Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވެލެންސިއާ އާއި ޓީސީގެ މެޗު

ޓީސީއަށް އަނބުރާ އައުން އެއީ ލިބުނު ހިތްހަމަޖެހުމެއް: ނިޒާމްބެ

1 ފެބުރުއަރީ 2021 | ހޯމަ 14:21

ޓީސީގެ ކޯޗުގެ މަގާމާ ނިޒާމްބެ އަލުން އަނބުރާ ހަވާލުވީ މިދިޔަ ހުކުރު ދުވަހު

އަތޫފް އާތިފް
އަތޫފް އާތިފް | 1 ފެބުރުއަރީ 2021 | ހޯމަ 14:21
ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ)

ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ)

ޓީސީ ސްޕޯޓްސް ކުލަބަށް އަލުން އެނބުރި އައުން އެއީ ލިބުނު ހިތްހަމަޖެހުމެއް ކަމަށް އެ ޓީމާ ދާދި ފަހުން ހަވާލުވި މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

ޓީސީގެ ކޯޗުގެ މަގާމުން މިދިޔަ ހަފުތާގައި މުޙައްމަދު ޝާޒްލީ (ޝާޒް) އިސްތިއުފާދިނުމުން، ނިޒާމްބެ އެ ޓީމާ ހަވާލުވެފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މިއީ ނޖިޒާމްބެ ޓިސީއާ ގުޅުނު ދެވަނަ ފަހަރެވެ. މީގެ ކުރިން ނިޒާމްބެ ވަނީ ޓީސީއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ޓީސީން އެ ޓީމުގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވަނީ ނިޒާމްބެގެ އިރުޝާދުގެ ދަށުންނެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެ ހަވީރު ކުލަބު ވެލެންސިއާ ދެކޮޅަށް ނުކުތުމުގެ ކުރިން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނިޒާމްބެ ބުނީ ކޮންމެ ޓީމެއްގެ ކޯޗުގެ މަގާމާ ހަވާލުވި ކަމުގައިވިޔަސް އެއީ ބޮޑު ޒިންމާއެއް ކަމަށާއި، ޓީސީން އަލުން އޭނާއަށް ހުށަހެޅުމުން އެއީ ލިބުނު ހިތްހަމަޖެހުމަކާއި ކާމިޔާބީއެއް ކަމަށެވެ.

ވެލެންސިއާ މެޗާ ބެހޭ ގޮތުން ނިޒާމްބެ ބުނީ އެ މެޗަށް ނުކުންނައިރު ޓީމުގައި އަނިޔާގެ މައްސަލަ އެބަހުރި ކަމަށާއި، އެކަމަކު ކުޅުންތެރިން މަސައްކަތް ކޮށްފިނަމަ ވެލެންސިއާ ބަލި ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އެކަމަކު ވެލެންސިއާގެ ސްކޮޑަށް ފުރިހަމައަށް އިޙުތިރާމުކުރާ ކަމަށާއި، އެ ޓީމުގައި މި ވަގުތު އޮތް ސްކޮޑަކީ ލީގުގައި މިހާރު އޮތް އެންމެ ވަރުގަދަ އެއް ސްކޮޑު ކަމަށްވެސް ނިޒާމްބެ ބުންޏެވެ.

ޓީސީ މެޗުގެ ކުރިން ވެލެންސިއާގެ ކޯޗު މުޙައްމަދު އާތިފް (އާތީ) ބުނީ މި މެޗަކީ ވެލެންސިއާއަށް ވަރަށް މުހިންމު މެޗެއް ކަމަށާއި، ލީގުގެ ރަނގަޅު ހިސާބެއްގައި އޮތުމަށް މި ތިން ޕޮއިންޓް ހޯދުން މުހިންމު ކަމަށެވެ. އަދި ލީގުގައި އަދިވެސް ވެލެންސިއާއަށް ކުރި ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި، މި ލީގު ވެލެންސިއާއިން ނިންމާނީ ރަނގަޅު ހިސާބެއްގައި އޮވެގެން ކަމަށްވެސް އާތީ ބުންޏެވެ.

އާތި އިތުރަށް ބުނީ ލީގުގައި ވެލެންސިއާ ޕްރެޝަރަށް ވެއްޓޭ ހިސާބަކަށް އަދި ނުދާ ކަމަށާއި، މިހާތަނަށް ވެލެންސިއާ ބަލިވި މެޗުތަކުން ބަލިވީ ފަހު ވަގުތު ހެދުނު ގޯސްތަކުގެ ސަބަބުން ކަމަށެވެ.

މި މެޗަށް ވެލެންސިއާ ނުކުންނައިރު، އެންމެ ފަހުން ލީގުގައި ކުޅުނު ހަތަރު މެޗުންވެސް ވެލެންސިއާއަށް މޮޅެއް ހޯދިފައެއް ނުވެއެވެ. އެއާއެކު ލީގު ތާވަލުގެ ތިންވަނައިގައި ވެލެންސިއާ އޮތީ ކުޅުނު އަށް މެޗުން ލިބުނު 12 ޕޮއިންޓާއެކުއެވެ. އަދި ޓީސީ އޮތީ ތާވަލުގެ ފަސްވަނައިގައި އަށް މެޗުން ނުވަ ޕޮއިންޓާއެކުއެވެ.

ލީގުގެ ދެވަނަ ބުރުގައި ޓީސީ އާއި ވެލެންސިއާ ބައްދަލުކުރާއިރު، ފުރަތަމަ ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ނިމުނީ 1-1 ން ދެ ޓީމު އެއްވަރުވެގެންނެވެ. ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ އާއި ޓީސީ ބައްދަލުކުރާ މެޗު ފަށާނީ އަންގާރަ ދުވަހުގެ ހަވީރު 16:00 ގައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

20 އެޕްރީލު 2017

ވިލްޝެއާގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާއެކު ސީޒަން ނިންމާލައިފި

20 އެޕްރީލު 2017
ވިލްޝެއާގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާއެކު ސީޒަން ނިންމާލައިފި
26 މާރިޗު 2017

މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި

26 މާރިޗު 2017
މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި
28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
18 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ބަންގަލަދޭޝް ލީގް ޗެމްޕިއަން ބަލިކޮށް ޓީސީއަށް އުންމީދީ ފެށުމެއް

18 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ބަންގަލަދޭޝް ލީގް ޗެމްޕިއަން ބަލިކޮށް ޓީސީއަށް އުންމީދީ ފެށުމެއް
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
27 ޖެނުއަރީ 2017

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް