Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން ޖަހަން ފެށުން

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ފައިޒަރ ވެކްސިން ރައްކާ ކުރަންޖެހެނީ -75 ޑިގްރީގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2021 | އަންގާރަ 01:57
ވެކްސިނާ ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުމަށް ނަރީޝް ޓްވިޓަރގައި ހިއްސާ ކޮށްފައިވާ ފޮޓޯ

ވެކްސިނާ ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުމަށް ނަރީޝް ޓްވިޓަރގައި ހިއްސާ ކޮށްފައިވާ ފޮޓޯ

މީސްމީޑިއާއަކީ ފާޑެއްގެ ތަނެކެވެ. ތިމާއަށް ދެކެވޭ ވާހަކަ އާއި ފާޅު ކުރެވޭ ޝުޢޫރެއްގެ ސަބަބުން ބައެއް ފަހަރު މީހުންގެ ކުރިމަތީގައި ތިމާގެ އަގުވެއްޓި، ބޮޑު ލަދަކާ ކުރިމަތިލާން ޖެހޭ ދަނޑިވަޅުތައް ވެސް އާދެއެވެ. އެހެން މީހުންގެ އަގު ވައްޓާލުމުގެ ގޮތުން ނުވަތަ ބަޔަކަށް ދެރައެއް ދިނުމަށް ދެކެވޭ ވާހަކައަކުން ބައެއް ފަހަރު ފޭހުނު އިލޮށި އަމިއްލަ ލޮލަށް ހެރޭ ފަހަރު ވެސް އާދެއެވެ. އިދިކޮޅު ޕީ.ޕީ.އެމް.ގެ ކައުންސިލް މެންބަރު އަޙްމަދު ނަރީޝްއަށް ވެސް މިފަހަރު ދިމާވެފައި މިވަނީ އެކަހަލަ ގޮތެކެވެ.

ދާދި މިދާކަށް ދުވަހާ ޖެހެންދެން އިދިކޮޅުން ދައްކަމުން ގެންދިޔަ ވާހަކައަކީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނަކީ ރައްކާތެރި ވެކްސިނެއް ނޫން ކަމަށެވެ. ރައްޔިތުން ޖަހަން ހެޔޮވާވަރުގެ ވެކްސިނެއް ވެސް ނޫން ކަމަށެވެ. ނަމަވެސް ހޯމަ ދުވަހު ލައިވްކޮށް، ދައުލަތުގެ 3 ބާރުގެ އިސް ވެރިން މި ދެންނެވި ވެކްސިން ޖެއްސެވުމާއެކު، އެވާހަކަތަކުގެ އަޑުވެސް މިވަނީ މަޑުވެފައެވެ. އެއާއެކު، ވެކްސިނާމެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމުގެ ސިލްސިލާގެ ތެރެއިން ދެން ފެށިފައި މިވަނީ މުޅިން އެހެން ވާހަކައެކެވެ. ނަމަވެސް އެ ވާހަކަ "ވައިގައި ނުހިފައި" ދިޔައީ، ދެކެވުނު ވާހަކައިގެ ދެއުޅިއެއްނުވާ މިންވަރުން ކަމަށްވެސް ވެދާނެއެވެ.

ރައީސް ޞާލިޙު ވެކްސިން ޖެއްސެވުމާ ގުޅިގެން ނަރީޝް ޓްވިޓަރގައި ޙިއްޞާ ކުރި ޕޯސްޓަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، ޕޯސްޓުގައި ދައްކުވައިދެނީ ފައިޒަރ ވެކްސިންގެ ޑޯޒްތަކަކާއި ކޮވިޝީލްޑް ވެކްސިންގެ ޑޯޒް ތަކެކެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ޖެއްސެވި ވެކްސިން ކަމަށް ބުނެ ޙިއްޞާކޮށްފައިވާ ފޮޓޯއާއެކު ބުނެފައިވަނީ، އެއީ ޙަޤީޤަތުގައި ފައިޒަރ ވެކްސިން ފުޅިއެއް ކަމަށާއި، އޭގައި ކޮވިޝީލްޑް ގެ ލޭބަލް ކޮށްގެން އޮޅުވައިލާފައިވާ ކަމަށެވެ. ހަޤީޤަތުގައި ރައީސް ޞާލިޙު ޖެއްސެވީ ފައިޒަރ ވެކްސިން ނޫން ކަމަށް ނަރީޝް ތުހުމަތު ކޮށްފައިވެއެވެ.

ނަރީޝްގެ މި ޓްވީޓު ރިޓްވީޓުކޮށް 100ށް ވުރެ ގިނަ މީހުން ކޮމެންޓު ކޮށްފައިވާއިރު، އޭގެ ތެރޭގައި ހައްތަހާވެސް ހިމެނެނީ ނަރީޝްއަށް ފާޑުކިއުންތައް ބަންޑުން ކުރަމުންދާ މީހުންނެވެ. އެންމެ ފަހުން ފޭހުނު އިލޮށި އަމިއްލަ ލޮލަށް ހެރި، ނުވިތާކަށް ޙިއްޞާކުރި ފޮޓޯގެ ޙަޤީޤަތް ވެސް މިވަނީ ހާމަވެފައެވެ.

ރައީސް ޞާލިޙު ޖެއްސެވި ވެކްސިން ކަމަށް ތުހުމަތުކޮށް ޙިއްޞާކޮށްފައި މިވާ ފޮޓޯއަކީ ޙަޤީޤަތުގައި އައި.ޖީ.އެމް.އެޗް.ގެ ނޭޝަނަލް ސެންޓަރ ފޮރ ރެސްޕިރޭޓަރީ މެޑިސިންގެ ފިޒީޝަން، ޑރ. މުޙައްމަދު އަލީ ނެންގެވި ފޮޓޯއެކެވެ. ޑރ މުޙައްމަދު އަލީ ވަނީ އެކަން "ރާއްޖެއެމްވީ"އަށް ވެސް ކަށަވަރު ކޮށްދެއްވާފައެވެ. އަދި ކޮވިޝީލްޑްގެ އެ ވެކްސިން ޑޯޒް ޖެއްސެވީ ވެސް ހަމަ އޭނާކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، ލައިވްކޮށް ރައީސް ޞާލިޙު ވެސް ވެކްސިން ޖައްސަވާފައިވާއިރު، ވެކްސިން ޑޯޒްއާއި ރައްކާ ކޮށްފައި ހުރި ގޮތުގެ އިތުރުން، ވެކްސިން ޖައްސަވާ މަންޒަރު ވެސް ރައްޔިތުންނަށް ހާމައަށް ފެނިގެން ދިޔައެވެ.

އޭގެ އިތުރުން، އެއީ ކޮވިޝީލްޑްގެ ލޭބަލް ޖަހާފައިވާ ފައިޒަރ ވެކްސިން ފުޅިއެއް ކަމަށް ދެއްކުމަށް ކުރި މަސައްކަތް ފަނުފުލުން ދިޔަ އަނެއް ސަބަބަކީ، ރައްޔިތުން ވެސް މިހާރު ވެކްސިންގެ މަޢުލޫމާތުތަކަށް އަހުލުވެރިވެފައި ވުމެވެ.

ފައިޒަރ ވެކްސިން ރައްކާކޮށްފައި ބެހެއްޓޭނީ -75 ޑިގްރީ ސެލްސިއަސްގައެވެ. މިއީ އާންމުކޮށް ބޭނުންކުރާ އެހެން ވެކްސިންތަކަށްވުރެ 50 ޑިގްރީ ފިނިކަން އިތުރު ވެކްސިނެކެވެ. ފައިޒަރގެ ވެކްސިން ރެފްރިޖެރޭޓަރުގައި އެކްސްޕަޔަރ ވުމުގެ ކުރިން ބެހެއްޓޭނީ ވެސް ފަސް ދުވަސް ވަންދެންނެވެ. ޤައުމުތަކުން މި ވެކްސިނަށް ހުއްދަދީ، ބޭނުން ކުރުމުގެ ކުރިން، ވެކްސިން ރައްކާކޮށްފައި ބެހެއްޓޭނެ ޚާއްޞަ އިންތިޒާމުތައް ހަމަޖެއްސުމަށް އެތައް ތައްޔާރީތަކެއް ކުރީބައިގައި ވަމުންދެއެވެ.

އެއާ ޚިލާފަށް އެސްޓްރަޒެނެކާގެ ފޯރމިއުލާއަށް ސިރަމް އިންސްޓިޓިއުޓުން އުފައްދާފައި މިވާ ވެކްސިނަކީ އާންމު ރެފްރިޖްރޭޝަން ފިނިހޫނުމިނުގައި ވެސް ބޭނުން ކުރެވޭ ވެކްސިނެކެވެ. ވީއިރު، ފައިޒަރ ވެކްސިން ރައްކާ ކުރުމަށް ޚާއްޞަ ވަކި ކޯލްޑް ސްޓޯރޭޖެއް ނެތި، އެ ވެކްސިން ރާއްޖެ ގެނެސް ބޭނުން ކުރުމަކީ ބުއްދީގެ ހަމަތަކުން ބަލާއިރުވެސް ދެކޮޅު ޖެހޭ ވާހަކައެއް ނޫނެވެ. ފައިޒަރ ވެކްސިން ރައްކާ ކޮށްފައި ބެހެއްޓުމަށް ޚާއްޞަ ސްޓޯރޭޖެއް ނެތި، ރާއްޖެއިން އެ ވެކްސިން ގެނެސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާއި ދައުލަތުގެ ބާރުތަކުގެ އިސް ވެރިންނަށް ވެކްސިން ޖެއްސެވިއޭ ބުނުމުން، ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ކުރާ މަސައްކަތް ނުހަނު ސާފެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނަގޫރޯޅިވެސް ސިޔާސީ ކުރައްވަނީތޯއެވެ؟

ނަގޫރޯޅިވެސް ސިޔާސީ ކުރައްވަނީތޯއެވެ؟

20 މެއި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
ސިޔާސީ ޤައިދީންނަކީ ކޮބާ؟

ސިޔާސީ ޤައިދީންނަކީ ކޮބާ؟

02 މެއި 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
ގާސިމް ކަރުތާފެނަށް: މިފަހަރު ވާނީ ކިހިނެއް؟

ގާސިމް ކަރުތާފެނަށް: މިފަހަރު ވާނީ ކިހިނެއް؟

21 މާރިޗު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު