Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްތުވާތަކެތީގެ ފަރުވާ ފުޅާކުރުން

ކަޅައިދޫގައި ހަދާ ރިހެބިލިޓޭޝަން މަރުކަޒުގައި ތަޢުލީމާއި ހުނަރުގެ މުހިންމު ޕްރޮގްރާމްތައް ހިންގާނެ: ރައީސް

މިއީ އެމަނިކުފާނުގެ 3 ވަނަ ރިޔާސީ ބަޔާން އިއްވެވުމަށް ބޭއްވި ޚާއްސަ ޖަލްސާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 ފެބުރުއަރީ 2021 | ބުރާސްފަތި 05:20
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ރިޔާސީ ބަޔާން އިއްވަވައިދެއްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ރިޔާސީ ބަޔާން އިއްވަވައިދެއްވަނީ

މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތް ކުރުމަށް ލ އަތޮޅު ކަޅައިދޫގައި ހަދާ ރިހެބިލިޓޭޝަން ސެންޓަރުގައި ތަޢުލީމާ ހުނަރުގެ މުހިއްމު ޕްރޮގްރާމްތަކެއް ކުރިއަށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މަޖިލިސް ހުޅުވައިދެއްވައި، އެމަނިކުފާނުގެ 3 ވަނަ ރިޔާސީ ބަޔާން އިއްވެވުމަށް ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ކޮވިޑުގެ މި ޙާލަތުގައި ވެސް ޙައްލު ނުކުރެވި ހުރި އިޖުތިމާޢީ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިންވެސް ގެވެށި އަނިޔާގެ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތަކަށް ރައީސް ޞާލިޙު އަލިއަޅުވާލެއްވިއެވެ.

މަސްތުވާތަކެތީގެ މައްސަލަތަކަކީ އަވަސް ޙައްލު ބޭނުންވާ މައްސަލަތަކެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މަސްތުވާތަކެތިން ޒުވާނުން ސަލާމަތްކުރުމަށް އެކުލަވާލާފައިވާ އެކްޝަން ޕްލޭންގެ ދަށުން، މިއަހަރު ކުރާނެ އެންމެ މުހިއްމު ކަމަކީ، އެފަދަ މީހުން އަނބުރާ މުޖްތަމަޢުއަށް ގެނައުމަށްޓަކައި، ވަށައިޖެހޭ ފަރުވާގެ ނިޒާމެއް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކުރުން ކަމަށެވެ. އަދި އޭގެ ތެރެއިންވެސް ލ. ކަޅައިދޫގައި ހަދާ މަރުކަޒުގައި ތަޢުލީމާއި ހުނަރުގެ މުހިންމު ޕްރޮގްރާމްތައް ހިންގާނެކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް ޑްރަގް އޮފެންޑާޒް ރިމާންޑް ސެންޓަރެއް ހެދުމަކީ 2011 ވަނަ އަހަރު ޢަމަލުކުރަން ފެށި މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުން ލާޒިމްކޮށްފައި އޮތް ކަމެއް ކަމަށެވެ. އަދި 10 އަހަރަށް ފަހު މާލެ އަތޮޅު ގުޅީފަޅުގައި އެމަރުކަޒު ޤާއިމުކޮށް، އެތަނުގައި ބައެއް މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް މިހާރު ފެށިފައިވާކަން ރައީސް ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ފާހަގަ ކުރެއްވިއެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށްފަހު މަސްތުވާތަކެތީގެ ވަބާ ހުއްޓުވުމަށް ޚާއްޞަ މަސައްކަތްތަކެއް ވަނީކޮށްފައެވެ. އެގޮތުން 2020ވަނަ އަހަރު ފާހަގަކުރެވުނީ މި މަސައްކަތްތައް ބަލިމަޑުކަމުގެ ޙާލަތުގައި ވެސް އެންމެ ބާރަށް ކުރިއަށްގެންދިޔަ އަހަރުގެ ގޮތުގައެވެ. އެގޮތުން ހދ. ހަނިމާދޫ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގައި ޑީޓޮކްސިފިކޭޝަންގެ ޚިދުމަތް 2020ވަނަ އަހަރު ވަނީ ދޭން ފަށާފައެވެ.

އަދި އެން.ޑީ.އޭ.ގައި ޤާއިމުކޮށްފައިވާ ގަގަން ކްލިނިކުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ފަރުވާގެ ޚިދުމަތްތައް ދޭން ފަށާފައިވަނީ ވެސް މިދިޔަ އަހަރެވެ. ހަމައެހެންމެ އައްޑޫ ސިޓީ ހުޅުމީދޫގައި ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް ފަށައި ހުޅުމާލޭގައި ހުރި ހާފްވޭހައުސްގެ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި އެތަނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެތަން މަރާމާތުކުރުމުގެ މަސައްކަތް ވެސް މިދިޔަ އަހަރުން ފެށިގެންދަނީ ކުރަމުންނެވެ. އަދި ގއ. ވިލިނގިލީގައި އައުޓްޕޭޝަންޓް ކޮމިއުނިޓީ ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަނަށް އަމާޒުކޮށްގެން "ދަގެނާ"ގެ ނަމުގައި ޚާއްޞަ ސެންޓަރެއް ހުޅުވައި ޚިދުމަތްދޭން ފަށާފައިވަނީ ވެސް 2020ވަނަ އަހަރު ނިމެން އުޅެނިކޮށެވެ.

އިތުރަށް ކިޔާލަން

31 މާރިޗު 2017

މޮޑެލް ރައުދާ އާތިފްގެ ޕޯސްޓް މޯޓަމް ނުހަދާ ހަށިގަނޑު އާއިލާއާ ހަވާލުކުރަން އެދިއްޖެ

31 މާރިޗު 2017
މޮޑެލް ރައުދާ އާތިފްގެ ޕޯސްޓް މޯޓަމް ނުހަދާ ހަށިގަނޑު އާއިލާއާ ހަވާލުކުރަން އެދިއްޖެ
26 މާރިޗު 2017

ހަ ރަށެއްގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް 14.3 މިލިޔަން ރުފިޔާ އަށް މަގުހަދާ ކުންފުންޏަށް

26 މާރިޗު 2017
ހަ ރަށެއްގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް 14.3 މިލިޔަން ރުފިޔާ އަށް މަގުހަދާ ކުންފުންޏަށް
24 މާރިޗު 2017

އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް

24 މާރިޗު 2017
އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް
14 މާރިޗު 2017

އެންމެ ބޮޑު ގޮންޖެހުމަކީ ގާނޫނުތަކާއި ރާއްޖެ ބައިވެރިފެދައިވާ ބައިނައްލަޢުވާމީ މުޢާހަދާތައް ތަންފީޒް ނުވުން: އީނާސް

14 މާރިޗު 2017
އެންމެ ބޮޑު ގޮންޖެހުމަކީ ގާނޫނުތަކާއި ރާއްޖެ ބައިވެރިފެދައިވާ ބައިނައްލަޢުވާމީ މުޢާހަދާތައް ތަންފީޒް ނުވުން: އީނާސް
10 މާރިޗު 2017

ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް

10 މާރިޗު 2017
ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު