Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލިސް ލައިބްރަރީ ހުޅުވުން

ރައްޔިތުންގެ މަޖިލީހުގެ ކުތުބުޚާނާ އަދި ޑިޖިޓަލް އަރކައިވް އިފްތިތާޙްކޮށްފި

މަޖިލީހުގެ މެންބަރުންނަށާއި މުވައްޒަފުންނަށް ފޮތް ދޫކުރުމުގެ ޚިދުމަތްތަކާއި، ރިފަރެންސްގެ ޚިދުމަތްތައް އަދި ކޮމްޕިއުޓަރ ޓާމިނަލްތަކުގެ ޚިދުމަތްތައް ހިމެނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 5 ފެބުރުއަރީ 2021 | ހުކުރު 03:07
ރައްޔިތުންގެ މަޖިލީހުގެ ލައިބްރަރީ އަދި ޑިޖިޓަލް އާކައިވް ހުޅުވައިދެއްވުމަށްފަހު އެތަން ރައީސްގެ ދެކަނބަލުންނާއި މަޖިލިސް ރައީސް ބައްލަވާލައްވަނީ

ރައްޔިތުންގެ މަޖިލީހުގެ ލައިބްރަރީ އަދި ޑިޖިޓަލް އާކައިވް ހުޅުވައިދެއްވުމަށްފަހު އެތަން ރައީސްގެ ދެކަނބަލުންނާއި މަޖިލިސް ރައީސް ބައްލަވާލައްވަނީ

ރައްޔިތުންގެ މަޖިލީހުގެ ގިނަ ދުވަސްވީ ލިޔުންތަކާއި ޔައުމިއްޔާތަކާއި މަޖިލީހުގެ ކަން ހިންގަމުންދިޔަގޮތުގެ ލިޔުންތަކާއި އަދި ކުރީއްސުރެ ފަށައިގެން އުފެދިގެން އައި ޤާނޫނުތައް ފެންނަގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކުތުބުޚާނާ އަދި ޑިޖިޓަލް އަރކައިވް އިފްތިތާޙްކޮށްފިއެވެ.

ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވުނު ޙަފްލާގައި ރައްޔިތުންގެ މަޖިލީހުގެ ކުތުބުޚާނާ އަދި ޑިޖިޓަލް އަރކައިވް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުތުބުޚާނާއިން މިވަގުތު ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ ތެރޭގައި މަޖިލީހުގެ މެންބަރުންނަށާއި މުވައްޒަފުންނަށް ފޮތް ދޫކުރުމުގެ ޚިދުމަތްތަކާއި، ރިފަރެންސްގެ ޚިދުމަތްތަކާއި އަދި ކޮމްޕިއުޓަރ ޓާމިނަލްތަކުގެ ޚިދުމަތްތައް ހިމެނެއެވެ. މަޖިލީހުގެ ކުތުބުޚާނާގެ ޚިދުމަތް އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 8:30ން މެންދުރުފަހު 1:30ށް އަދި ރަމަޟާން މަހު އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 9:30ން މެންދުރު 12:30 ހަމައަށް ލިބޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުތުބުޚާނާއިން ލިބެން ހުރި މަޢުލޫމާތުތައް ބެހިގެންވަނީ މައިގަނޑު 4 ދާއިރާއަކަށެވެ. އެއީ، ޢާންމު މަޢުލޫމާތު، ރިފަރެންސް، ދިވެހިރާއްޖެއާ ގުޅުންހުރި މަޢުލޫމާތު އަދި ޚާއްޞަ ކަލެކްޝަންތަކަށެވެ. ޚާއްޞަ ކަލެކްޝަންތަކުގެ ދަށުން ވެރިކަން ހިންގުމުގެ ބާރާއި، ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި، މިނިވަން މުސްތަޤިއްލު މުއައްސަސާތަކާ ގުޅުންހުރި މަޢުލޫމާތުތަށް ލިބޭނެއެވެ. އަދި، ޢާންމު ކަލެކްޝަނުން ގިނަވެގެން ކޮންމެވެސް 2 ފޮތެއް 14 ދުވަސް ވަންދެން ގެންދިއުމުގެ ހުއްދަ މަޖިލީހުގެ ލައިބްރަރީގެ ޚިދުމަތްތަކުގެ ބޭނުންކުރައްވާ ފަރާތްތަކަށް ލިބޭނެއެވެ.

މަޖިލީހުގެ ޑިޖިޓަލް އާކައިވް މެދުވެރިކޮށް ލިބެންހުރި މަޢުލޫމާތުތަކުގެ ތެރެއިން ދިވެހި ރައްޔިތުންގެ މަޖިލީހުގެ ތާރީޚާއި، މަޖިލީހުގެ ތާރީޚުގައި މިހާތަނަށް ބޭއްވި ޖަލްސާތަކާއި، އިއްވާފައިވާ ރިޔާސީ ބަޔާންތަކާއި، އަހަރީ ބަޖެޓުގެ މަޢުލޫމާތުތައް ފާހަގަކޮށްލެވޭއިރު، އޭގެ އިތުރަށް ވެސް މުހިއްމު އެހެނިހެން މަޢުލޫމާތުތައް ތަފްސީލުކޮށް ލިބެން ހުންނާނެއެވެ. މަޖިލީހުގެ ތާރީޚާއި މަސައްކަތާއި ގުޅުންހުރި މަޢުލޫމާތު ހޯދައި ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އާކައިވް ބޭނުންކުރެވޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުތުބުޚާނާ 2006 ގައި ފުރަތަމަ ހުޅުއްވުމަށްފަހު ޖާގައިގެ ދަތިކަމާ ގުޅިގެން ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގައި އުދަގޫތަކެއް ކުރިމަތިވީނަމަވެސް، މަޖިލީހުގެ އައު އިމާރާތް ހުޅުވުމުގެ ސަބަބުން މިކަމަށް ހައްލެއް ލިބިގެން ދިޔައެވެ. މަޖިލީހުގެ ލިޔުންތައް ޑިޖިޓަލް ކުރުމުވެ މަސައްކަތް ފެށުނީ 2019 ގައެވެ. އަދި، ކުރިއަށްއޮތް ތަނުގައި އިތުރު ފުރިހަމަކަމާ އެކީ ރައްޔިތުންގެ މަޖިލީހުގެ ކުތުބުޚާނާ އަދި ޑިޖިޓަލް އަރކައިވްގެ އިތުރު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް މަޖިލީހުގެ އިދާރާއިން ކުރަމުންދާނެއެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
30 ޖެނުއަރީ 2017

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު