Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ ބަޔާން

ރިޔާސީ ބަޔާނާއި އޭގެ ތާރީޚު އަކުރުން އަކުރަށް!

4 ފެބުރުއަރީ 2021 | ބުރާސްފަތި 13:23

އެންމެ ފުރަތަމަ ރިޔާސީ ބަޔާނެއް އިއްވީ 1933ގައި

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 4 ފެބުރުއަރީ 2021 | ބުރާސްފަތި 13:23
ރައްޔިތުންގެ މަޖިލީހުގެ މަޖިލިސްކުރާ މާލަން

ރައްޔިތުންގެ މަޖިލީހުގެ މަޖިލިސްކުރާ މާލަން

ރިޔާސީ ބަޔާނަކީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައި ކޮންމެ އަހަރަކު އެއްފަހަރު އިއްވުން ލާޒިމްކުރާ އެއްޗެކެވެ. ގާނޫނު އަސާސީ ބުނާގޮތުން ރިޔާސީ ބަޔާނަކީ ކޮންމެ އަހަރެއްގެވެސް ރައްޔިތުންގެ މަޖިލިސް ފެށޭ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި އެ އިރެއްގައި ހުންނަވާ ބޭފުޅަކު ދެއްވުން ލާޒިމް ބަޔާނެކެވެ.

ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާގޮތުން ކޮންމެ ރިޔާސީ ބަޔާނެއްގައިވެސް އެ އިރެއްގައި ގައުމުގެ ހާލަތު އޮތް ގޮތާއި ގައުމުގެ ހާލަތު ރަނގަޅުކުރުމަށް ރާވާފައިވާކަންކަމާއި ރަނގަޅު ކުރެވޭނެހެން ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވާ ކަންކަން އެ ބަޔާނުގައި ހިމަނަން ޖެހޭނެއެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބުރާސްފަތި ދުވަހު 2021 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވެވިއިރު އެއީ އެމަނިކުފާނުގެ ތިން ވަނަ ރިޔާސީ ބަޔާނެވެ. 2018 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު 2019 އަދި 2020 ވަނަ އަހަރުވެސް އެމަނިކުފާނު ރިޔާސީ ބަޔާން އިއްވަވާފައިވެއެވެ. ނަމަވެސް އެ ދެ އަހަރާއި މިއަހަރާ އޮތް މައިގަނޑު ތަފާތަކީ މި އަހަރު ރިޔާސީ ބަޔާން އިއްވުމާ ހަމައަށް އައިއިރު ކޮވިޑް-19ގެ ސަބަބުން ގައުމުގެ އިގްތިސޯދު އަނދަވަޅަކަށް ވެއްޓި އިސްލާހުކުރަން ޖެހޭ އެތައްކަމަކާއި ފޫބައްދަން ޖެހޭ އެތައް ގެއްލުންތަކެއް ހުރުމެވެ. މުޅި 2021 ވަނަ އަހަރަކީ މުޅިން އެކީ ރިކަވަރީގެ އަހަރަކަށް ހަދަން ޖެހިފައިވުމެވެ. ކޮންމެއަކަސް ރައީސްގެ ރިޔާސީ ބަޔާނުގައި ގާނޫނު ލާޒިމްކުރާ ނުކުތާތައް ވަރަށް ފުރިހަމައަށް ބަޔާންކޮށްފައިވެއެވެ.

އެގޮތުން ފާއިތުވެގެން ދިޔަ 2020 ވަނަ އަހަރު ގައުމުގެ ހާލަތު އޮތްގޮތާއި އެ ހާލަތުން އަރައިގަތުމަށް ކޮށްފައިވާ މަސައްކަތްތަކާއި މިހާރު ގައުމު އޮތް ހާލަތުގެ އިތުރަށް ފެށިގެން ކުރިއަށް މިދާ 2021 ވަނަ އަހަރު ކުރިއަށް ކުރަން ނިންމަވާފައިވާ ކަންކަމާއި ޕްރޮޖެކްޓުތައް ވެސް ރައީސް އިއުލާންކުރައްވާފައިވެއެވެ.

ގާނޫނު އަސާސީގެ އިތުރަށް ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވެސް ރިޔާސީ ބަޔާން އިއްވުމާއި، ރިޔާސީ ބަޔާނުގައި ހިމަނަންޖެހޭ ކަންކަމުގެ ތަފްސީލްތައް ވަރަށް ފުރިހަމައަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 32 ވަނަ މާއްދާގައިވާގޮތުން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުން އެއިރެއްގައި ސަރުކާރު ހިންގާ ޕާޓީ ނޫން ދެން މަޖިލީހުގައި އެންމެ ގިނައިން މެމްބަރުން ތިބި ޕާޓީއަކުން ރިޔާސީ ބަޔާނަށް ޖަވާބު ދޭން ޖެހެއެވެ. އެ ޖަވާބު ތައްޔާރުކުރަން ޖެހެނީވެސް ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ނޫން ދެން ތިބި ޕާޓީތަކުގެ މެމްބަރުންގެ ހިޔާލު ހިމަނައިގެންނެވެ. އަދި މި ޖަވާބު ރިޔާސީ ބަޔާން އިއްވާތާ 14 ދުވަސް ތެރޭގައި އިއްވުންވެސް ގަވާއިދުގައިބުނާގޮތުން ލާޒިމްވެއެވެ.

ރާއްޖޭގައި ރިޔާސީ ބަޔާން އިއްވުމުގެ ތާރީޚަށް ބަލާއިރު އެންމެ ފުރަތަމަ އެކަން ފަށާފައިވަނީ 1933 ވަނަ އަހަރުގައެވެ. އެއީ ރާއްޖޭގައި އެންމެ ފުރަތަމަ ގާނޫނު އަސާސީއެއް ފާސްކުރެވި އެއަށް އަމަލުކުރަން ފެށިއިރު، އައްސުލްތާން މުހައްމަދު ޝަމްސުއްދީން އިސްކަންދަރުގެ ރަސްކަމުގައެވެ. އޭރު ރިޔާސީ ބަޔާން އިއްވާފައިވަނީ ހުތުބަތުލް އަރުޝުގެ ނަމުގައެވެ. އޭރުވެސް ރިޔާސީ ބަޔާނުގައި ހިމެނެނީ ހަމަ މިހާރުވެސް އެ ބަޔާނުގައި ހިމެނުން ގާނޫނުން ލާޒިމްކޮށްފައިވާ މައުލޫމާތުތަކެވެ.

ފަހުން ދިވެހިރާއްޖެ ޖުމްހޫރިއްޔަތަކަށް ބަދަލުވެ އެންމެ ފުރަތަމަ ވެރިކަން ކުރެއްވި ރައީސް އިބްރާހިމް ނާސިރުގެ ދައުރުގައި ހުތުބަތުލް އަރުޝުގެ ނަން އިނގިރޭސިވެ ޕްރެސިޑެންޝަލް އެޑްރެސްއަށް ބަދަލުކުރެއްވިއެވެ. ރައީސް ނާސިރުގެ ދައުރު ނިމެންދެން އެގޮތުގައި އޮތުމަށް ފަހު ރައީސް މައުމޫންއާ ހަމައިން ނަން ބަދަލުވީ ރިޔާސީ ބަޔާނަށެވެ. އޭރުއްސުރެ އަދާ ހަމައަށްވެސް ރިޔާސީ ބަޔާނުގެ ގޮތުގައި މި ބަޔާން އިއްވަމުން އަންނަތާ 40 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އަދިވެސް ބަޔާނުގައި ހިމެނެނީ ހަމަ އެންމެ ފުރަތަމަ ވެސް އޭގައި ހިމެނުން ލާޒިމްކުރި މުހިންމު މައުލޫމާތުތަކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
23 ޖެނުއަރީ 2017

ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!

23 ޖެނުއަރީ 2017
ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް