Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލުން ދެ ޑިފެންޑަރުން ގެނައުން

ޓްރާންސްފާގެ ފަހު ދުވަހު ލިވަޕޫލަށް ދެ ޑިފެންޑަރުން

2 ފެބުރުއަރީ 2021 | އަންގާރަ 10:41

ލިވަޕޫލާ ގުޅުނީ ޕްރެސްޓަންއަށް ކުޅެމުން އައި ބެން ޑޭވިސް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 2 ފެބުރުއަރީ 2021 | އަންގާރަ 10:41
ޝާލްކާއަށް ކުޅެމުން އަންނަ އޮޒާން ކަބަކް (ކ)، ޕްރެސްޓަންއަށް ކުޅެމުން އައި ބެން ޑޭވިސް (ވ)

ޝާލްކާއަށް ކުޅެމުން އަންނަ އޮޒާން ކަބަކް (ކ)، ޕްރެސްޓަންއަށް ކުޅެމުން އައި ބެން ޑޭވިސް (ވ)

ޓްރާންސްފާ ބާޒާރުގެ ފަހު ދުވަހު އިނގިރޭސި ޗެމްޕިއަން ލިވަޕޫލުން ދެ ޑިފެންޑަރުންގެ ސޮއި ހޯދައިފިއެވެ.

ލިވަޕޫލުން ގެނައީ އިނގިރޭސި ދެވަނަ ޑިވިޝަން (އީއެފްއެލް ޗެމްޕިއަންޝިޕް) ގެ ޕްރެސްޓަންއަށް ކުޅެމުން އައި އުމުރުން 25 އަހަރުގެ ބެން ޑޭވިސް އާއި ޖަރުމަނުގެ ޝާލްކާއަށް ކުޅެމުން އަންނަ އުމުރުން 20 އަހަރުގެ ޑިފެންޑަރު އޮޒާން ކަބަކެވެ.

މީގެތެރެއިން ޑޭވިސްގެ ސޮއި ލިވަޕޫލުން ހޯދީ ދެ މިލިޔަން ޕައުންޑުގެ އަގަކަށެވެ. އަދި އޭނާ ވަނީ ލިވަޕޫލާއެކު ދިގު މުއްދަތުގެ އެއްބަސްވުމެއް ހަދާފައެވެ. އަދި ތުރުކީގެ ޒުވާން ޑިފެންޑަރު ކަބަކް ލިވަޕޫލާ ގުޅުނީ މި ސީޒަނުގެ ނިޔަލަށް ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ލިވަޕޫލުން ކަބަކަށް އެއް މިލިޔަން ޕައުންޑުގެ ލޯން ފީއެއް ދެއްކިއިރު، އެ ޓީމުން ބޭނުންނަމަ މި ސީޒަނަށް ފަހު 18 މިލިޔަން ޕައުންޑް ދެއްކުމަށްފަހު ކަބަކުގެ އެއްބަސްވުން ދާއިމީ ކުރެވޭނެއެވެ.

ޕްރެސްޓަންއަށް ކުޅެމުން އައި ޑޭވިސް ލިވަޕޫލާ ގުޅުނުއިރު، މިއީ އޭނާ އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބަކަށް ބަދަލުވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އޭނާ މުޅިންވެސް ކުޅެފައިވަނީ އިނގިރޭސި ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަނުގެ ކުލަބުތަކަށެވެ.

ދެން ލިވަޕޫލާ ގުޅުނު ޝާލްކާގެ ޑިފެންޑަރު ކަބަކް ވަނީ މީގެ ކުރިން ސްޓުޓްގާޓުގެ އިތުރުން ގަލަތަސަރާއީއަށްވެސް ކުޅެފައެވެ. އަދި މިދިޔަ ދެ ސީޒަނުގައި އޭނާ ޝާލްކާއަށް ކުޅުނުއިރު، މި މުއްދަތުގައި އޭނާ ވަނީ އެ ޓީމަށް 42 މެޗު ކުޅެދީ ތިން ލަނޑު ޖަހާދީފައެވެ. އަސި ޒުވާން ޑިފެންޑަރު ވަނީ މިހާތަނަށް ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމަށް ހަތް މެޗު ކުޅެދީފައެވެ.

ލިވަޕޫލުން ޓްރާންސްފާގެ ފަހު ދުވަހު ދެ ޑިފެންޑަރުން ގެނައީ މި ސީޒަނުގައި އެ ޓީމުގެ ޑިފެންޑަރުންނަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވުމާ ގުޅިގެންނެވެ. އެގޮތުން ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ލިވަޕޫލުގެ ތަޖުރިބާކާރު ޑިފެންޑަރު ވާޖިލް ވެން ޑައިކާއި ޖޯ ގޯމޭޒަށް މި ސީޒަނުގައި އެނބުރި ކުޅުމަށް އާދެވޭނެ ކަމުގެ ޔަގީންކަމެއް ނެތްއިރު، ދާދި ފަހުން އެ ޓީމުގެ ޖޮއެލް މަޓިޕުގެ ތަނބިކައްޓަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް މި ސީޒަނުގައި ދެން ނުކުޅެވޭނެ ކަމަށް ލިވަޕޫލުން ވަނީ ބުނެފައެވެ.

ލިވަޕޫލުން ދެ ޑިފެންޑަރެއްގެ ސޮއި ހޯދިއިރު، އެ ޓީމު އޮތީ ލީގުގެ ތާވަލުގެ ތިންވަނައިގައި ކުޅުނު 21 މެޗުން ލިބުނު 40 ޕޮއިންޓާއެކުއެވެ. ލިވަޕޫލުން ލީގުގައި ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ ބުދަ ދުވަހުގެރޭ ނުކުންނާނީ ބްރައިޓަނާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

4

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް