާރް ނަތީޖާއާއެކު ގައިޑްލައިންތަކާ އެއްގޮތައް

7 ފެބުރުއަރީ 2021 | އާދީއްތަ 10:36

އައްޑޫއަށް ބަލި ފެތުރުނީ ޚާއްޞަ ހުއްދައިގެ ދަށުން އައި މީހެއްގެ ފަރާތުން ކަމަށް އައްޑޫގެ މޭޔާރވަނީ ވިދާޅުވެފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 7 ފެބުރުއަރީ 2021 | އާދީއްތަ 10:36
އޭވްސްކޮމްގެ ޓްރެއިނިންގއެއްގެ ތެރެއިން

އޭވްސްކޮމްގެ ޓްރެއިނިންގއެއްގެ ތެރެއިން

އޭވިއޭޝަން ސެކިއުރިޓި ކޮމާންޑް (އޭވްސްކޮމް) މުވައްޒަފުން އައްޑޫ ސިޓީއަށް ދިޔައީ ނެގެޓިވް ޕީސީއާރް ނަތީޖާއާއެކު ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް އެ އިދާރާއިން ބުނެފިއެވެ.

މިފަދައިން އޭވިއޭޝަން ސެކިއުރިޓި ކޮމާންޑުން ބުނެފައި މި ވަނީ އައްޑޫސިޓީން 2 މީހަކު ކޮވިޑް-19 ށް ޕޮސިޓިވް ވެފައިވަނީ މާލެއިން ޚާއްޞަ ހުއްދައިގެ ދަށުން ދިޔަ ބައެއްގެ ފަރާތުން ކަމަށް ޚަބަރުތައް ފެތުރެން ފެށުމާ ގުޅިގެންނެވެ. މިކަމާ ގުޅޭގޮތުން އޭވްސްކޮމުން ނެރުނު ނޫސްބަޔާނެއްގައި ވަނީ އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ޞާދިޤްއާ ޙަވާލާދީ ބައެއް މީޑިއާތަކުގައި ޝާއިޢުކޮށްފައިވާ ޚަބަރުގައި، އޭވިއޭޝަން ސެކިއުރިޓި ކޮމާންޑްގެ މުވައްޒަފުންގެ ފަރާތުން ކޮވިޑް-19 ފެތުރުނު ކަމަށް ތުހުމަތު ކޮށްފައިވާތީ އެކަމުގެ މަޢުލޫމާތު ސާފުކޮށްދީފައެވެ.

Advertisement - newsAdvertisement

އޭވިއޭޝަން ސެކިއުރިޓި ކޮމާންޑުން ވަނީ އެ އިދާރާގެ ޓްރެއިނިންގ ޔުނިޓްގެ 2 މުވައްޒަފުން، އައްޑޫސިޓީގައި ކުރިޔަށް ގެންދިޔަ ޓްރެއިނިންގއަކަށް ގޮސް ފައިވަނީ 2 ފެބްރުއަރީ 2021 ވަނަދުވަހު ކަމަށް ބުނެފައެވެ. މި ޓްރެއިނިންގއަށް މުވައްޒަފުން ގޮސްފައިވާނީ، އެޗް.ޕީ.އޭގެ ގައިޑްލައިންއާ އެއްގޮތަށް ޕީ.ސީ.އާރް ޓެސްޓް ހަދައި ނެގެޓިވް ނަތީޖާ ލިބުމުން ކަމަށް އޭވްސްކޮމްއިން ވަނީ ސާފުކޮށްދީފައެވެ. މި ސަބަބައްޓަކައި މި މުވައްޒަފުންގެ ފަރާތުން މި ބަލި ފެތުރުނުކަމަށް ތުހުމަތުކޮށް ޚަބަރު ފަތުރާފައިވަނީ ޒިންމާދާރުކަން ކުޑަގޮތަކަށް ކަމުގައި އޭވްސްކޮމްއިން ވަނީ ބުނެފައެވެ.

އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ޤަވާއިދުން ޓްރެއިންކުރަންޖެހޭ ބަޔެއްކަން ފާހަގަކޮށް އޭވްސްކޮމްއިންވަނީ، ކޮންމެހެން ކުރަން ޖެހޭ ޓްރެއިންގ ކުރިޔަށް ގެންދިޔުމުގައި، އެޗް.ޕީ.އޭ އިން އާއްމުކުރާ ގައިޑްލައިންތަކަށް ފުރިހަމައަށް ތަބާވެ، އޭވްސްކޮމް މުވައްޒަފުން މަސައްކަތް ކުރަނީ ޒިންމާދާރުކަމާއެކުގައި ކަމުގެ ޔަޤީންކަން ވަނީ ދީފައެވެ. އޭވްސްކޮމްއިން ވަނީ މިފަދަ ހައްސާސް މައްސަލައެއްގައި ކަންހިނގާފައިވާ ގޮތަށް ރިޢާޔަތްނުކޮށް، އެ އިދާރާގެ މުވައްޒަފުންގެ ބޮލުގައި އިލްޒާމް އަޅުވައި، އެކަމުގައި މުވައްސަސާ ބަދުނާމުކޮށް ޚަބަރުފެތުރުމަކީ ކޮމާންޑުން ބަލައިގަންނާނެ ކަންކަން ނޫން ކަމުގައި ބުނެފައެވެ.

އައްޑޫގައި ކޮވިޑް-19 ފެތުރެން ފަށާފައިވަނީ ޚާއްޞަ ހުއްދައިގެން ދަށުން މާލެ ފުރައިގެން އައްޑޫއަށް އައި މީހެއްގެ ފަރާތުން ކަމަށް ގަބޫލުކުރެވޭކަމަށް އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ޞާދިޤާ ޙަވާލާދީ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ޚާއްޞަ ހުއްދައިގެ ދަށުން ގިނަ ބަޔަކު ދަތުރު ކުރަމުން އަންނަ ކަމަށް އައްޑޫ ސިޓީގެ މޭޔަރ ވަނީ ވިދާޅުވެފައެވެ. އެމީހުންނަށް އޮންނަނީ ވަކި މިންގަނޑެއް ދީފައިކަން ފާހަގަކުރައްވައި އަބްދުﷲ ޞާދިޤް ވަނީ ކޮންމެ މީހަކު އުޅޭ ގޮތް ވަކިން ނުބެލޭ ކަމަށް ވިދާޅުވެފައެވެ.

ހިތަދޫގެ ފްލޫ ކްލިނިކަށް ދެއްކި ދެ މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އައްޑޫ މިވަގުތު އޮތީ މޮނީޓަރިންގެ ހާލަތުގައެވެ. އެ ދެ މީހުންނާ ކޮންޓެކްޓުވި ފަސް މީހަކު މިހާތަނަށް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި އިތުރަށް ގޯސްވެ، މާލެ ސަރަޙައްދުން ގިނަ ޕޮޒިޓިވް ކޭސްތަކެއް ދަނީ ފެންނަމުންނެވެ. އަދި ބައެއް ރަށްތަކުން ވެސް ޕްޒޮޓިވް ކޭސްތައް ފެންނަމުންދާއިރު، ރިސޯޓްތަކުން ވެސް ޕޮޒިޓިވް ކޭސްތައް ދަނީ ފެންނަމުންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް