Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމިނަމީނޯ ސައުތެމްޓަނާ ގުޅުން

ލޯނު އުސޫލުން މިނަމީނޯ ސައުތެމްޓަނަށް

2 ފެބުރުއަރީ 2021 | އަންގާރަ 12:09

ލޯނު އުސޫލުން މިނަމީނޯ ސައުތެމްޓަނާ ގުޅުނީ މި ސީޒަނުގެ ނިޔަލަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 2 ފެބުރުއަރީ 2021 | އަންގާރަ 12:09
ލިވަޕޫލަށް ކުޅެމުން އަންނަ ޖަޕާނުގެ ފޯވާޑް ޓަކޫމީ މިނަމީނޯ

ލިވަޕޫލަށް ކުޅެމުން އަންނަ ޖަޕާނުގެ ފޯވާޑް ޓަކޫމީ މިނަމީނޯ

ލިވަޕޫލަށް ކުޅެމުން އަންނަ ޖަޕާނުގެ ފޯވާޑް ޓަކޫމީ މިނަމީނޯ ލޯނު އެއްބަސްވުމެއްގެ ދަށުން ސައުތެމްޓަނަށް ބަދަލުވެއްޖެއެވެ.

ޓްރާންސްފާ ބާޒާރުގެ ފަހު ދުވަހު މިނަމީނޯ ސައުތެމްޓަނަށް ބަދަލުވިކަން ލިވަޕޫލުން ވަނީ ހާމަކޮށްފައެވެ. ލިވަޕޫލުން ނެރުނު ބަޔާނުގައިވާ ގޮތުން އުމުރުން 26 އަހަރުގެ ފޯވާޑް ލޯނު އުސޫލުން ސައުތެމްޓަނާ ގުޅުނީ މި ސީޒަނުގެ ނިޔަލަށެވެ.

ލޯނު އުސޫލުން މިނަމީނޯ ސައުތެމްޓަނަށް ބަދަލުވިއިރު، އޭނާ ލިވަޕޫލާ ގުޅުނީ 2019 ވަނަ އަހަރުގެ ފިނި މޫސުމުގެ ޓްރާންސްފާގައެވެ. އެކަމަކު ލިވަޕޫލަށް ބަދަލުވެ މިނަމީނޯއަށް އެންމެ އެދެވޭ ކުޅުމެއް މިހާތަނަށް ދެކެވިފައި ނުވާއިރު، ލިވަޕޫލަށް ކުޅެދިން 31 މެޗުގައި މިނަމީނޯއަށް ކާމިޔާބުކުރެވިފައިވަނީ ހަތަރު ލަނޑެވެ. އެކަމަކު މިނަމީނޯ ވަނީ ލިވަޕޫލާއެކު މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ.

ލިވަޕޫލާ ގުޅުމުގެ ކުރިން މިނަމީނޯ ވިދާލާފައިވަނީ އޮސްޓްރޭލިއާގެ އާރްބީ ސާލްޒްބާގުންނެވެ. އެގޮތުން އޭނާ ވަނީ ސާލްޒްބާގަށް ކުޅެދިން 189 މެޗުގައި 64 ލަނޑު ޖަހާފައެވެ. އަދި ޖަޕާނުގެ ގައުމީ ފުޓްބޯޅަ ޓީމުންވެސް ޖާގަ ހޯދާފައިވާ މިނަމީނޯ ވަނީ ގައުމީ ޓީމަށް 26 މެޗު ކުޅެދީ 12 ލަނޑު ކާމިޔާބުކޮށްފައެވެ.

ލޯނު އެއްބަސްވުމެއްގެ ދަށުން މިނަމީނޯ ސައުތެމްޓަނާ ގުޅުނުއިރު، އެ ޓީމު އޮތީ ލީގު ތާވަލުގެ 11 ވަނައިގައި ކުޅުނު 20 މެޗުން ލިބުނު 29 ޕޮއިންޓާއެކުއެވެ. ލީގުގައި ދެން ސައުތެމްޓަނުން އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ އަންގާރަ ދުވަހުގެރޭ ނުކުންނާނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

4

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

19 އޯގަސްޓު 2020

ލޯނު އުސޫލުން ރެއިނިއާ ޑޯޓްމުންޑަށް

19 އޯގަސްޓު 2020
ލޯނު އުސޫލުން ރެއިނިއާ ޑޯޓްމުންޑަށް
12 އޯގަސްޓު 2020

ލޯނު އެއްބަސްވުމެއްގެ ދަށުން ކޫބޯ ވިޔަރެއާލަށް

12 އޯގަސްޓު 2020
ލޯނު އެއްބަސްވުމެއްގެ ދަށުން ކޫބޯ ވިޔަރެއާލަށް
01 ޖޫން 2020

ސަންޗޭޒްގެ ލޯނު އެއްބަސްވުމުގެ މުއްދަތު އިންޓަ އިން އިތުރު ކުރަނީ

01 ޖޫން 2020
ސަންޗޭޒްގެ ލޯނު އެއްބަސްވުމުގެ މުއްދަތު އިންޓަ އިން އިތުރު ކުރަނީ
01 ޖޫން 2020

އިގާލޯގެ ލޯނު އެއްބަސްވުމުގެ މުއްދަތު މެންޗެސްޓަރ ޔުނައިޓެޑުން އިތުރު ކޮށްފި

01 ޖޫން 2020
އިގާލޯގެ ލޯނު އެއްބަސްވުމުގެ މުއްދަތު މެންޗެސްޓަރ ޔުނައިޓެޑުން އިތުރު ކޮށްފި
04 މެއި 2020

ކުރީގެ ކްލަބު ސަލާމަތް ކުރަން ފެލައިނީގެ ލޯނު އެހީއެއް

04 މެއި 2020
ކުރީގެ ކްލަބު ސަލާމަތް ކުރަން ފެލައިނީގެ ލޯނު އެހީއެއް
19 ޑިސެމްބަރު 2019

ސެލްޒްބާރގް އަށް ކުޅެމުން އަންނަ މިނަމީނޯގެ ސޮއި ލިވަރޕޫލުން ހޯދައިފި

19 ޑިސެމްބަރު 2019
ސެލްޒްބާރގް އަށް ކުޅެމުން އަންނަ މިނަމީނޯގެ ސޮއި ލިވަރޕޫލުން ހޯދައިފި
19 އޯގަސްޓު 2019

ހޯމް އެންޑް އަވޭ އުސޫލުން ލީގެއް ފެށުމަށް މަޝްވަރާކޮށްފި

19 އޯގަސްޓު 2019
ހޯމް އެންޑް އަވޭ އުސޫލުން ލީގެއް ފެށުމަށް މަޝްވަރާކޮށްފި
02 ޖުލައި 2019

ޓޮޓެންހެމް އިން ކުލާރކްގެ ސޮއި ހޯދާ، އޭނާ ލޯނު އެއްބަސްވުމެއްގެ ދަށުން ލީޑްސް ޔުނައިޓެޑައް

02 ޖުލައި 2019
ޓޮޓެންހެމް އިން ކުލާރކްގެ ސޮއި ހޯދާ، އޭނާ ލޯނު އެއްބަސްވުމެއްގެ ދަށުން ލީޑްސް ޔުނައިޓެޑައް
22 ޖޫން 2019

ލޯނު އެއްބަސްވުމެއްގެ ދަށުން ނަޕޯލީ އަށް ހަމޭސް ދޫކޮށްލަން ރެއާލުން ދެކޮޅު!

22 ޖޫން 2019
ލޯނު އެއްބަސްވުމެއްގެ ދަށުން ނަޕޯލީ އަށް ހަމޭސް ދޫކޮށްލަން ރެއާލުން ދެކޮޅު!
09 ސެޕްޓެމްބަރު 2017

18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ލީގު އުސޫލުން ކުޅެން ނިންމައިފި

09 ސެޕްޓެމްބަރު 2017
18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ލީގު އުސޫލުން ކުޅެން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް