Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޮޓާ އަނިޔާއިން ރަނގަޅުވުން

އަނިޔާއިން ރަނގަޅުވެ ޔޮޓާ ފަރިތަކުރުންތަކަށް

3 ފެބުރުއަރީ 2021 | ބުދަ 18:13

ޔޮޓާގެ ކަކުލަށް އަނިޔާވީ ޑިސެމްބަރު މަހުގެ ތެރޭގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 3 ފެބުރުއަރީ 2021 | ބުދަ 18:13
ބުދަ ދުވަހު ޑިއޯގޯ ޔޮޓާ ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

ބުދަ ދުވަހު ޑިއޯގޯ ޔޮޓާ ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

ކަކުލަށް ލިބުނު އަނިޔާއިން ރަނގަޅުވެ ލިވަޕޫލުގެ ފަރިތަކުރުންތަކުގައި ޕޯޗުގަލުގެ ޒުވާން ފޯވާޑް ޑިއޯގޯ ޔޮޓާ ބައިވެރިވާން ފަށައިފިއެވެ.

އުމުރުން 24 އަހަރުގެ ޔޮޓާއަށް އަނިޔާވީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހު ރަށުން ބޭރުގައި މިޗީލޭންޑާ 1-1 ގެ ނަތީޖައަކުން ލިވަޕޫލް އެއްވަރުވި މެޗުގައެވެ. އެ މެޗުގައި ލިބުނު އަނިޔާގެ ސަބަބުން މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ޔޮޓާ ވަނީ ބަދަލުކޮށްފައެވެ.

އެ އަނިޔާއާ ގުޅިހެން ޔޮޓާއަށް ވަނީ ލިވަޕޫލުން އެންމެ ފަހުން ކުޅުނު 12 މެޗު ގެއްލިފައެވެ. އެކަމަކު އަނިޔާއިން ރަނގަޅުވެ ބުދަ ދުވަހު ޔޮޓާ ވަނީ އެކަނި ތަމްރީނުތައް ކުރަން ފަށާފައެވެ. އަދި މުޅިން އެއްކޮށް ފިޓްވުމާއެކު ޓީމު ފަރިތަކުރުންތަކުގައި ޔޮޓާ ބައިވެރިވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ ޑިސެމްބަރު މަހު ޔޮޓާއަށް އަނިޔާވިއިރު، މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ލިވަޕޫލާ ގުޅުނު ފޯވާޑް ވަނީ އެ ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ވުލްވްސް ދޫކޮށް ލިވަޕޫލަށް ބަދަލުވުމަށްފަހު އޭނާ ވަނީ އެ ޓީމަށް ކުޅެދިން 17 މެޗުގައި ނުވަ ލަނޑު ޖަހާފައެވެ. އަދި އިނގިރޭސި ޕްރިމިއާ ލީގުގައި ޔޮޓާ ލިވަޕޫލަށް ނުވަ މެޗު ކުޅެދީފައިވާއިރު، އޭނާ ވަނީ ފަސް ލަނޑު ޖަހާފައެވެ.

ކަކުލަށް ލިބުނު އަނިޔާއިން ޔޮޓާ ރަނގަޅުވުމަކީ އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ލިވަޕޫލަށް ލިބޭނެ ހިތްހަމަޖެހުމެކެވެ. އެގޮތުން މިހާރުވެސް އެ ޓީމުގެ ގިނަ ޑިފެންޑަރުންތަކެއް ތިބީ އަނިޔާގައި ކުޅުމާ ދުރުގައެވެ. އެގޮތުން ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ލިވަޕޫލުގެ ތަޖުރިބާކާރު ޑިފެންޑަރު ވާޖިލް ވެން ޑައިކާއި ޖޯ ގޯމޭޒަށް މި ސީޒަނުގައި އެނބުރި ކުޅުމަށް އާދެވޭނެ ކަމުގެ ޔަގީންކަމެއް ނެތްއިރު، ދާދި ފަހުން އެ ޓީމުގެ ޖޮއެލް މަޓިޕުގެ ތަނބިކައްޓަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް މި ސީޒަނުގައި ދެން ނުކުޅެވޭނެ ކަމަށް ލިވަޕޫލުން ވަނީ ބުނެފައެވެ.

މި ސީޒަނުގައި އަނިޔާގެ ގިނަ މައްސަލަތަކެއް ލިވަޕޫލަށް ކުރިމަތިވި ނަމަވެސް، އެ ޓީމުން އަންނަނީ ރަނގަޅު މި ސީޒަނުގައިވެސް ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އެންމެ ފަހުގެ ޗެމްޕިއަނުން އޮތީ ޕްރިމިއާ ލީގުގެ ތިންވަނައިގައި ކުޅުނު 21 މެޗުން ލިބުނު 44 ޕޮއިންޓާއެކުއެވެ. އަދި ލިވަޕޫލުން ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޖާގައެއް ހޯދާފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

4

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2020

އަނިޔާއިން ރަނގަޅުވެ މާނޭ އެނބުރި ސްކޮޑަށް

14 ފެބުރުއަރީ 2020
އަނިޔާއިން ރަނގަޅުވެ މާނޭ އެނބުރި ސްކޮޑަށް
08 ފެބުރުއަރީ 2020

އަނިޔާއިން ސަލާމަތްވެ ޝާކާ އެނބުރި ދަނޑަށް

08 ފެބުރުއަރީ 2020
އަނިޔާއިން ސަލާމަތްވެ ޝާކާ އެނބުރި ދަނޑަށް
29 ޖެނުއަރީ 2020

ގޯމޭޒް އެނބުރި ފަރިތަކުރުންތަކަށް

29 ޖެނުއަރީ 2020
ގޯމޭޒް އެނބުރި ފަރިތަކުރުންތަކަށް
05 ފެބުރުއަރީ 2019

ޒުވާން ގޯލްކީޕަރު ލަބާން އެނބުރި ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް!

05 ފެބުރުއަރީ 2019
ޒުވާން ގޯލްކީޕަރު ލަބާން އެނބުރި ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް!
25 ޑިސެމްބަރު 2018

އަށް މަހަށް ފަހު ޗެމްބަލިން ލިވަޕޫލްގެ ފަރިތަކުރުންތަކަށް

25 ޑިސެމްބަރު 2018
އަށް މަހަށް ފަހު ޗެމްބަލިން ލިވަޕޫލްގެ ފަރިތަކުރުންތަކަށް
31 އޮކްޓޯބަރު 2018

މެސީ އެނބުރި ބާސާގެ ފަރިތަކުރުންތަކަށް ނިކުމެއްޖެ

31 އޮކްޓޯބަރު 2018
މެސީ އެނބުރި ބާސާގެ ފަރިތަކުރުންތަކަށް ނިކުމެއްޖެ
06 މެއި 2018

އަނިޔާއަށް ފަހު ނޭމާ ފަރިތަކުރުންތަކަށް ނުކުމެއްޖެ

06 މެއި 2018
އަނިޔާއަށް ފަހު ނޭމާ ފަރިތަކުރުންތަކަށް ނުކުމެއްޖެ
10 އޮކްޓޯބަރު 2017

އަނިޔާ އަށް ފަހު އަގުއޭރޯ ފަރިތަކުރުންތަކަށް ނިކުމެއްޖެ

10 އޮކްޓޯބަރު 2017
އަނިޔާ އަށް ފަހު އަގުއޭރޯ ފަރިތަކުރުންތަކަށް ނިކުމެއްޖެ
13 ޖުލައި 2017

އަނިޔާއިން އަރައިގަނެ ނޫމާން އީގަލްސްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި

13 ޖުލައި 2017
އަނިޔާއިން އަރައިގަނެ ނޫމާން އީގަލްސްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި
21 މެއި 2017

އަނިޔާއިން ސަލާމަތްވެ ޔޫރޮޕާ ލީގު ފައިނަލަށް އިބްރާހިމޮވިޗް ތައްޔާރުވެއްޖެ

21 މެއި 2017
އަނިޔާއިން ސަލާމަތްވެ ޔޫރޮޕާ ލީގު ފައިނަލަށް އިބްރާހިމޮވިޗް ތައްޔާރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް