Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޮކްސްލެޑް ޗެމްބަލިން

އަށް މަހަށް ފަހު ޗެމްބަލިން ލިވަޕޫލްގެ ފަރިތަކުރުންތަކަށް

25 ޑިސެމްބަރު 2018 | އަންގާރަ 09:19

ޗެމްބަލިންއަށް އަނިޔާވީ މިދިޔަ ޗެމްޕިއަންސް ލީގުގައި

ލީވާން އަލީ
ލީވާން އަލީ | 25 ޑިސެމްބަރު 2018 | އަންގާރަ 09:19
ލިވަޕޫލްއަށް ކުޅެމުން އަންނަ ޗެމްބަލިން

ލިވަޕޫލްއަށް ކުޅެމުން އަންނަ ޗެމްބަލިން

ލިވަޕޫލަށް ކުޅެމުން އަންނަ އިނގިރޭސި މިޑްފިލްޑަރު އޮކްސްލެޑް ޗެމްބަލިން އަށް މަހަށް ފަހު އެ ކްލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވެއްޖެއެވެ.

މިދިޔަ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުގެ ފުރަތަމަ ލެގުގައި ރޯމާއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެމްބަލިން އަށް ވަނީ އަނިޔާވެފައެވެ. އޭނާ އަށް އަނިޔާވީ މެޗުގައި ރޯމާގެ އެލެކްޒެންޑާ ކޮލަރޯވް އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައެވެ.

ޗެމްބަލިންގެ ކަކުލުގެ ލިގަމެންޓަށް އަނިޔާވެފައިވާއިރު، ސަލާމަތްވާން ސާޖަރީއެއް ވެސް ވަނީ ހަދާފައެވެ. އަނިޔާގެ ސަބަބުން އޭނާއަށް ސީޒަނުގެ ބޮޑުބައި ގެއްލިފައިވާއިރު، އޭގެ ތެރޭގައި ނިމިގެންދިޔަ ފީފާ ވޯލްޑް ކަޕް ވެސް ހިމެނެއެވެ.

އުމުރުން 25 އަހަރުގެ ޗެމްބަލިން ހޯމަ ދުވަހު ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ބުނީ އަށް މަސް ދުވަހަށް ފަހު ދަނޑަށް ނިކުމެވުމުން ވަރަށް ތަފާތު އިހުސާސުތަކެއް ކުރެވޭ ކަމަށެވެ.

Loading Instagram post...

އާސެނަލް ދޫކޮށް މި ސީޒަނަށް 35 މިލިއަން ޕައުންޑަށް ލިވަޕޫލް އަށް ބަދަލުވި ޗެމްބަލިން ވަނީ މިހާތަނަށް އެ ޓީމަށް ކުޅުނު 42 މެޗުގައި ފަސް ލަނޑު ކާމިޔާބުކޮށްފައެވެ.

ޗެމްބަލިން އޭނާގެ ކެރިޔަރު ފެށީ 2009 ވަނަ އަހަރު ސައުތްހެމްޕްޓަނުންނެވެ. އޭނާ އެ ކްލަބަށް 43 މެޗު ކުޅެދީ 10 ލަނޑު ކާމިޔާބުކުރުމަށް ފަހު އާސެނަލް އަށް ބަދަލުވީ 2011 ވަނަ އަހަރެވެ.

އެގޮތުން އޭނާ ވަނީ އާސެނަލް އަށް ކުޅުނު 198 މެޗުގައި 20 ލަނޑު ކާމިޔާބުކުރުމުގެ އިތުރުން އެ ޓީމާ އެކު އެފްއޭކަޕް ތިން ފަހަރު އަދި ތިން އެފްއޭ ކޮމިއުނިޓީ ޝިލްޑް ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް