Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ދައުލަތުގެ 3 ބާރުން ޔަގީންކަން ދީފި، އެވެރިން ދެން ނުކުންނާނީ ވެކްސިން ޖަހައިގެން ހުން އަންނަކަމަށް ބުނެ!

1 ފެބުރުއަރީ 2021 | ހޯމަ 12:47

އިދިކޮޅުން ހީކުރީ ގޮތާއި ހިލާފަށް ވެކްސިން ގެނެސް ދައުލަތުގެ 3 ބާރުގެ ވެރިން ވެކްސިން ޖައްސަވާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 1 ފެބުރުއަރީ 2021 | ހޯމަ 12:47
ރާއްޖޭގައި ރަސްމީކޮށް ވެކްސިން ޖަހަން ފެށުމާއެކު ރައްޔިތުންނަށް އެކަމުގެ ޔަގީންކަން ދެއްވުމަށް ދައުލަތުގެ 3 ބާރުގެ ވެރިން ވަނީ އެންމެ ފުރަތަމަ ވެކްސިން ޖައްސަވާފައި

ރާއްޖޭގައި ރަސްމީކޮށް ވެކްސިން ޖަހަން ފެށުމާއެކު ރައްޔިތުންނަށް އެކަމުގެ ޔަގީންކަން ދެއްވުމަށް ދައުލަތުގެ 3 ބާރުގެ ވެރިން ވަނީ އެންމެ ފުރަތަމަ ވެކްސިން ޖައްސަވާފައި

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިންގެ ޔަގީންކަން ނުލިބިގެން އިހައްދުވަހަކު ބަޔަކު މަގުމަތީގައި ރޯނާވިތަން ފެނުނެވެ. އެކި ނަންނަމުގައި މުޒާހަރާ ކުރަން ނުކުމެ ޕޯޑިއަމްގައި ހުރި މީހަކު ވާހަކަ ހުސްވެ ކުރެހުމަކީ ކަރުކެހުމޭ، ކަރުކެހުމަކީ ކުރެހުމޭ ބުނާ އުސޫލުން މަނީލޯންޑަރ ކުރެއްވި ވެރިޔަކު ސަލާމަތްކުރަން ބަޔަކު ޖެހި ސަކަރާތް ވެކްސިންގެ ވާހަކައާއި ހަމައަށްދިޔައެވެ.

އެބައި މީހުންގެ ތެރެއިން ބަޔަކު މީހުން ގޮވަމުން ދިޔައީ ފުރަތަމަ ވެކްސިން ޖަހަންވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ވަޒީރުންނަށް ކަމަށެވެ. ނަމަވެސް ވެރިކަމުގައި ތިބީ ގަޓު މީހުން ކަމެއް އެވެރިންނަށް ނޭނގި މައިކެއް ފެންނަ އިރަށް ދުލަށް އައިހާ އެއްޗެއް ކިޔާ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް އޮތިއްޔާ ތްރެޑްތައް އަމުނަމުން ދިޔައެވެ. ނަމަވެސް ގަޓު ވެރިންގެ ގަޓު ބަހުން އެކަން ސާބިތު ކޮށްދީ މިއަދު ފެނިގެންދިޔައީ އެވެރިންގެ މޫނުގައި ފިނިގޮތަކަށް ފިރުމާލި ތަނެވެ.

ދައުލަތުގެ ތިންބާރުކަމުގައިވާ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އުއްތަމަ ފަނޑިޔާރ މުއުތަސިމް އަދުނާން ވަނީ ވެކްސިން ޖައްސަވާފައެވެ. މީގެ އިތުރުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި، ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާއި، ހެލްތް މިނިސްޓަރ އަހުމަދު ނަސީމްގެ އިތުރުން އެއްކަލަ އިދިކޮޅު މީހުން އެންމެ ރުޅި އަންނަ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރާއި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވެސް ހިމެނިވަޑައިގަންނަވައެވެ.

މޭކަރާނެ ބަޔަކު މިއަދު ނިކަން ގަދަޔަށް މޭކަރާނެއެވެ. ވާނީވެސް އެހެންތާއެވެ. މި ސަރުކާރަށް ނުކުރެވޭނެކަމެއް ކަމަށް ދެކިގެން ބަޔަކު ނިކަން ހަޖޫ ޖެހިއެވެ. ނަމަވެސް ކަންވީ އެހެނަކުން ނޫނެވެ. ރައީސާއި ވަޒީރުންނާއި ނުވިތާކަށް ސިއްހީ ހިދުމަތްތެރިންނާއި އިންޑިއާ ސަފީރުވެސް ވެކްސިން ޖެއްސެވީއެވެ.

ވެކްސިން ޖަހާތަން ފެނިގެން ބަޔަކު މީހުންނަށް އެއީ ކޯއްޗެއްކަންވެސް ނޭގުނެވެ. ވެކްސިން ފުޅީގެ ބޭރުގައި ފެހި ކުލައިގެ ލޭބަލް ޖަހާފައި ހުރުމުން ތަނެއް ދޮރެއް ވަކި ނުވެ ކޯރާޑިތެޔޮކަމަށްވެސް ހީކުރިއެވެ. ކޮވިޝީލްޑާއި ފައިޒާވެސް ވަކިކުރަން ނޭނގުނެވެ. އެ ހުރީ ގުޅިއެއްގައި ކަމެއް ފުޅިއްގައި ކަމެއް ނޭނގުނެވެ. ވާނީ ވެސް އެހެންތާއެވެ މޭކެރިވަރުން ހޭ ވެރިކަންވެސް ނެތީއެވެ.

ކުޑަކޮށް ތަފްސީލުކޮށްލާނަމެވެ. ކޮވިޝީލްޑް ވެކްސިން ގެ ބޭރުގައި ހުންނަނީ ފެހި ކުލައިގެ ލޭބަލެއް ޖަހާފައެވެ. އާންމުކޮށް ކުޑަކުދިންނަށް ދޭ ވެކްސިން ގޮތަށް ކޫލް ބޮކްސްއެއްގައި ވެކްސިން ބެހެއްޓެއެވެ. ވެކްސިން ބަހައްޓާނެ ފިނި ހޫނުމިނަކީ 2 ޑިގްރީއާއި 8 ޑިގްރީއާއި ދެމެދެވެ. ދެން އެވެރިން ދެ ލޮލަށް މިރުސް ދުންއެޅިގެން ބެލި ބެލުމުން ފައިޒާ ވެކްސިންހެން ހީވިއެވެ. ކޫލް ބޮކްސްގެ ބަދަލުގައި ފެނުނީ މައިނަސް ޑިގްރީގައި ހުރި ކޫލް ބޮކްސްތަކެކެވެ. އެހާވެސް ކަންކަން އޮޅުވާލަން މަސައްކަތް ކުރިއެވެ.

މިއަދަކު ދިވެހިންނެއް އިދިކޮޅުން ދައްކާ ވާހަކައަށް ދައްކާ ދަޅައަކަށް ނުހެއްލެއެވެ. ދާނެ މަންޒިލެއް ނެތި މުޒާހަރާކޮށް އެތަކެއް ދިވެހިންނަށް ދުއްތުރާ ކުރި ކުރުން ނިމުމަކަށް އައިސްފިއެވެ. ޕީޕިއެމްގެ ލެބޯޓަރީގައި އުފެއްދި ވެކްސިންގެ ފިނިހޫނުމިން ލާފައިވާ ކޮޓަރީގެ ފިނިކެނޑި ވެކްސިން ތަޣައްޔަރުވެއްޖެއެވެ. އެހެންކަމުން އެ ވެކްސިން މިއަދު ދިވެހިން ބަލައި ނުގަނެއެވެ. މިއަދު ދިވެހިން ބޭނުންވަނީ އަވަށްޓެރި އިންޑިއާގައި އުފެއްދި ވެކްސިން ޖަހާ ދުނިޔެ ދެކެމުން މިދާ ބަލިމަޑުކަމުން އަވަހަށް އަރައިގަންނާށެވެ. އެތަކެއް ހާސްބަޔަކު މިހާރުވެސް ވެކްސިން ޖަހަން ކިއުގައި ޖެހިއްޖެއެވެ. މަގުމައްޗަށް ނުކުމެ މުޒާހަރާކުރަން ބޭނުންވާ މީހުންނަށްވުރެ ވެކްސިން ޖަހަން ދަމާލާފައި އޮތް ކިއު ވެސް މާ ދިގެވެ.

ކަންކަން ވަރަށް ސާފެވެ. ދައުލަތުގެ 3 ބާރާއި، ޕެންޑަމިކާއި ހަނގުރާމަކުރަމުންދާ ސިއްހީ ހިދުމަތްތެރިން މިއަދު މިވަނީ އިދިކޮޅުގެ މޫނުގައި ތަފާއްޔެއް އަޅުވާލާ ވެކްސިންގެ ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދެއްވާފައެވެ. ދެން އެވެރިން އަނެއްކާވެސް ބަހަނާއެއް ނެރޭނެއެވެ. އެއީ ވެކްސިން ޖެހީމަ ހުން އަންނަ ކަމުގެ ބަހަނާއެވެ. މަގުމައްޗަށް ބަސްނާހާ ނުކުންނަ މީހުން ދެންވެސް ބަސްއަހައިގެން ވެކްސިން ޖަހާ ބުއްދީގެ ބޭނުން ކުރުން ރަނގަޅުވާނެއެވެ. އެހެންނޫނިއްޔާ ލޭކޯރަށް އެންމެ ފަހުންދާން ބޮޑާ ހޭކި ބޯވައަށް ލޭ ނުލިބުނު އުސޫލުން ވެކްސިންކޮޅެއްވެސް ނުލިބިދާނެއެވެ. ހަތަރު އުދަރެސް ފެނު ޖެހުމުގެ ކުރިން ހުން އަންނާނެ ކަމަށް ރަޖާލުން މާރަނގަޅެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

22 މާރިޗު 2018

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

22 މާރިޗު 2018
ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން
06 ޖެނުއަރީ 2018

މިއީ އަޖައިބެއް ކަހަލަ އިންސާފެއް، ރިޝްވަތު ހިފާ މީހާ ދައުލަތުގެ ވަރައިގެ ދަށުގައި ހިމާޔަތް ކުރެވިފައި!

06 ޖެނުއަރީ 2018
މިއީ އަޖައިބެއް ކަހަލަ އިންސާފެއް، ރިޝްވަތު ހިފާ މީހާ ދައުލަތުގެ ވަރައިގެ ދަށުގައި ހިމާޔަތް ކުރެވިފައި!
18 ޑިސެމްބަރު 2017

ރައްޔިތުންގެ ހައްގުތައް ގެއްލިގެން ދާއިރު ދައުލަތުގެ މުއައްސަސާތައް ހިމޭނުން

18 ޑިސެމްބަރު 2017
ރައްޔިތުންގެ ހައްގުތައް ގެއްލިގެން ދާއިރު ދައުލަތުގެ މުއައްސަސާތައް ހިމޭނުން
19 ނޮވެމްބަރު 2017

މާލީ ވަޒީރަށް ދައުލަތުގެ މާލިއްޔަތު މަސައްކަތްކުރާ ގޮތް އެނގިލައްވާތޯ؟

19 ނޮވެމްބަރު 2017
މާލީ ވަޒީރަށް ދައުލަތުގެ މާލިއްޔަތު މަސައްކަތްކުރާ ގޮތް އެނގިލައްވާތޯ؟
17 އޮކްޓޯބަރު 2017

ސްޕެއިން އިން ކެޓަލޯނިއާ އަށް އިތުރު މުހުލަތެއް ދީފި! ދެން ވާނީ ކިހިނެއް؟

17 އޮކްޓޯބަރު 2017
ސްޕެއިން އިން ކެޓަލޯނިއާ އަށް އިތުރު މުހުލަތެއް ދީފި! ދެން ވާނީ ކިހިނެއް؟
03 ޖޫން 2017

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

03 ޖޫން 2017
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!
17 އެޕްރީލު 2017

ގަދަބާރުން ހޯދޭނެ އިތުބާރެއް ނޯންނާނެ!

17 އެޕްރީލު 2017
ގަދަބާރުން ހޯދޭނެ އިތުބާރެއް ނޯންނާނެ!
19 މާރިޗު 2017

ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

19 މާރިޗު 2017
ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!
12 ފެބުރުއަރީ 2017

އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!

12 ފެބުރުއަރީ 2017
އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!
11 ފެބުރުއަރީ 2017

މެޑަމް ފާތުންގެ ކަންކަމުގައި ދައުލަތުގެ އިސްވެރިން ބައިވެރިވުން!

11 ފެބުރުއަރީ 2017
މެޑަމް ފާތުންގެ ކަންކަމުގައި ދައުލަތުގެ އިސްވެރިން ބައިވެރިވުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް